ޖެހިގެން ހުރި އެޕާޓްމެންޓް

ހުޅުމާލޭ ފޭސް 2 ގައި ހަދާފައިވާ ހިޔާ ޓަވަރުތައް. -- ފޮޓޯ: އަދަދު

ހުޅުމާލޭ ފޭސް 2 ގައި ހަދާފައިވާ ހިޔާ ޓަވަރުތައް. -- ފޮޓޯ: އަދަދު

މަޝްހޫރު ހަތަރު މަޒުހަބުގެ އިމާމުންކުރެ ހަނަފީ މަޒުހަބުގެ އިމާމް އަބޫޙަނީފާގެ ހަޔާތްޕުޅުން ވާހަކައެކެވެ. އެއްފަހަރަކު އެކަލޭގެފާނުގެ އަވަށްޓެރިއަކު ބަނގުރޫޓުވެ އޭނާގެ ދަރަނިތައް އަދާކުރެވޭ ގޮތް ނުވެގެން، އޭނާގެ ގޯތި ވިއްކާލަން އިއުލާނުކުރި އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ މި ހަބަރު އަޑު އެހި ބަޔަކު އޭނާގެ ގޯތި ގަތުމުގެ ޝައުޤުވެރިކަމުގައި އޭނާގެ ކައިރިއަށް އައެވެ. އަދި ގޯތި ވިއްކަނީ ކިހާ ވަރަކަށްތޯ ސުވާލުކުރި އެވެ. ގޯތީގެ އަގަކީ ވިހި ހާސް ދީނާރު ކަމުގައި ބުނުމުން، އެމީހުން ބުނެފި އެވެ. ތިޔަ އަގަކީ ބާޒާރުގެ އަގެއް ނޫނެވެ. އަދި ތިޔަ ގޯއްޗަކީ މާ މޮޅަކަށް އިމާރާތްކޮށްފައި ހުރި ތަނެއް ވެސް ނޫނެވެ. ބާޒާރުގެ ރޭޓުން ބަލާއިރު، ތިޔަ ގޯތީގެ އަގު ދެހާސް ދީނާރަށްވުރެ ބޮޑެއް ނުވާނެ އެވެ.

އެއްވެސް ދެކޮޅު ހެދުމަކާ ނުލައި އެމީހާ ބުންޏެވެ. ތިބާއީ ތެދެކެވެ. މިގޯތީގެ އަގު ހަގީގަތުގައި ވެސް ދެހާސް ދީނާރަށްވުރެ ބޮޑުކުރުމަކީ އެކަށީގެންވާ އަގެއްކަމުގައި ނުވާނެއެވެ. ގޯތީގެ އަގަކީ ދެހާސް ދީނާރެވެ. ބާކީ އަށާރަ ހާސް ދީނާރަށް އަހަރެން މި ވިއްކާލަނީ، އިމާމް އަބޫޙަނީފާގެ އަވަށްޓެރިކަމެވެ. ވިހިހާސް ދީނާރު ގޯތީގެ އަގުގެ ގޮތުގައި ވަނީ މިހެންވެގެންނެވެ.

ކޮންމެއަކަސް މިގޯތި ވިއްކާލުމުގެ ކަންތައް ހަމަޖެހި ނިމުމުގެ ކުރިން ކޮންމެވެސް ގޮތަކުން މިހާދިސާއެއްގެ ހަބަރު އިމާމް އަބޫޙަނީފާގެ ކަންފަތްޕުޅަށް ފޯރައިފި އެވެ. މި ހަބަރު އައްސަވާފައި ވިދާޅުވިކަމުގައިވެ އެވެ. އަހަރެމެންގެ އަވަށްޓެރިކަމަށް ލޯބިކުރާ މީހެއްގެ އަވަށްޓެރިކަމާމެދު އަހަރެމެން އިހުމާލުވެގެން ނުވާނެ އެވެ. މިހެން ވިދާޅުވެފައި އެމީހާގެ ދަރަނިތައް އަދާކޮށްދެއްވައި ނިންމަވައިދެއްވި އެވެ.

އިލްމުވެރިންނަކީ ކޮންފަދަ މަތިވެރި ބައެއްކަން އާންމުންނަށް އޭރު އެނގިފައިވެ އެވެ. އަދި އެބޭކަލުންގެ އަވަށްޓެރިކަމުގެ އަގުވެސް ބޮޑު އިލްމުވެރިން އޭރު ދުނިޔެ ދެކެފައިވެ އެވެ. ހަގީގަތުގައި ވެސް ހާދިސާ ނިމިގެން ދިޔަ ގޮތުން އިމާމް އަބޫ ޙަނީފާގެ އަވަށްޓެރިކަމަކީ އަގުގެ ގޮތުން ބޮޑު އަވަށްޓެރިކަމެއް ކަމާމެދަކަށް ޝައްކެތް ނެތެވެ. އަނެއް ކަމަކީ، އެމީހާގެ ދަރަނިތައް ދެއްކޭވަރުގެ ތަނަވަސްކަން އިމާމް އަބޫޙަނީފާއަށް ލިބިވަޑައިގަތީ އެކަލޭގެފާނަކީ އިލްމުވެރިއަކަށްވީތީއެއް ނޫނެވެ. އިލްމު އުގެނުމާއި އުގަންނައިދިނުމުގެ އިތުރުން އެކަލޭގެފާނަކީ ވިޔަފާރިކުރައްވާ އުޅުއްވި ބޭކަލަކަށްވެސް ވިޔަތީ އެވެ. ފިޤުހީ މަޒުހަބުތަކުގެ ތެރެއިން ވިޔަފާރީގެ ކަންކަމުގައި އެމަޒުހަބުގެ ފިޤުހު މަގުބޫލުވެގެންދިޔަ ސަބަބަކީ ވެސް އެއީ ކަމުގައި ދާރިސުން ދެކެވަޑައިގަންނަވަ އެވެ.

ކޮންމެއަކަސް މިހާ ހިސާބުން މައުލޫއަށް އެނބުރިގަންނަމާތޯ އެވެ. އިހުގައި ނަމަ، އަވަށްޓެރިން އުޅެނީ ތިމާގެ ގޯއްޗާއި ދެންވެސް ވިދިގެން ހުންނަ ގޯތިތަކުގަ އެވެ. އެކަމަކު މިއަދު އަހަރެމެންގެ އަވަށްޓެރިން މިއުޅެނީ، އެއްގޯތީގައި ހުރި އެއް އިމާރާތުގަ އެވެ. އެޕާޓްމެންޓްތަކެއްގެ ނަމުގައި ވަކިކޮށްލެވިފައިވާ އެންމެ ފާރެއްގެ ދުރުމިން މެނުވީ މިއަދު އަވަށްޓެރިޔާއާއި ތިމާއާ ދެމެދު ހުރަހެއް ނެތެވެ. އެކަމަކު އެކައިރިކަމާއެކު ތިމާގެ އަވަށްޓެރިޔާއާމެދު މިޒަމާނުގައި މިއޮންނަ ދުރުކަމެއްގެ ބޮޑުކަމާއި ތަބީއަތަކީ ވިސްނާ މީހަކު ވަގުތު ހޭދަކޮށްލަން ހަމަ އެންމެ ރަނގަޅުކަމެއް ކަމުގައި ފެނެ އެވެ.

ސޯޝަލް ހައުސިންގެ ސްކީމްތަކާއި ވިޔަފާރިވެރިންގެ ހައުސިންގ ޕްރެޖެކްޓްތަކާއެކު، އެތައް ސަތޭކަ އެޕާޓްމެންޓްތަކުގައި އެއް އިމާރާތެއްގައި މިއަދު ދިރިއުޅޭ ދިވެހި އާބާދީ މަދެއް ނުވާނެ އެވެ. އަވަށްޓެރިއަކަށް މިޒަމާނުގައި ވާނީ، އެއް އިމާރާތެއްގައި އުޅުނީމާކަމުގައި ދަންނަވަނީކީ ނޫނެވެ. ނަމަވެސް އަޅުގަނޑުގެ މި ލިޔުން މިހާއްސަކުރަނީ އެއްމެދު އިމާރާތްތަކުގައި ވިދިވިދިގެން ހުރި އެޕާޓްމެންޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށެވެ. ދުނިޔެއަށް އައި ތަރައްގީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަވަށްޓެރިން ކައިރިކޮށްދީފައިވާ މިންވަރަށް ވިސްނާފިކުރު ހިންގާލުމުގެ ދައުވަތެއްގެ ގޮތުންނެވެ. އެކައިރި ކަމާއެކު ވެސް އަވަށްޓެރިންނާމެދު ފެންނަމުންދާ ބީރަށްޓެހިކަމާއި ދުރުކަމުގެ މައްޗަށް ނަޒަރު ހިންގާލުމުގެ ގޮތުންނެވެ.

އަންނިސާއު ސޫރަތުގެ 36 ވަނަ އާޔަތް ބައްލަވާލައްވާށެވެ! "ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި ޔަތީމުންންނަށާއި، މިސްކީނުންނަށާއި ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ."

މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. ﷲ ގަންދީ ހުވައެވެ. އެމީހަކު އީމާނެއް ނުވެއެވެ. ﷲ ގަންދީ ހުވައެވެ. އެމީހަކު އީމާނެއް ނުވެއެވެ. ﷲ ގަންދީ ހުވައެވެ. އެމީހަކު އީމާނެއް ނުވެއެވެ. ދެންނެވުނެވެ. މާތް ނަބިއްޔާއެވެ! ކާކުތޯއެވެ. ޙަދީޘްކުރެއްވިއެވެ. އެމީހެއްގެ ނުބައިކަމުން އެމީހެއްގެ އަވަށްޓެރިޔާ ސަލާމަތްނުވެއްޖެ މީހާއެވެ.

ހަދީސް ކުރައްވާފައިވެ އެވެ. އެފަރާތެއްގެ ޔަދުޤުދުރަތްޕުޅުގައި ތިމަންގެ ފުރާނަ ވާ ކަލާނގެ ގަންދީ ބުނަމެވެ. އެމީހެއްގެ އަވަށްޓެރިޔާދެކެ ލޯބިވެއްޖައުމަށް ދާންދެން އަޅަކު އީމާންވީކަމުގައި ނުވެއެވެ. އަބްދުﷲ ބިން މަސްޢޫދު ވިދާޅުވެފައިވެ އެވެ. ﷲ ގެ ރަސޫލާއާ އަހަރެން ސުވާލުކުރީމެވެ. ﷲ ގެ ހަޒުރަތުގައި އެންމެ ބޮޑު ފާފައަކީ ކޮބާ ހެއްޔެވެ؟ ހަދީސް ކުރެއްވިއެވެ. ތިބާ ހެއްދެވީ އެކަލާނގެ ކަމުގައިވީއިރު، އެކަލާނގެއާ އެހެން އެއްޗެއް އެއްފަދަކުރުމެވެ. އަހަރެން ދެންނެވީމެވެ. ދެން ކޮން ކަމެއްހެއްޔެވެ؟ ހަދީސް ކުރެއްވިއެވެ. ކަލެއާއެކީ ކާންދޭންޖެހިދާނެތީ ކަލޭގެ އުފަން ދަރި މަރާލުމެވެ. އަހަރެން ދެންނެވީމެވެ. ދެން ކޮން ކަމެއްހެއްޔެވެ؟ ހަދީސް ކުރެއްވިއެވެ. ކަލޭގެ އަވަށްޓެރިޔާގެ ބައިވެރިޔާއާއެކު ޒިނޭކުރުމެވެ.

އެހެން ހަދީސް ބަސްފުޅެއްގައިވެ އެވެ. ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ އަވަށްޓެރިޔާއަށް މާތްކޮށް ހިތާށެވެ. އަދި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. މުދަލުން ވާރުތަވެދާނޭ ތިމަންކަލޭގެފާނުގެ ހިތަށް އަރާވަރަށް އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތްކުރުމުގައި ޖިބްރީލްގެފާނު ތިމަންކަލޭގެފާނަށް ވަސިއްޔަތްކުރެއްވުމުގައި ދެމިހުންނެވި އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox