އިޔާދު: ނުގުޑާނެ އަޒުމެއް، ހިތްވަރާއެކު ކުރިއަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގެ މެޗެއްގެ ތެެރެއިން އިޔާދު (ކ).-- ފޮޓޯ: އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގެ މެޗެއްގެ ތެެރެއިން އިޔާދު (ކ).-- ފޮޓޯ: އަދަދު

ގދ. ވާދޫއޭ ބުނުމުން އެންމެ ފުރަތަމަ ސިކުނޑި އަށް އަންނާނެ އެއް ކަމަކީ, އެއީ ފުޓްސަލްގެ ނަން މަޝްހޫރު ރަށެއްގެ ގޮތުގަ އެވެ. ގިނަ ފުޓްސަލް ތަރިންތަކެއް އެ ރަށުން ނެރެދީފި އެވެ.

ވާދޫ އަށް އުފަން މުހައްމަދު އިޔާދު އަލީ 22, އަކީ މި ފަހުން އެ ރަށުން އުފެދުނު އެންމެ ވަރުގަދަ ތަރި އެވެ. އެ ގޮތުން، 2023 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި އިޔާދު ހިމެނެ އެވެ. އެއާއެކު, އެ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އިޔާދު ހިމެނުނެވެ.

ކެރިއަރުގެ ފެށުން އިޔާދަށް އެންމެ ފަސޭހައެއް ނޫން

އިޔާދުގެ ފުޓްސަލް ކެރިޔަރު ފެށުނު ހިސާބެއް ސީދާސީދަލަށް ބުނަން އޭނާ އަށް ވެސް ނޭނގެ އެވެ. އެންމެ ކުޑައިރުން ފެށިގެންވެސް, ފުޓްސަލް/ފުޓުބޯޅަ ކުޅޭ ހަނދާން އޭނާގެ ހުރެ އެވެ. އެކަމަކު، ޕްރޮފެޝަނަލްކޮށް، ރަސްމީކޮށް އެކަމަށް ހުސްވެގެން، އާމްދަނީ ހޯދަން އިޔާދު ފުޓްސަލް ކުޅެން ފެށީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ.

އޭގެ ފަހުން މިއަދާ ހަމަ އަށް ވެސް އާމްދަނީ ހޯދަން އިޔާދު ކުރަމުން އަންނަ އެއް މަސައްކަތަކީ ފުޓްސަލް އެވެ.

ފުޓްސަލް ކެރިއަރު ފެށުމަށް އޭނާ އަށް އެންމެ ބޮޑު ހިތްވަރަކަށްވީ ވާދޫ ޓީމުގެ މެނޭޖަރު ޝަހުމް އަދި ކޯޗު އަލީ ނަދީމް (ކޮކޯ) ދިން ނަސޭހަތާއި, ދިން އެއްބާރުލުމެވެ. އެ ދެ މީހުން ދިން ނަސޭހަތުގައި ހިފާ މިއަދު އިޔާދު އެ ހުރީ ޑިމާންޑް ބޮޑު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ފުޓްސަލްގެ ތެރެއަށް ނުކުތުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ ޝަހުމް އަދި ކޮކޯ. އެ ދެމީހުންނާ ހެދި މިއަދު އިޔާދު އިޔާދަކަށް މިވީ -- އިޔާދު

"އިިޔާދު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މިހާރު އާމްދަނީ އަކަށް ކުޅިވަރެއް ކުޅެންޔާ އޭގެން އާމްދަނީ ހޯދޭނީ ފުޓްސަލް އިން. އެހެންވެ ފުޓްސަލް ކެރިޔަރެއްގެ ގޮތުގައި ހިޔާރު ކުރީ. ދެން ރަނގަޅު އާމްދަނީ އެއްވެސް ލިބޭ" ފުޓްސަލް ކެރިޔަރެއްގެ ގޮތުގައި ހިޔާރު ކުރި ސަބަބުން އިޔާދު ހާމަކުރި އެވެ.

ގޯލާ ރަށްޓެހި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އިޔާދު އަކީ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަނެފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

އެންމެ ބޮޑު އަމާޒު ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކުރުން

ރާއްޖޭގައި ފުޓްސަލް ކުޅޭ ކުޅުންތެރިން އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކުރުމެވެ.

އެކަމަކު، މއެ ކާމިޔާބީއާ ހަމައަށް ވާސިލްވެ، އެ ތަށީގައި އަތްލުމުގެ ނަސީބު ލިބިފައިވަނީ ނިސްބަތުން ބަލާއިރު، މަދު ކުޅުންތެރިއަކަށެވެ. އިޔާދު ވެސް އެންމެ ބޮޑަށް ދެކެމުން އަންނަ ހުވަފެނަކީ އެ މުބާރާތް ކާމިޔާބުކުރުމެވެ. މީގެ އަހަރެއް ކުރިން އިޔާދަށް ވެސް އެ ހިސާބަށް ދިއުމަށް ފުރުސަތު ލިބުނެވެ. އެކަމަކު، އެ ފަހަރު ފައިނަލުގައި ލ. ގަން އަތުން ބަލިވީ އެވެ.

"އެ މުބާރާތް އަސްލު ދިޔައީ ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް ތަަށި ރަށަށް ނުލިބުނަކަސް. ހުރިހާ އެންމެން އަށް ވެސް އެނގިއްޖެ އަސްލު ވާދޫ އަކީ ކޮންބަޔެއް ކަން. މި ޓީމަކީ ކޮން ޓީމެއްކަން ހަމަ. އިންޑިވިޖުއަލް ގޮތުން ކުޅުންތެރިންނަކީ ކިހާ ފެންވަރެއްގެ ބަޔެއްކަން. އެއީ އެންމެ ރަނގަޅަށް ކުޅެވުނު މުބާރާތަކީވެސް" އިޔާދު ބުންޏެވެ.

އިޔާދު ކެރިޔަރުގެ އެންމެ ހިތްދަތި ވަގުތާވެސް ގުޅިފައި އޮތީ ގޯލްޑަން ފުޓްސަލް ޗެލެންޖާ އެވެ. އެއީ ފައިނަލުން ގަން އަތުން ބަލިވި ވަގުތެވެ. އެކަމަކު އެއީ އިޔާދުގެ ކެރިއަރުގައި "ބޮޑު ސްޓެޕެއް" ނެގުނު މުބާރާތެއްވެސް މެ އެވެ.

ފައިނަލުން ގަން އަތުން ބަލިވި ނަމަވެސް, ގިނަ ބަޔެއްގެ ލޮލުގައި އިޔާދު އަޅާގަތީ އެ މުބާރާތުންނެވެ. ގަދަ 16, ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލުން ވާދޫ މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އިޔާދު އަތުގައޭ ބުނުމުން އެ އަށް ދެބަސްވާނެ މާ ގިނަ މީހެއް ނުހުންނާނެ އެވެ.

އެ ގޮތުން، މީގެއިން ކޮންމެ މެޗެއްގައި ވެސް އިޔާދު ވަނީ ހެޓްރިކް ހަދައިފަ އެވެ. އެއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި ވެސް ހާއްސަ ރެކޯޑެކެވެ. އިޔާދު ގަބޫލުކުރާ ގޮތުގައި އެނާގެ އެންމެ މޮޅު ކުޅުން ދެއްކުނީ ވެސް އެ މުބާރާތުގަ އެވެ.

އެންމެ މޮޅަށް އަސްލު ކުޅެވުނީ 2023 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގަ. އެއީ މިހާތަނަށް އެންމެ މޮޅަށް ކުޅެވުނު މުބާރާތް -- އިޔާދު

އިޔާދުގެ ތަށި ހަރުގަނޑުގައި މިހާރު ހަމައެކަނި މަދުވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖު އެވެ. އިޔާދު ވަނީ މީގެ ކުރިން 2022 ވަނަ އަހަރު ފެނަކަ ޓީމާއެކު ކުލަބް މޯލްޑިވްސް ކާމިޔާބު ކޮށްފަ އެވެ.

ރާއްޖޭގައި ބާއްވާ ބޮޑު ފުޓްސަލް މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތް ކާމިޔާބު ކުރެވުނު ދުވަހަކީ އޭނާގެ ކެރިޔަރުގައި މިހާތަނަށް އެންމެ ހާއްސަ ދުވަސްވެސް މެ އެވެ.

"އަސްލު އެންމެ އުފާވި ދުވަހަކީ ކުލަބް މޯލްޑިވްސް ތަށި 2022 ވަނަ އަހަރު ފެނަކަ ޓީމާ އެކު ނެގުުނު ދުވަސް" އިޔާދު ބުންޏެވެ.

އައިޑޮލް އަކީ އޮންލީ އާއި އަޔާ - ޝުކުރު އެހީވެދިން އެންމެންނަށް

ކޮންމެ ކުޅުންތެރިއެއްގެ ވެސް އައިޑަލައިޒް ކުރާ ކުޅުންތެރިންތަކެއް ތިބޭނެ އެވެ.

އިޔާދު އައިޑަލައިޒް ކުރާ، އެ ބައެއްގެ ފަރާތުން އެންމެ ގިނަ ކަންކަން ދަސްކޮށް، ކުރިއަށްދާން ހިތްވަރު ހޯދާ ކުޅުންތެރިންނަކީ, ރާއްޖޭގެ ފުޓްސަލްގެ ނަން ހިނގާ ދެ ކުޅުންތެރިން ކަމަށްވާ ހުސެއިން ޝަރީފް (އޮންލީ) އަދި ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) އެވެ. އެ ދެ ކުޅުންތެރިންގެ ނަސޭހަތް އަބަދުވެސް އަޑު އަހާނެކަމަށް އިޔާދު ބުނެފައިވެ އެވެ.

ފުޓްސަލް ކެރިއަރު ފެށިގެން މާދުވަސް ނުވި ނަމަވެސް އިޔާދުގެ ޝުކުރުގެ ލިސްޓު ދިގެވެ. އެންމެ ފުރަތަމަ ވެސް އޭނާގެ ޝުކުރު ހައްގުވަނީ އިޔާދުގެ އާއިލާ އަށެވެ. މަންމަ އަދި ބައްޕަ އެވެ. މީގެ އިތުރުން އޮންލީ, އަޔާ, ޝަހުމް, ކޮކޯ, ޝައުފް, އަސޫ މިއީ އިޔާދުގެ ޝުކުރުގެ ލިސްޓުން ޖާގަ ހޯދާ ފަރާތްތަކެވެ.

"ޝުކުރު އަދާ ކުރަންޏާ ވަރަށް ބައިވަރު މީހުން އަސްލު. އިޔާދު ބަލައިގަންނަ އެންމެންނާ, އިޔާދުގެ މެންޓާސް, އަޔާ, އޮންލީ, ޝަހުމް, އެޑީ, ޝައުފް, ކޮކޯ އަދި ޓީމު އެންމެން ފާހަގަކުރަން" އިޔާދު ބުންޏެވެ.

ރާއްޖޭގެ ފުޓްސަލް އަށް އިޔާދު ދެކޭ ގޮތުގައި މިހާރު މަދުވަނީ ފުޓްސަލް އިންޑޯ ކޯޓެވެ.

"އިންޓަނޭޝަނަލް ލެވަލްގައި ކާމިޔާބު ހޯދާ ކަމަށްވަންޏާ ފުޓްސަލް އިންޑޯ ކޯޓެއް އެބަ ބޭނުންވޭ އިޔާދު ގަބޫލުކުރާ ގޮތުގައި. އޭރުން ކުޅުންތެރިންގެ ފެންވަރު އިތުރަށް ރަނގަޅުވާނެ" އިޔާދު ބުންޏެވެ.

އަރަމުން އަންނަ ކުޅުންތެރިންނަށް އިޔާދު ނަސޭހަތެއްވެސް ދޫކޮށްލި އެވެ.

އަރަމުން އަންނަ ކުޅުންތެރިއެއް ވިއްޔާ ޑިސިޕްލިން ޑެޑިކޭޝަން ދެން ވަރަށް ހާޑްވޯކިން މީހަކަށް ވާން ޖެހޭނެ" -- އިޔާދު

ފުޓްސަލްގެ ފޯރި މުޅި ރާއްޖޭގައި ހިފާފައިވާއިރު، ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ލައްވައި ބޮޑު އަގުދީފައި ކުޅުވަ އެވެ. އިޔާދު އަކީ އޭގެ ތެރެއިން ގިނަ ރަށްރަށެއްގައި މުބާރާތްތައް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox