ބަޔާން އޮތް ހާލަތެއް އަންޗެލޮޓީ އަށް މުހިންމެއް ނޫން

Apr 30, 2024, 10:05 AM
ބަޔާން އޮތް ހާލަތެއް އަންޗެލޮޓީ އަށް މުހިންމެއް ނޫން

މެޑްރިޑް (އޭޕްރީލް 30) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭއިރު އެ ޓީމު މި ވަގުތު އޮތް ހާލަތެއް ބެލުމަށް ވުރެ، ކުޅެން ޖެހެނީ ޔޫރަޕްގެ ވަރުގަދަ ބާރަކާ ދެކޮޅަށް ކަމަށް ވިސްނައި، ރަނގަޅަށް ތައްޔާރުވުން މުހިންމު ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ބަޔާނުން ޖެހިޖެހިގެން 11 އަހަރު ޖަރުމަނު ލީގު ހޯދާފައި އޮއްވައި އެ ޓީމު އަތުން ވަނީ މި ސީޒަނުގައި ލީގު ގެއްލިފަ އެވެ. އެހެންވެ، އެ ޓީމުގެ ފޯމަށް ކޮންމެ ވެސް ވަރެއްގެ އަސަރެއް ކުރި އެވެ.

އެކަމަކު، އަންޗެލޮޓީ ދެކޭ ގޮތުގައި، ހަ ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދާފައިވާ ބަޔާނުން މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރަން އިތުރު ހިތްވަރެއް ލާނެ އެވެ. އެއީ، މި މުބާރާތަކީ، ދެން އެ ޓީމުގެ ސީޒަން ސަލާމަތްކުރަން ހޯދޭނެ ތަށްޓަށް އޮތް ހަމައެކަނި ފުރުސަތު ކަމަށްވާތީ އެވެ.

"ފޭވަރިޓަކަށް ރެއާލް ވެދާނެ، އަހަރެން އެކަމަކާ ނުވިސްނަން. އަހަރެމެން ކޮންފިޑެންސާ އެކު މި ތިބީ ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅެން. ބަޔާނުން ޖަރުމަނު ލީގުގައި ރަނގަޅަށް ނެތަސް، ޗެމްޕިއަންސް ލީގުގައި ވަރުގަދަ ޓީމެއް ކަޓުވާލައިފައި މި ހިސާބުގައި އެ އޮތީ،" އަންޗެލޮޓީ ބުންޏެވެ.

އޭނާ ބުނީ މި ސީޒަނަށް ބަލާއިރު، އާސެނަލަކީ ޔޫރަޕްގައި ވެސް ވަރަށް ވަރުގަދަކޮށް އޮތް ޓީމެއް ކަމަށާއި އެ ޓީމު ކަޓުވާލައިފައި، ބަޔާނުން ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.

"ފަސޭހައެއް ނުވާނެ، އަހަރެމެން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެން ޖެހޭނީ،" އަންޗެލޮޓި ބުންޏެވެ.

ބަޔާނާއި ރެއާލް އަކީ ވެސް ތަފާތު އެކި ސްޓައިލްތަކަށް ކުޅެވޭނެ ފެންވަރު ހުރި ޓީމުތަކެއް ކަމަށާއި އެހެންވެ، ވަކި ގޮތަކަށް ޔަގީންކަމާ އެކު ތައްޔާރެއް ނުވެވޭނެ ކަމަށް އަންޗެލޮޓީ ބުންޏެވެ. މީގެ އެންމެ މުހިންމީ ވީހާވެސް ވިސްނުންތެރިކަމާ އެކު ރަނގަޅަށް މަސައްކަތް ކޮށްގެން ކުޅުން ކަމަށް އަންޗެލޮޓީ ދެކެ އެވެ.

ސާދަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ރެއާލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރަށުންބޭރުގައި ބަޔާނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox