ދައުލަތުގެ މީޑިއާ ޕީއެސްއެމުން ޕީއެެންސީ އަށް "ކެމްޕެއިންކުރާ" މައްސަލަ ބަލަނީ

ޕަބްލިކް ސާވިސް މީޑިއާ، (ޕީއެެސްއެމް) ގެ ޓީވީ ސްޓޭޝަން. އެ ކުންފުންޏަކީ ގާނޫނަކުން އުފައްދައި، ވަކި މަސްއޫލިއްޔަތު ތަކެއް ހަވާލުކޮށްފައިވާ ކުންފުންޏެއް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕަބްލިކް ސާވިސް މީޑިއާ، (ޕީއެެސްއެމް) ގެ ޓީވީ ސްޓޭޝަން. އެ ކުންފުންޏަކީ ގާނޫނަކުން އުފައްދައި، ވަކި މަސްއޫލިއްޔަތު ތަކެއް ހަވާލުކޮށްފައިވާ ކުންފުންޏެއް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްްއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ ޕީއެންސީގެ މަޖިލިސް ކެމްޕެއިނަށް އާދަޔާ ހިލާފު ބޮޑު ކަވަރޭޖެއް ދޭ އިރު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ [އޭސީސީގެ] ސަމާލުކަމަށް ނާންނަނީ ކީއްވެތޯ އިދިކޮޅު އެމްޑީޕީން ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އަކީ ވަކި ފަރާތަކަށް ބުރަނުވެ، ރައްޔިތުންނަށް ހިދުމަތް ކުރަން، ގާނޫނަކުން އުފައްދާފައި އޮތް ދައުލަތުގެ ކުންފުންޏެކެވެ. އެ ގާނޫނުގައި "ނުފޫޒުން އެއް ކިބާވުން" މި ސުރުހީގެ ދަށުން އޮތް ހަ ވަނަ މާއްދާގެ ރ. ގައި އޮތީ "ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސާވިސް މީޑިއާއިން ހިންގައިގެން ނުވާނެ" ކަމަށެވެ.

ގާނޫނުގައި މިހެން އޮތް އިރު ޕީއެސްއެމްގެ ސޯޝަލް މީޑިއާ ހޭންޑުލްތަކުން އަންނަނީ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ކުރާ ކެމްޕެއިނުގެ ގިނަ އަދަދެއްގެ ވަކިވަކި ކްލިޕްތައް ހަދައި، ސޯޝަލް މީޑިއާ ކެމްޕެއިނެއް ގޮތަށް ގެންދަނީ އާންމުކުރަމުންނެވެ.

އެގޮތަށް އެކަން ހިންގަމުން ގެންދާ އިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ އެންމެނަށް މުހިއްމު ހަރަކާތެއް ކަމަށްވާ ކެންޑިޑޭޓުންގެ ބަހުސް ދެއްކީ އެކުންފުނީގެ ކުޑަ ޕްލެޓްފޯމެއް ކަމަށްވާ "ޔެސްޓީވީ" އިންނެވެ. ޕީއެސްއެމްގެ މައި ޗެނެލްގެ ހުރިހާ ވަގުތެއް ހާއްސަކުރީ މުއިއްޒުގެ ކެމްޕޭން ދަތުރުތައް ކަވަރު ކުރުމަށެވެ.

އެކަން އެހެން އޮތުމުގެ ކަންބޮޑުވުން ފާޅުކުރައްވައި މެންބަރު އަލީ ނިޔާޒް "އަދަދު" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ އެގޮތަށް އެކަން ކޮށްގެންވާނެ ކަމަށް އެމްޑީޕީން ގަބޫލުނުކުރާ ކަމަށެވެ.

"އެއީ ދައުލަތުގެ މީޑިއާއިން ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެން ބަލާނަން ދައުލަތުގެ އިދާރާތަކުން، ކީއްވެގެންތޯ އެމީހުންނަށް އެކަން ނޯޓިސް ނުވެގެން އުޅެނީ. އެކަން ޕާޓީގެ [އެމްޑީޕީ] ގެ ސަމާލުކަމަށް އައިސްފައި އޮތީ ، އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފައި ގޮތްތަކެއް ނިންމާނެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ކުރެވޭނެ ކަންތައްތައް ހުންނާނެ،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރާ ސުވާލުކުރުމުން ވިދާޅުވީ އެކަމާ ބެހޭ ގޮތުން ބަހެއް ވިދާޅުވާނީ ޕީއެސްމްއެގް މީޑިއާ އޮފިޝަލް ކަމަށެވެ. ޕީއެސްއެމްގެ މީޑިއާ އޮފިޝަލްއަށް "އަދަދު" އިން ތަކުރާރުކޮށް ގުޅި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ޕީއެސްއެމްގެ ބޭނުން ނާޖާއިޒް ގޮތުގައި ކުރަމުން ގެންދާ ކަމުގެ ކަންބޮޑުވުން އިދިކޮޅު ދަ ޑިމޮކްރެޓްސްގެ ވެސް އެބަ އޮތެވެ. އެޕާޓީގެ ރައީސް ހަސަން ލަތީފު ވިދާޅުވީ ޕީއެސްއެމް އުފެއްދި ގާނޫނާ ހިލާފަށް އެތަނުން އަމަލުކުރާ ކަން ވަރަށް ބޮޑަށް ފެންނަ ކަމަށެވެ.

"ރައީސް މުއިއްޒުގެ ސަރުުކާރުން ޕީއެސްއެމްގެ ބޭނުން އެކުރަނީ ވަރަށް ނާޖާއިޒްކޮށް"

"މިހާރު ރައީސް މުއިއްޒުގެ ސަރުުކާރުން ޕީއެސްއެމްގެ ބޭނުން އެކުރަނީ ވަރަށް ނާޖާއިޒްކޮށް. އެނގިވަަޑައިގަންނަވާނެ ޕީއެސްއެމް އަކީ ގާނޫނަކުން އުފައްދާފައި އޮތް ދައުލަތުގެ މީޑިއާ. ހިންގުމުގައި އަމަލުކުރަން ޖެހޭ ވަކި އުސޫލުތަކެއް ވެސް އެބަހުރޭ. އެކަމަކު އެ ހުރިހާ ކަމަކާ ހިލާފަށް ވަރަށް ބޮޑަށް އަމަލުކުރަމުންދާ ތަން އަަޅުގަނޑުމެންނަށް އެބަ ފެނޭ،" ހަސަން ވިދާޅުވި އެވެ.

ދައުލަތުގެ ވަސީލަތްތައް ސަރުކާރުން އެގޮތަށް ބޭނުންކުރުން ހުއްޓުވުމަށް ރައްޔިތުންނަށް މިވަގުތު ކުރެވޭނެ ކަމަކީ ޖަވާބުދާރީ ކުރާނެ މެންބަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމަކީ ރައްޔިތުންނަށް މިވަގުތު ކުރެެވެން އޮތް އެންމެ މުހިއްމު ކަންތައް ކަމަށެވެ.

"އެތަނުގައި [މަޖިލީހުގައި] އެ ތިބެނީ ފާރަވެރިވާން ތިބޭ ބައެއް. ދެން އެ ފާރާވެރިވާން ތިބޭ މީހުންނަކީ ސަރުކާރު ކަމަށް ވެއްޖެއްޔާ އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ. އަދި އަމްދުން މިވަގުތު ރައީސް މުއިއްޒުގެ ސަރުކާރު، އެހާމެ ޑިމޮކްރެޓިކް ހަމަތަކާ ބީރަށްޓެހިކޮށް ހިނގަމުން ދާއިރު، ވަރަށް ބޭނުންތެރި އެތަނުގައި އިދިކޮޅު ފަރާތްތައް، ހާއްސަކޮށް ޖަވާބުދާރީ ކުރުވާނެ ފަދަ ބޭފުޅުން ތިބުން،" ހަސަން ވިދާޅުވި އެވެ.

"ޕީއެސްއެމްގެ ސޯޝަލް މީޑިއާ ހޭންޑުލްތައް ވެސް ފެންނަނީ ޕާޓީއެއްގެ ހޭންޑުލްތަކެއް ހެން"

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެމްޕޭނުގައި ދައުލަތުގެ މީޑިއާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ވަހީދު ސިފަކުރެއްވީ އުތުރުކޮރެއާގެ ދައުލަތުގެ މީޑިއާ ހިންގާ ގޮތަށް އެތަން ހިންގާ ކަމަށެވެ.

"ވަކި މީހެއްގެ ކެމްޕެއިން ހިންގައިދިނުމެއް ނޫން ޑިމޮކްރެޓިކް މުޖުތަމައެއްގައި ދައުލަތުގެ މީޑިއާގެ ބޭނުމަކީ. އެކަމަކު މިހާރު އަޅުގަނޑަށް އެބަ ފާހަގަވޭ އާދަޔާ ހިލާފަށް، ކެމްޕޭނު ވަސީލަތެއްގެ ގޮތުގައި [ބޭނުންކުރާކަން]،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީއެސްއެމްގެ ސޯޝަލް މީޑިއާ ހޭންޑުލްތައް ވެސް މިހާރު ފެންނަނީ ޕާޓީއެއްގެ ސޯޝަލް މީޑިއާ ހޭންޑުލްތަކެއް ހެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން ވަރަށް ދެރަވަރު ކަމެއް. މިހާ ކުރު މުއްދަތެއްގައި މިކަންކަން މި ދަރަޖައިގައި ފެންނަންޏާ ދެން އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާާބު ކަހަލަ އިންތިހާބެއް ކާމިޔާބުވެ، ބާރެއް ލިބިއްޖެއްޔާ މިމީހުންގެ ކަންތައް ހުންނާނެ ހިސާބު ވަޒަން ކޮށްލަން އެނގޭ،" ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox