ބައްޕަގެ އިރުޝާދާ އެކު ކުޅެން ފެށި ނިބާލްގެ އަމާޒު ބީޑަބްލިއުއެފް މުބާރާތެއްގެ މެޑަލް ހޯދުމަށް

ބައްޕަގެ އިރުޝާދާ އެކު ކުޅެން ފެށި ނިބާލްގެ އަމާޒު ބީޑަބްލިއުއެފް މުބާރާތެއްގެ މެޑަލް ހޯދުމަށް

ރާއްޖޭގެ ބެޑްމިންޓަންގެ ކުރިމަގު ބިނާވެފައިވާ އެއް ކުޅުންތެރިޔަކީ ނިބާލް އަހުމަދު އެވެ. އުމުރުން ވަރަށް ޅައިރުގައި, ބެޑްމިންޓަން ކުޅެންފެށި ނިބާލް ވަނީ މިހާތަނަށް އައިރު, ގައުމީ މުބާރާތް ކާމިޔާބުކޮށް ރާއްޖޭގައި ބެޑްމިންޓަންގައި ހޯދޭނެ ހުރިހާ ކާމިޔާބީ އެއް ހޯދައިފަ އެވެ.

އެކަމަކު، ނިބާލް އެންމެ ފުރަތަމަ ކުޅެން ފެށި ކުޅިވަރަކީ ބެޑްމިންޓަން އެއް ނޫނެވެ.

ކެރިއަރުގެ ފެށުން

ރަހުމަތްތެރިންނާ އެކު, ނިބާލް އެންމެ ފުރަތަމަ ކުޅެން ފެށި ކުޅިވަރަކީ ފުޓުބޯޅަ އެވެ. އެކަމަކު ބައްޕަގެ އިރުޝާދުގެ މަތިން ބެޑްމިންޓަން ކުޅެން ނިބާލް ނިންމި އެވެ.

"އަސްލު އެންމެ ފުރަތަމަ ނިބާލް ކުޅެން ފެށީ ސްކޫލުގައި އުޅުނު މީހުންނާއެކު ފުޓުބޯޅަ. އެކަމަކު ބައްޕަ ދިން އައިޑިއާ އެއް ބެޑްމިންޓަން ކުޅުން މިއީ" ނިބާލް ބުންޏެވެ.

ބެޑްމިންޓަން ނިބާލް ކުޅެން ފެށީ ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ވައިޑީޕީ ޕްރޮގްރާމްގެ ތެރެއިންނެވެ. ވައިޑީޕީގައި ބައިވެރިވެ, އެ ފަހުން 2011 ވަނަ އަހަރު ކުރިއަށްދިޔަ އިންޓަ ސްކޫލް މުބާރާތުގައި ވާދަކޮށް މެޑަލް ހޯދި ހިސާބަކީ ނިބާލް ބެޑްމިންޓަން އަށް ހިތްދޫވި ހިސާބެވެ.

"ނިބާލް އެންމެ ފުރަތަމަ ބެޑްމިންޓަން ކުޅެން ޖޮއިން ކުރީ ވައިޑީޕީ އަަށް އެ ފަހުން ދެން އިންޓަ ސްކޫލް ކުޅުނީ 2011 ވަނަ އަހަރު އެ އަހަރު މެޑަލް ލިބުމުން އަސްލު ބެޑްމިންޓަން އަށް ހިތްދޫވީ" ނިބާލް ބުންޏެވެ.

ގައުމީ މުބާރާތުގެ ތިން ބަލި, ނިބާލަށް ލިބުނު ހިތްވަރެއް

ނިބާލްގެ އުމުރުން ވަރަށް ހަގު އިރު, އޭނާ ވަނީ ގައުމީ މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އެންމެ ފުރަތަމަ 2018 ވަނަ އަހަރު ގައުމީ ފައިނަލުގައި ނިބާލު ކުޅުނުއިރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. އެ ފަހަރު ފައިނަލުން ނިބާލް ބަލިވިއިރު, އޭގެ ޖެހިގެން އައި އަހަރު ނިބާލް އިތުރު ހިތްވަރަކާ އެކު ގައުމީ މުބާރާތުގައި ކުޅުނެވެ. އެކަމަކު އެ ފަހަރުވެސް ނިބާލް އަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ. އެހެންވެ, ގައުމީ ތިންވަނަ ފައިނަލަށް ނިބާލް ނުކުތީ ކާމިޔާބީ އަށް ވާސިލުވުމުގެ އަޒުމުގަ އެވެ. އެކަމަކު އެ ފަހަރު ފައިނަލުން ނިބާލް ބަލިވީ ސެޓް ޕޮއިންޓް ލިބި ގޭމު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ލިބުމަށްފަހުގަ އެވެ.

"ނިބާލް ދެކޭ ގޮތުގައި އެއީ އަސްލު ވަރަށް ބޮޑު އެކްސްޕީރިއަންސް އެއް, ފަހު ފަހަރު ތަށީގައި އަތް ލެވިފައި ގެއްލުނީ, ނިބާލް އަށް އެކަން ވެގެންދިޔައީ ވަރަށް ބޮޑު ލެސަން އަކަށް"

މި ހުރިހާ ފައިނަލަކާ އެކު, ނިބާލް އެކަން ނެގީ އެއީ އަދި ހުއްޓާލަން ނޫނީ ދެރަވާން ޖެހޭ ކަމެއް ކަމުގައި ނުދެކި އެވެ. ނިބާލްގެ އުމުރުގެ ހަގު ކަމާއި ތަޖުރިބާ މަދުކަން އެނގި ހުރެ, އެ ހުރިހާ ބައްޔަކާ ކުރިމަތިލާން އޭނާ ދެއްކީ ވަރުގަދަ ހިތްވަރެކެވެ. އެއާއެކު, ޖެހިގެން އައި 2022 ވަނަ އަހަރުގެ މުބާރާތާ ނިބާލް ކުރިމަތިލީ ވެސް ވަރުގަދަ ކޮށެވެ. ނަތީޖާ އަކަށްވީ ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަން ކަން ހޯދުމެވެ.

"ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އެއީ, ދެން ހަމަ ކޮންމެ ޕްލޭޔަރެއްވެސް ބޭނުންވާނެ ކަންނޭނގެ ރާއްޖޭގެ ސިންގަލްސް ގައުމީ ޗެމްޕިއަނަކަށް ވާން. އެހެންވެ ވަރަށް ދުވަސް ވަންދެން ނިބާލް ދެކެމުން އައި ހުވަފެނެއް އެއީ ދެން. ހަތަރުވަނަ ފަހަރު އެއީ ޖެހިޖެހިގެން, އެ ފަހަރު ތަށި ނެގުނީމަ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ދެން ރާއްޖޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންނާ ޖެހުން އެ ފަހަރު, އެ މީހުން ބަލިކޮށްފަ ތަށި ނެގުން އެއީ ލިބުނު އުފަލެއް" ނިބާލް ބުންޏެވެ.

ޒުވާން އުމުރު ހޯދި މި ކާމިޔާބީތަކާއެކު, ނިބާލް އަށް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ދިން ޕެރިސް އޮލިމްޕިކް ސްކޮލާޝިޕް ލިބިފަ އެވެ. މި ސްކޮލާޝިޕްގެ ދަށުން ނިބާލް ގިނަ ތަމްރީނުތަކެއް ހަދާ ގިނަ މުބާރާތްތަކެއްގައި މިހާތަނަށް ބައިވެރިވިއިރު, ނިބާލް ދެކޭ ގޮތުގައި އެ ސްކޮލާޝިޕްގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުނު ކަމަށް ނުދެކެ އެވެ.

އަމާޒަކީ ބީޑަބްލިއުއެފް ގަބޫލުކުރާ މުބާރާތެއްގެ ސިންގަލްސް މެޑަލް ހޯދުން

ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ބެޑްމިންޓަން ޓީމުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު އަދިވެސް ރާއްޖެ އަށް ނުލިބޭ އެއް ކާމިޔާބީ އެބައޮތެވެ. އެއީ ބީޑަބްލިއުއެފް ގަބޫލުކުރާ މުބާރާތަކުން ރާއްޖޭގެ ފިރިހެން އެތުލީޓެއް މިހާތަނަށް ސިންގަލްސްގައި މެޑަލް އެއް ހޯދިފައި ނުވުމެވެ. އެކަން ބަދަލުކުރަން ނިބާލް ހުރީ އަޒުމު ކަނޑައަޅާގެންނެވެ. އޭނާގެ މިހާރުގެ އަމާޒަކީ އެކަން ބަދަލުކޮށް ބީޑަބްލިއުއެފް މުބާރާތެއްގެ މެޑަލް ކަރުގައި އެޅުވުމެވެ.

"ރާއްޖޭގެ ޗެމްޕިއަންކަން ހޯދިއްޖެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލް ހޯދިއްޖެ. އެހެންމަ އަސްލު, ބީޑަބްލިއުއެފް މުބާރާތަކުން ރާއްޖޭގެ ސިންގަލަސް އެއްވެސް ފިރިހެން ކުޅުންތެރިއެއް ހިޔެއް ނުވެ އަދި މެޑަލް އެއް ހޯދާފައިވާ ހެން އެއް. އެހެންމަ އެއީ އެންމެ ބޮޑު ޓާގެޓަކީ" ނިބާލް ބުންޏެވެ.

ރިވައިވަލްގެ އޮފާ ގަބޫލުކުރީ އިތުރު ހަރުފަތަކަށް ދެވޭން އޮތީ އެ އޮފާ އާއެކު ކަމުގައި ވުމުން:

ނިބާލް ވަނީ ދާދި ފަހުން ރިވައިވަލް ސްޕޯޓްސް ކުލަބާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމާއެކު, ނިބާލް ދެން ފެންނާނީ ރިވައިވަލްގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރިވައިވަލް އިން އޮފާކުރިއިރު, ރިވައިވަލް އުފެދުނީއްސުރެ, އެ ކުލަބުން ކުޅުންތެރިން ނެރެދިނުމަށް ކުރި މަސައްކަތް ގާތުން ނިބާލަށް ވަނީ ފެނިފަ އެވެ. އެހެންވެ, އެ އޮފާއަށް އެއްބަސްވާން ނިބާލަށް ވަރަށް ފަސޭހަ އެވެ.

"ރިވައިވަލް އުފެދުނީއްސުރެ, ކުޅުންތެރިން ނެރެދިނުމަށް އެ ކުލަބުން ކުރި މަސައްކަތް ގާތުން ނިބާލް އަށް ފެނުން. ގައުމީ ޓީމަށް ކުޅުންތެރިން ނެރެދިނުމަށާއި ކަންކަމުގައި އެ ކުލަބުން ކުރާ މަސައްކަތާ ޕްލޭން ނިބާލް އަށް އެނގޭ"

"އަދަދު" އާ ވާހަކަ ދައްކަމުން ނިބާލް ބުނީ ރިވައިވަލްގެ އޮފާ ނެގީ ނިބާލް މިހާރު ހުރި ހިސާބުން އިތުރު ހަރުފަތަކަށް ދާން އެ އޮފާގެ ސަބަބުން ފަހި ވެގެންދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އަލަށް ކުޅުން ފަށާ ކުދިންނަށް ނިބާލް ދިން ނަސޭހަތަކީ ވަކި އެއް ކުޅުވަރަކަށް ނުބަލާ ދެން ހުރި ކުޅިވަރުތައް ވެސް ކުޅެ ޓެލެންޓް ހުރީ ކޮން ކުޅިވަރެއްގަ ތޯ ބެލުން އެއީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުޅުންތެރިއަކު ކުޅުންތެރިއަކަށްވަނީ ބައްޔާ ކުރިމަތިލައިގެން ކަމަށާއި, އެ ހުރިހާ ބަލިތަކުން ފިލާވަޅު ހާސިލްކޮށް ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށް ނިބާލް ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox