އާސެނަލް އެއް ވަނަ އަށް، ފޯޑެންގެ ޖާދުލާ އެކު ސިޓީ އަށް މޮޅެއް

Apr 4, 2024, 3:22 AM
ސިޓީގެ ފޯޑަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސިޓީގެ ފޯޑަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓަން ޓައުން އަތުން 2-0 އިން މޮޅުވެ، އާސެނަލް ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ފިލް ފޯޑެންގެ ހެޓްރިކާ އެކު، 4-1 އިން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 30 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް ސިޓީ އަށް ވަނީ 29 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން 29 މެޗު ކުޅެފައިވާއިރު، ސިޓީ ވަނީ 30 މެޗު ކުޅެފަ އެވެ. ލިވަޕޫލުން މިރޭ ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 31 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 30 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކުރާއިރު، ހަތަރު ވަނަ އަށް އަރަން ޓޮޓެންހަމް އަށް ވަނީ ފުރުސަތު ހުޅުވިފަ އެވެ.

އަނިޔާގެ ސަބަބުން ބުކާޔޯ ސަކާ ނުލައި ކުޅުނު އާސެނަލް އަށް ރޭގެ މެޗުގެ 24 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. ކައި ހަވާޓްޒް ދިން ބޯޅައަކުން އޮޑެގާޑް ޖެހި މި ގޯލަކީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 30 ވަނަ ގޯލެވެ.

ލޫޓަންގެ ބާކްލީ (ވ) ކައިރިން އާސެނަލްގެ އޮޑެގާޑް ބޯޅަ ހިފައިގެންދަނީ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާސެނަލުން ދެ ވަނަ ލަނޑެއް ޖެހި އެވެ. މިއީ، އާސެނަލްގެ އެމީލް ސްމިތު ރޯވް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލޫޓާންގެ ޖަޕާން ޑިފެންޑަރު، ޑައީކީ ޔަޝިއޯކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އާސެނަލްގެ ރީސް ނެލްސަން އަށް ލިބެން އައި ހުރަހެއް ހުއްޓުވަން ޔަޝިއޯކާ ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސިޓީން ލީޑުނެގީ 11 ވަނަ މިނިޓްގައި ރޮޑްރީ ޖެހި ގޯލުންނެވެ. މިއީ، ސިޓީގެ ޖެރެމީ ޑޮކޫ ނެގި ހުރަހަކަށް އަރައި، ރޮޑްރީ ޖެހި ލަނޑެކެވެ. ސިޓީ އަށް ލީޑުހިފަހައްޓައިލެވުނީ، ނުވަ މިނިޓް އެވެ. އެސްޓަން ވިލާގެ ޖޯން ޑުރާން އެވެ.

އެސްޓަން ވިލާ އިން އެ ޓީމުގެ އެއް ވަނަ ކީޕަރު، އެމިލިއާނޯ މާޓީނޭޒް ނުލައި ރޭގެ މެޗުގައި ކުޅެން ޖެހުނީ، މެޗު ފަށަން ކުޑަތަންވެފައި ވަނިކޮށް، ބަލިވުމާ ގުޅިގެންނެވެ. ވިލާގެ ގޯލު ރޮބިން އޮލްސަން ބެލެހެއްޓިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީން އަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ހިލޭ ޖެހުމަކުން ފޯޑެން އެވެ.

މެޗުގެ 62 ވަނަ މިނިޓްގައި ސިޓީން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ ރޮޑްރީ ދިން ބޯޅައަކުން ފޯޑެން ޖެހި ލަނޑެކެވެ. އޭގެ ހަތް މިނިޓް ފަހުން، ފޯޑެން އިތުރު ލަނޑެއް ޖަހައި، އޭނާ ހެޓްރިކް ފުރިހަމަކުރި އެެވެ. މިއީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ފޯޑެން ޖެހި ގޯލެކެވެ. މިއީ، މި ސީޒަނުގައި ފޯޑެން ޖެހި 21 ވަނަ ގޯލެވެ.

ފޯޑެން ވަނީ މި ސީޒަނުގައި ލީގުގައި ދެ ހެޓްރިކް ހަދައިފަ އެވެ.

ލީގުގައި ރޭ ބްރެންޓްފޯޑް ދަނޑުގައި ބްރައިޓަންއާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox