ނޯޓް ރަންގައި ބައިވެރިވާ 500 މީހަކަށް ދެ ލައްކަ ރުފިޔާގެ ގިފްޓްޕެކް!

ނޯޓް ރަންގައި ބައިވެރިވާ 500 މީހަކަށް ދެ ލައްކަ ރުފިޔާގެ ގިފްޓްޕެކް!

ނޯޓް ކޮސްމެޓިކް މޯލްޑިވްސްއިން އޭޕްރީލް 26، ގައި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ "ނޯޓް ރަން" ގެ ބައިވެރިންގެ ތެރެއިން 500 މީހަކަށް ޖުމުލަ ދެ ލައްކަ ރުފިޔާގެ ގިފްޓްޕެކް ދިނުމަށް ނިންމައިފި އެވެ.

ނޯޓް ރަން އިންތިޒާމުކުރާ "އައިރަނާސް" ފައުންޑާ ހުސެއިން ޝުޖާއު ވިދާޅުވީ ދުވުމުގައި ރަޖިސްޓްރީވާ 500 މީހަކަށް ނޯޓް ކޮސްމެޓިކް އިން 500 ގިފްޓްޕެކް ދޭނެ ކަމަށެވެ.

ގިފްޓް ޕެކްގައި ހިމެނޭނީ އަންހެނުން ޒީނަތްތެރިވުމަށް ބޭނުންވާ ނޯޓް ބްރޭންޑުގެ ސާމަނު ކަމަށް ޝުޖާއު ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ބާޒާރުގައި މިހާރު އެންމެ މަގުބޫލް ބިއުޓީ ބްރޭންޑެކެވެ.

Advertisement

އަންހެނުން ބާރުވެރި ކުރުވައި ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ކުރިއަށް ގެންދާ މި ދުވުމުގައި މެޑަލް ދިނުމުގެ އިތުރުން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.

"ލަކީޑްރޯއިން ހޮވޭ ފަރާތަށް ތުރުކީގެ ދެކޮޅު ޓިކެޓެ ދޭނެ" ޝުޖާއު ވިދާޅުވި އެވެ.

އޭގެ އިތުރުން ދުވުމުގައި އެކި އުމުރުފުރާތަކުން ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށްވެސް ނޯޓް ކޮސްމެޓިކްއިން ވަނީ ނިންމާފަ އެވެ.

ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • 18 އަހަރާއި 24 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.
  • 25 އަހަރާއި 34 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.
  • 35 އަހަރާއި 44 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.
  • 45 އަހަރާއި 54 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.
  • 55 އަހަރާއި 64 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.
  • 65 އަހަރުން މަތި: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.

މި ދުވުމުގައި ހިމެނެނީ ފަސް ކިލޯ މީޓަރު ދުވުމާއި އަންހެނުންނަށް ހާއްސަ އެއް މޭލްގެ ދުވުން އަދި 12 އަހަރުން ދަށުގެ ދެ ޖިންސްގެ ކުޑަކުދިންނަށް ހާއްސަކޮށް އެއް މޭލުގެ ދުވުމެވެ.

ދުވުމުގައި ބައިވެރިވާނީ ކިހިނެއް؟

  • އައިރަނާސްގެ ވެބްސައިޓުގައި އެކައުންޓެއް ހުޅުވުން
  • ނޯޓް ރަން ސެލެކްޓްކޮށް ރަޖިސްޓްރީ ކުރުން
  • ބައިވެރިވާ ފަރާތުގެ މައުލޫމާތު ހިމެނުން
  • ޓީޝާޓް ސައިޒު ސެލެކްޓްކުރުން
  • ބޭނުންވާ ކެޓަގަރީއެއް ސެލެކްޓްކުރުން
  • ރަޖިސްޓްރޭޝަނަށް ފައިސާ ދައްކައި ރަޖިސްޓްރޭޝަން ނިންމުން

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox