ކެރެޓް ކިލޯއެއްގެ އަގު 45ރ. އަށް އުފުލިއްޖެ

ދަތުރުވެރިންގެ މާރުކޭޓުގައި ތަރުކާރީ އާއި މޭވާ ވިއްކަން ބަހައްޓާފައި: ކެރެޓް ކިލޯއެއްގެ އަގު ވަނީ 45ރ. އަށް އުފުލިފައި -- ފޮޓޯ؛ އަދަދު

ދަތުރުވެރިންގެ މާރުކޭޓުގައި ތަރުކާރީ އާއި މޭވާ ވިއްކަން ބަހައްޓާފައި: ކެރެޓް ކިލޯއެއްގެ އަގު ވަނީ 45ރ. އަށް އުފުލިފައި -- ފޮޓޯ؛ އަދަދު

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކެރެޓް ކިލޯއެއްގެ އަގު 45ރ. އަށް އުފުލިއްޖެ އެވެ.

ރޯދަ މަސް ފެށުނުއިރު 30ރ. އަށް ލިބެން ހުރި ކެރެޓް ކިލޯއެއްގެ އަގު 45ރ. އަށް އުފުލިފައި ވަނީ މިއަދު އެެވެ. އޭގެ ކުރިން ކިލޯއެއް 35ރ. އަށް ވެސް ވަނީ ވިއްކާފަ އެވެ.

ކެރެޓުގެ އިތުރުން މިއަދު ދިވެހި ކިއުކަމްބާ ކިލޯއެއްގެ އަގުވެސް ވަނީ 70ރ. އަށް އުފުލިފަ އެވެ. ރޯދަ މަސް ފެށުނުއިރު ކިއުކަމްބާ ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ.

Advertisement

މާރުކޭޓު ގޮޅިއެއްގައި މަސައްކަތް ކުރާ އަލީ، 35 "އަދަދު" އަށް ބުނީ ކެރެޓް އަދި ކިއުކަމްބާގެ އަގު ބޮޑުވެފައި ވަނީ އެ ލިބޭވަރު މަދުވުމުން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަގު އުފުލޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ދިވެހި ކިއުކަމްބާ ލިބޭލެއް މަދުވެއްޖެ. ކުރިން ރަނގަޅަށް ލިބޭ. ކެރެޓް އަގުބޮޑުވީ އެތެރެ ކުރާ މީހުން ކުއްލިއަކަށް އެ އަގުބޮޑު ކުރުމުން" އަލީ ބުނި އެވެ.

އިއްޔެއެކޭ އެއްގޮތަށް ބާޒާރުގައި ކުރުނބާގެ އަގު 50ރ. އާއި 100ރ. އާ ދެމެދު ހުރިއިރު، ލެޓިއުސް ކިލޯއެއްގެ އަގު މިއަދުވެސް ހުރީ 100ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއީ ހަފްތާއެއްގެ ތެރޭގައި އަގު ބޮޑުވި ދެ ބާވަތެވެ.

މޭވާގެ އަގުތަކަށް ބަލާއިރު އާފަލު 6ރ. އާއި 7ރ. އަށް ލިބެން ހުރިއިރު، އޮރެންޖެއްވެސް ލިބެން ހުރީ އެ އަގުގަ އެވެ. އަނބު ކިލޯއެއްގެ އަގު 120ރ. އަށް އުފުލިފައިވާއިރު، މެންޑެރިން ކިލޯއެއްގެ އަގު ހުރީ 65ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މިއަދު ދިވެހި ޖުމްހޫރީ މޭވާ މަދުން ނަމަވެސް ބާޒާރުގައި ހުރިއިރު، އަގު ހުރީ 140ރ. އާއި 160ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ބޭރު ޖުމްހޫރީ މޭވާ ލިބެން ހުރީ 120ރ. އާއި 130ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މަހުގެ އަގުތަކަށް ބަލާއިރު ކަނޑު މަސް ކިލޯއެއްގެ އަގު ހުރީ 35ރ. އަށެވެ. އަދި ކަންނެލި ކިލޯއެއް ލިބެން ހުރީ 35ރ. އާއި 40ރ. އަށްކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox