އިރާންގެ ރައީސް އިބްރާހިމް ރައިސީ ސްރީލަންކާއަށް މިއަދު ވަޑައިގެންފި އެވެ.
އިބްރާހިމް ރައިސީގެ މި ދަތުރަކީ ލަންކާގެ ހައިޑްރޯ ޕަވާ މަޝްރޫއު އިފްތިތާހުކޮށް، އެ ގައުމާއި އިރާންއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް ކުރައްވާ ދަތުރެކެވެ.
ރިޕޯޓްތައް ބުނާގޮތުން މި ދަތުރުފުޅުގައި އިރާން އާއި ލަންކާއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ.

އިރާނުގެ އެހީގެ ދަށުން ކުރިއަށް ގެންދާ ހައިޑްރޯ ޕަވާ މަޝްރޫއަކީ 514 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު 2010 ގައި ފެށި ނަމަވެސް 50 މިލިއަން ޑޮލަރު ދޫކުރި ފަހުން މަޝްރޫއު އޮތީ ހުއްޓިފަ އެވެ.
ލަންކާއަށް އިރާނުގެ ރައީސަކު އެންމެ ފަރަތަމަ ދަތުރުކުރެއްވީ 2008 ގަ އެވެ. އެ ފަހަރު ދަތުރުކުރެއްވީ މަހުމޫދު އަހްމަދީނިޖާދް އެވެ.










