ރާއްޖޭގެ 13 ކޯޗެއް އޭއެފްސީ ފުޓްސަލް ލެވަލް ވަން ހާސިލްކޮށްފި

May 8, 2024, 4:43 AM
ރާއްޖޭގެ 13 ކޯޗެއް އޭއެފްސީ ފުޓްސަލް ލެވަލް ވަން ހާސިލްކޮށްފި

ރާއްޖޭގެ 13 ކޯޗެއް، މެލޭޝިއާގައި ކުރިއަށްދިޔަ އޭއެފްސީ ފުޓްސަލް ލެވަލް ވަން ކޯޗިން ކޯސް ހާސިލްކޮށްފި އެވެ.

މެލޭޝިއާގެ ސްޕޯޓިޒާ އިން އޭއެފްސީ އާއި މެލޭޝިއާ ފުޓްބޯލް އެސޯސިއޭޝަނާ ގުޅިގެން، ކުރިއަށްގެންދިޔަ މި ކޯޗިން ކޯސް އޮތީ މި މަހު 1-6 އަށެވެ. ޖުމްލަ އެކު، 19 ކޯޗުން މި ކޯހުގައި ބައިވެރިވިއިރު، ރާއްޖޭގެ 13 ކޯޗުން ވަނީ ބައިވެރިވެފަ އެވެ.

މިއީ، މިހާތަނަށް ރާއްޖޭން ބޭރުގައި ބޭއްވި އެއްވެސް ކުޅިވަރުގެ ކޯހެއްގައި ބައިވެރިވި ޖުމްލަ މެމްބަރުންގެ ތެރެއިން މި އަދަދަށް ރާއްޖޭގެ ކޯޗުން ފެނިގެންދިޔަ ފުރަތަމަ ފަހަރަށް ވުމުގެ ފުރުސަތު ބޮޑެވެ.

ކޯހުގައި ބައިވެރިވި ދިވެހި ކޯޗުންނަކީ، އަލީ އަަރުޝަދު (އަރޭ)، ޝަމީމް އަލީ، މުހައްމަދު ނާޝިދު (ނާއްޓޭ)، މުހައްމަދު ނައުފަލް، މުހައްމަދު ސާމިން، މުހައްމަދު ނާޝިދު (ނާއްޓެ)، ޝީނީޒް މުހައްމަދު (ޝިމިނީ)، އަހުމަދު ޔަމީން، މުހައްމަދު ޝާހީން (ޕޮޓޭ)، ޖައުފަރު އަލީ (ޖައުބެ)، އަލީ ހައިޝަމް (ޗުމްޕު)، އިބްރާހިމް އަހުމަދު (ބޮޑޭ)، ނައުޝަދު އާދަމް އަދި އަހުމަދު ސަރާހު އެވެ.

ތިއަރީ އާއި ޕްރެކްޓިކަލް ކްލާސްތައް ކުރިއަށްގެންދިއުމަށް ފަހު، ކޯހުގެ ހުރިހާ ބައެއް ފުރިހަމަ ކުރުމުން ވަނީ ސެޓްފިކެޓް އޮފް އެެޓެންޑެންސް އެއް ދީފަ އެވެ. އަދި އެއް އަހަރު ދުވަހު ކޯޗިންގައި އުޅުމަށް ފަހު، ފުރިހަމަ ކުރަންޖެހޭ ކަންްކަން ނިންމުމުން އަސްލު ސެޓްފިކެޓް ކޮންމެ ކޯޗަކަށް ލިބިގެންދާނެ އެވެ.

ފީފާ އިން ދާދިފަހުން ވަނީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ފުޓްސަލް ރޭންކިން ނެރެފަ އެވެ. އޭގައި ރާއްޖެ އޮތީ ދުނިޔޭގެ 110 ވަނައިގަ އެވެ. އޭޝިއާގެ 27 ވަނައިގައި ލައްވާލިއިރު، ސައުތު އޭޝިއާ (ސާފް) އަށް ބަލާއިރު، ފުޓްސަލްގެ އެއް ވަނަ ގައުމަކީ ރާއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox