ލެޓިއުސް ކިލޯއެއް 120ރ. އަށް، ކިއުކަމްބާ ކިލޯއެއް 60ރ. އަށް

ލެޓިއުސް ކިލޯއެއް 120ރ. އަށް، ކިއުކަމްބާ ކިލޯއެއް 60ރ. އަށް

ބާޒާރުގައި ލެޓިއުސް ކިލޯއެއްގެ އަގު މިއަދު 120ރ. އަށް އަދި ކިއުކަމްބާ ކިލޯއެއްގެ އަގު 60ރ. އަށް އުފުލިއްޖެ އެވެ.

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 100ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެކި ގޮޅިތަކުން ލެޓިއުސް ވިއްކަމުން ދިޔައީ އެކި އަގުތަކުގަ އެވެ.

ބާޒާރުން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނީ ދިވެހިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮތް ލެޓިއުސްގެ އަގު ބޮޑުވެފައި ވަނީ އެ ލިބޭ އަގު ބޮޑުވެ، ލިބޭ މިންވަރު ވެސް މަދުވުމުން ކަމަށެވެ.

Advertisement

"ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ލެޓިއުސް ލިބުން މަދުވާނަމަ އަގު އުފުލޭނެ. އިއްޔެ ހުރި އަގަށްވުރެ ވެސް މައްޗަށް މިއަދު މިވަނީ އަގު އުފުލިފައި،" ބާޒާރުން ވާހަކަ ދެއްކި މީހާ ބުނި އެވެ.

ރޯދަ މަސް ފެށުނުއިރު ލެޓިއުސްގެ އަގު ހުރީ 60ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކިއުކަމްބާގެ އަގު މިއަދު 60ރ. އާއި 70ރ. އާ ދެމެދު ހުރިއިރު، ރޯދަ މަސް ފެށުނުއިރު ކިއުކަމްބާ ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކެރެޓް ކިލޯއެއްގެ އަގު 35ރ. އާއި 40ރ. އާ ދެމެދު ހުރިއިރު، ކެބެޖު ކިލޯއެއްގެ އަގު ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ލީކްސް ކިލޯއެއް 70ރ. އާއި 75ރ. އާ ދެމެދު ހުއިރު، ކެޕްސިކަމް ކިލޯއެއް 60ރ. އާއި 65ރ. އަށް ލިބެ އެވެ.

މޭވާގެ އަގުތައް މަޑުމަޑުން ވަނީ ދަށްވެފަ އެވެ. އެގޮތުން އޮރެންޖެއްގެ އަގު 6ރ. އާއި 7ރ. އަށް ހުރިއިރު، ރަތް އާފަލެއް 6ރ. އަށް ލިބެ އެވެ. އަދި ފެހި އާފަލެއް 7ރ. އަށް ލިބެ އެވެ.

މިއަދު ދިވެހި ޖުމްހޫރީ މޭވާ ބާޒާރުގައި ތިޔާގިވެފައިވާއިރު ކިލޯއެއްގެ އަގު ހުރީ 140ރ. އަށެވެ. އަންނާރު ކިލޯއެއް 100ރ. އަށް ހުރިއިރު، ލުނބޯ ކިލޯއެއް ހުރީ 65ރ. އަށެވެ. އަދި މެންޑެރިން ކިލޯއެއްގެ އަގު ހުރީ 70ރ. ގަ އެވެ.

ކަނޑުމަހުގެ ބާވަތްތަކަށް ބަލާއިރު ކަންނެލި ކިލޯއެއް 35ރ. އާއި 40ރ. އާ ދެމެދު ހުރިއިރު، ކަނޑު މަސް ކިލޯއެއް ހުރީ 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox