ޔަމަހާގެ ރޯދަ ހަދިޔާ 1445 ގެ ދަށުން، ޔަމަހާއިން ވިޔަފާރި ކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު އެލިއާއިން ހުޅުވާލައިފި އެވެ.
އެލިއާއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން 5،000ރ. ގެ ވިޔަފާރިއެއް ކުރާ ކޮންމެ ފަރާތަކަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ޔަަހާއިން ގަންނަ ސައިކަލުތަކުން ކޭޝް ޑިސްކައުންޓު ލިބޭނެ ކަމަށްވެސް އެލިއާއިން ވަނީ ބުނެފަ އެވެ.
މި ޕްރޮމޯޝަން އެޕްރިލް 9، ގެ ނިޔަލަށް ކުރިޔަށް ގެންދާއިރު، އުމްރާ ދަތުރު ލިބޭނީ ޔަމަހާގެ އައުޓްބޯޑު އިންޖީނު އަދި ޔަމަހާ ސައިކަލު ގަންނަ ފަރާތްތައް މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށެވެ.
އުމްރާ ދަތުރު ލިބޭ ނަސީބުވެރި ފަރާތް ހޮވުމަށް ބާއްވާ ގުރުއަތު ނަގާނީ އެޕްރިލް މަހުގެ ތެރޭގައި ކަމަށް އެލިއާއިން ބުނެ އެވެ.
އެލިއާއަކީ ރާއްޖޭގައި ޔަމަހާގެ އައުޓްބޯޑު އިންޖީނު އަދި ޔަމަހާ ސައިކަލުގެ ސޯލް ޑިސްޓްރިބިއުޓާ އެވެ.










