ޔޫރޯ 2024 އަށް ހާއްސަކޮށްގެން އެކްސެލް އެނާޖީ ޑްރިންކެއް ގަނެގެން ދުބާއީއަށް ދެވޭ އަދި ސައިކަލެއް ވެސް ލިބޭ "އެކްސެލް ޓެބް" ޕްރޮމޯޝަން ބީއެޗްއެމްއިން ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާން އެކްސެލް އެނާޖީ ޑްރިންކު ގަނެގެން، ދަޅުގެ ޓެބްގައިވާ ކޯޑު ބީއެޗްއެމްގެ ވެބްސައިޓުގައިވާ ހާއްސަ ކޮށްފައިވާ ބައިގައި މައުލޫމާތު ފުރިހަމަކުރަން ޖެހެ އެވެ.
އެގޮތުން, މައުލޫމާތުގެ ބައި ފުރިހަމަވުމުން ފޯނަށް ކޯޑެއް ލިބޭއިރު، އެ ކޯޑު ޖެހުމުން ޕްރޮމޯޝަންގައި ބައިވެރިވިކަން ކޮންފާމްވެގެންދެ އެވެ.
ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ހަ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓު ލިބޭއިރު، ތިން މީހަކަށް ތިން އެއާބްލޭޑް ސައިކަލު ވެސް ލިބޭނެ އެވެ.

އެކްސެލް އެނާޖީ ޑްރިންކުގެ ޕްރޮމޯޝަނަލް ފޮޓޯ -- ފޮޓޯ: ބީއެޗްއެމް
އޭގެއިތުރުން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު އެކްސެލް ކޭސް އަދި ޔޫރޯގައި ބޭނުންކުރާ ބޯޅަ ދިނުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖެއަށް އެކްސެލް އެނާޖީ ޑްރިންކް އެތެރެކޮށް ވިއްކަމުން އަންނަ ބީއެޗްއެމްއަކީ ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި މުދާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާއިރު، އެ ކުންފުނިން އެތެރެކުރާ ބާއްވަތްތަކުގެ ތެރޭގައި ކޯސްޓު ކިރު އަދި އޯލްޑް ޓައުން ކޮފީ ހިމެނެ އެވެ.










