ނޯޓް ކޮސްމެޓިކްއިން ޕުރިމިއަމް ލިޕްސްޓިކެއް މާކެޓަށް ނެރެފި

ނޯޓް ކޮސްމެޓިކްއިން އަލަށް ބާޒާރަށް ނެރުނު ދެ ލިޕްސްޓިކް

ނޯޓް ކޮސްމެޓިކްއިން އަލަށް ބާޒާރަށް ނެރުނު ދެ ލިޕްސްޓިކް

ނޯޓް ކޮސްމެޓިކްއިން "ނޯޓް" ބްރޭންޑުގެ އާ ލިޕްސްޓިކެއް މާކެޓަށް ނެރެފި އެވެ.

އަލަށް މާކެޓަށް ނެރުނީ ނޯޓް އައިކޮނިކް ޕުރިމިއިމް ލިޕްސްޓިކެވެ. އޭގެ ތެރޭގައި ހިމެނެނީ މެޓް އަދި ޝިއާ ލިޕްސްޓިކެވެ.

އައިކޮނިކް މެޓް ލިޕްސްޓިކް:

  • ތުންފަތަށް ލުއި, ނޮން ޑްރައިން އަދި ޕައުޑަރީ މި ލިޕްސްޓިކް ގިނަ ވަގުތު ވަންދެން ބޭނުން ކުރެވޭ.
  • ކްލެސިކް ނޫޑްސްއިން ފެށިގެން ބޯލްޑް ރެޑާ ހިސާބަށް 12 ކުލައެއް ހިމެނޭ.

އައިކޮނިކް ޝިއާ ލިޕްސްޓިކް:

  • ނޮން ގްރީސީ، ބާލްމްލައިކް ޓެކްސްޗާއެއް ހިމެނޭ މި ލިޕްސްޓިކަކީ ތުންފަތް އިތުރަށް ހިތްގައިމުކޮށްލައި ދޭ ލިޕްސްޓިކެއް.
  • ސްކިން ކެއާ އިންފިއުޒްޑް ފޯމިއުލާއެއް ހިމެނޭ މި ލިޕްސްޓިކުން ހައިޑްރޭޓެޑް ތުންފަތެއް ދައްކުވައިދޭ. އޭރުން ދުރަށް ފެންނާނީ ވަރަށް ތާޒާ ތުންފަތެއް ގޮތަށް.
ނޯޓް ކޮސްމެޓިކްއިން ވިއްކާ ތްރީ އިން ވަން ހެލްތީ ސްކިން ޓިންޓެޑް މޮސްޓަރައިޒާ
ނޯޓް ކޮސްމެޓިކްއިން ވިއްކާ ތްރީ އިން ވަން ހެލްތީ ސްކިން ޓިންޓެޑް މޮސްޓަރައިޒާ

ނޯޓް ކޮސްމެޓިކްއިން ވިއްކާ ތްރީ އިން ވަން ހެލްތީ ސްކިން ޓިންޓެޑް މޮސްޓަރައިޒާ

ނޯޓް ކޮސްމެޓިކްއިން މިލިޕްސްޓިކާއި އެކު ތްރީ އިން ވަން ހެލްތީ ސްކިން ޓިންޓެޑް މޮސްޓަރައިޒާއަށް އެއްވެސް ވަނީ މާކެޓަށް ނެރެފަ އެވެ.

މިއީ، ހަމުގެ ހާއްސަ ޑޮކްޓަރުން ޓެސްޓްކޮށް ސެޓިފިކޭޝަން ލިބިފައިވާ، މޫނުގެ ތެޔޮކަމާއި އަދި ބްލޫ ލައިޓުން ހަމަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ މޮއިސްޓަރައިޒާއެކެވެ.

ޔޫރަޕްގެ އުފެއްދުމެއް ކަމަށްވާ ނޯޓް ބްރޭންޑްގެ ފައުންޑޭޝަނާއި، އައިލައިނާގެ އިތުރުން ލިޕްސްޓިކް ފަދަ މޭކަޕް ކުރުމަށް ބޭނުންވާނޭ ސާމާނު، ނޯޓު ކޮސްމެޓިކްސްއިން ލިބެ އެވެ.

ނޯޓް ކޮސްމެޓިކްސް ބްރޭންޑްގެ ޕްރޮޑަކްޓްތައް ލިބެން ހުންނާނީ ނިއު އެޑިޝަންގެ އިތުރުން ލޮނުޒިޔާރަތް މަގުގައި ހުންނަ ނޯޓް މޮނޯ އަދި އެސްޓީއޯ ޕީޕަލްޗޮއިސްގައި ހުންނަ ނޯޓް މޮނޯގެ އިތުރުން ހުޅުމާލޭގައި ހުންނަ ނޯޓް މޮނޯ އިންނެވެ.

ނިއު އެޑިޝަންގެ ޕްރޮޑަކްޓްތަކަށް އޯޑަރު ކުރުމަށް 7483120 ގުޅާލުމުން ނުވަތަ ވައިބާ އަދި ނިއު އެޑިޝަންގެ ވެބްސައިޓުން ވެސް އޯޑަރު ކުރެވެ އެވެ.

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސްލާމިކް ބޭންކިންގެ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ހަތަރު ކެޓަގަރީއެއްގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް ވަނީ ތައާރަފުކޮށްފައި. މި ކާޑުތަކަށް 12,000ރ. އާއި 300,000ރ. އާ ދެމެދުގެ ކްރެޑިޓް ލިމިޓެއް ކަނޑައަޅާފައި.

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox