ލެވަކޫސަން ޔޫރޮޕާ ލީގުގެ ފައިނަލާ ފިޔަވަޅަކާ ގާތަށް

May 3, 2024, 5:05 AM
ލެވަކޫސަން ޔޫރޮޕާ ލީގުގެ ފައިނަލާ ފިޔަވަޅަކާ ގާތަށް

ރޯމް، އިޓަލީ (މެއި 3) - ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޯމާ ދަނޑުގައި 2-0 އިން މޮޅުވުމަށް ފަހު، ބަޔާ ލެވަކޫސަން ފައިނަލުގެ ޖާގައަކާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

އަންނަ ހަފްތާގައި ލެވަކޫސަން ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ނޫނީ، އެއް ގޯލުގެ ފަރަގުން އެ ޓީމު ބަލިވިޔަސް، ފައިނަލުގެ ޖާގަ ލިބޭނެ އެވެ. އަނެއް ސެމީ ފައިނަލުގައި، ފްރާންސްގެ މާސޭ ވަނީ އިޓަލީގެ އެޓަލަންޓާއާ 1-1 އިން އެއްވަރުވެފަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 28 ވަނަ މިނިޓްގައި ލެވަކޫސަނަށް ލީޑުނަގައިދިނީ ފްލޯރިއަން ވާޓްޒް އެވެ. މިއީ މި ސީޒަނުގައި ވާޓްޒް ޖެހި 18 ވަނަ ލަނޑެވެ. ލެވަކޫސަންގެ ދެ ވަނަ ގޯލު ޖެހީ، 73 ވަނަ މިނިޓްގައި ރޮބާޓް އަންޑްރިޗް އެވެ. މިއީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ލަނޑެކެވެ.

މުޅި މެޗުގައި ވެސް ރޯމާ އިން ގޯލާ ސީދާކޮށް ފޮނުވާލީ ދެ ބޯޅަ އެވެ. އެ ގޮތުން، ފުރަތަމަ ޝޮޓް ރޮމެލޫ ލުކާކޫ ޖެހިއިރު، އަނެއް ހަމަލާ ފޮނުވާލީ ޓަމީ އަބްރަހަމް އެވެ. މީގެ ތެރެއިން ރަނގަޅު ފުރުސަތު ލިބުނީ އަބްރަހަމް އަށެވެ.

ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށް، ޖަރުމަނު ކަޕް ފައިނަލުން ވެސް ފުރުސަތު ހޯދާފައިވާ ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަނުން ސީޒަނުގައި މިހާތަނަށް ކުޅުނު 47 މެޗުން ބަލިވެފައިނުވެ އެވެ.

ޔުއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް މެޗުތަކުގެ ފުރަތަމަ ލެގަށް ބަލާއިރު، އެސްޓަން ވިލާ ވަނީ އަމިއްލަ ދަނޑުގައި 4-2 އިން އޮލިމްޕިއާކޯސް އަތުން ބަލިވެފަ އެެވެ. އަނެއް ސެމީގައި ކްލަބް ބްރޫޖް އަތުން ފިއޮރެންޓީނާ އަމިއްލަ ދަނޑުގައި މޮޅުވީ 3-2 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox