ކުރުނބައެއް 100ރ އަށް، ކުރުނބާ ފުޅިއެއް 200ރ އަށް

ބާޒާރުގައި ކުރުނބާ ވިއްކަން ބަހައްޓާފައި: ކުރުނބާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބް

ބާޒާރުގައި ކުރުނބާ ވިއްކަން ބަހައްޓާފައި: ކުރުނބާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބް

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާގެ އަގު ރަނަށްވެ، ތޮއްޑޫ ކަރާ ހުސްވާން ފަށައިފި އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ކުރުނބަލެއް 50ރ. އާއި 100ރ. އާ ދެމެދު ލިބެން ހުރިއިރު، ކުރުނބާ ފުޅިއެއް ލިބެން ހުރީ 150ރ. އާއި 200ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި ކުރުނބާ ވިއްކަން ހުރި މެހެބޫބް، 33 "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ކުރުނބާގެ އަގު އުފުލުނީ، ކުރުނބާ ލިބުން މަދުވެފައިވާތީ ކަމަށާއި، ކުރުނބާގެ ރަނގަޅު ޝިޕްމަންޓެއް ލިބުމާއެކު ކުރުނބާގެ އަގު ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

Advertisement

"ކުރުނބާގެ އަގު އުފުލުނީ ރަނގަޅު ކުރުނބާ މިހާރު ނުލިބޭތީ. މިހާރު ލިބެން ހުރީ ވަރަށް ކުދި ކުރުނބާ. ބޮޑެތި ކުރުނބާ މި ލިބެނީ އަގުބޮޑުކޮށް" މެހެބޫބް ބުނި އެވެ.

ބާޒާރުގައި ތޮއްޑޫ ކަރާ ހުސްވެ، މިއަދު ގިނައިން ލިބެން ހުރީ އިންޑިއާ ކަރާ ކަމަށްވާއިރު، އިންޑިއާ ކަރާ ކިލޯއެއް ލިބެން ހުރީ 20ރ. އަށެވެ. އަދި ދިވެހި އެހެން ރަށްތަކުގެ ކަރާ ކިލޯއެއް ލިބެން ހުރީ 20ރ. އަށެވެ.

ކަރާ ވިއްކަން ހުރި އަހުމަދު ރިއްފަތު، 41 ބުނީ ބާޒާރުގައި ތޮއްޑޫ ކަރާ މިހާރު ގާތްގަނޑަކަށް އެއްކޮށް ހުސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ތޮއްޑޫ ކަރާ ލިބޭއިރު އަގުބޮޑުވާނެ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކަނީ -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު
ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކަނީ -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު

ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކަނީ -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު

"މިހާރުވެސް ތޮއްޑޫ ކަރާ ލިބެން ހުރީ 25ރ. އަށް. ރޯދަ މަސް ނިމޭއިރު ކިލޯއެއް 35ރ. އަށް އަރާނެ ކަމަށް ލަފާ ކުރެވޭ" ރިއްފަތު ބުނި އެވެ.

ބާޒާރުގައި މިއަދުވެސް ލެޓިއުސް ކިލޯއެއްގެ އަގު 100ރ. އަށް ވުރެ މަތީގައި ހުރިއިރު، ކޮޕީފަތް ބޮނޑިއެއް ލިބެން ހުރީ 10ރ. އަށެވެ. އަދި ކުއްޅަފިލާފަތް ބޮނޑިއެއް ލިބެން ހުރީ 20ރ. އަށެވެ.

މޭވާއަށް ބަލާއިރު އާފަލެއް 6ރ. އާއި 7ރ. އަށް ލިބެން ހުރިއިރު، އޮރެންޖެއް ލިބެން ހުރީ 7ރ. އަށެވެ. އަދި ގްރޭޕްސްގެ 100 ގްރާމު 18ރ. އަށް ލިބެން ހުރިއިރު، ސްޓްރޯބެރީގެ 250 ގްރާމުގެ ތަށްޓެއް ލިބެން ހުރީ 60ރ. އަށެވެ.

މަހުގެ އަގުތަކަށް ބަލާއިރު މަސް މާރުކޭޓުގައި ކަނޑު މަސް ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާއަށެވެ. އަދި ކަންނެލި ކިލޯއެއް 35ރ. އަށް ހުރިއިރު، ބޮޑު ކަންނެލި ކިޅޯއެއްގެ އަގު ހުރީ 40ރ. އަށެވެ.

މުށިމަހުގެ 10 މަސް 20ރ. އަށް ވިއްކަމުންދިޔައިރު، މިއަދު ބާޒާރުގައި ފަރުމަސް ވަރަށް މަދުކަން ފާހަގަކުރެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox