ޕޮއިޒް ޕްރިމިއަމްއިން ދުނިޔޭގެ މަޝްހޫރު ސްވިސް އަރަބިއަން ޕާފިއުމް

ޕޮއިޒް ޕްރިމިއަމްއިން ދުނިޔޭގެ މަޝްހޫރު ސްވިސް އަރަބިއަން ޕާފިއުމް

އެއީ އޮރިޖިނަލް އޫދުގެ ވަހުގެ ފަށަލަތަކުން ހިތް ވަށައިލާ ފަދަ ސެންޓެކެވެ. އޫދުގެ އަސްލުގެ ތާސީރާއި އަގުބޮޑު ކުކުން އާއި އެހެން މާއްދާތަކުގެ ތާސީރު އެކުވުމުން ނުކުންނަ ވަސް ހިތާހަމައަށް ފޯރުވަ އެވެ. އެއީ ޕޮއިޒް ޕްރިމިއަމް ފިހާރައިން ވިއްކާ ޔޫއޭއީގެ އުފެއްދުމެއް ކަމުގައިވާ ސްވިސް އަރަބިއަންގެ ޝަގަފް އޫދެވެ.

ދެ ޖިންސުގެ މީހުންނަށް ކަމުދާ މި ސެންޓުގެ ހަތަރު ވައްތަރެއް ޕޮއިޒުން ލިބެން އެބަ ހުއްޓެވެ. މިއިން ކޮންމެ ވަހެއްގެ ހިތްގައިމު ކަމާއި އަރާމުކަމުގެ ވާހަކަ އެ ވަސް ޖެހޭ ކޮންމެ މީހަކު ދައްކަ އެވެ.

ސަބަބަކީ ސްވިސް އަރަބިއަންގެ ޝަގަފް އަކީ ފެންވަރު ރަނގަޅު ވުމާއި ގިނަ ވަގުތު ވަސް ހުރުމެވެ. މި ސެންޓު ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަނީ ޕޮއިޒްއިންނެވެ.

ޝަގަފް ކަލެކްޝަންގެ ޕާފިއުމްސްތަކުގެ އިތުރުން އެ މަރުކާގެ ގިފްޓް ޕެކަކީ ލޯބިވާ ފަރާތަކަށް، އެކުވެރިޔަކަށް އެންމެ ފުރިހަމަ އެއް ހަދިޔާ އެވެ. އެވެސް، ޕޮއިޒް ޕްރިމިއަމްއިން ލިބެން އެބަ ހުއްޓެވެ.

ދުނިޔޭގެ 22 އަށްވުރެ ގިނަ ގައުމުގައި ސްވިސް އަރަބިއަން ޕާފިއުމްސް ލިބެން ހުންނައިރު، އޭގެ ތެރޭގައި ޔޫރަޕާއި އޭޝިއާ އަދި އަރަބި ގައުމުތައް ހިމެނެ އެވެ.

ޕޮއިޒް ޕްރިމިއަމްއިން އަންނަނީ ނަން މަޝްހޫރު ޕާފިއުމްސްއާއި ސްކިން ކެއާ އަދި ހެއާ ކެއާގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނާ ހިސާބަށް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox