ބާޒާރުގައި މިރުސް ތިޔާގިވެ، އަގު އަނެއްކާ ވެސް ހެޔޮވެއްޖެ

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި މީހަކު މިރުސް ގަންނަނީ -- ފޮޓޯ؛ އިޔާދު / އަދަދު

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި މީހަކު މިރުސް ގަންނަނީ -- ފޮޓޯ؛ އިޔާދު / އަދަދު

ބާޒާރުގައި މިރުސް ތިޔާގިވެ، މިރުހުގެ އަގު އަނެއްކާ ވެސް ހެޔޮވެއްޖެ އެވެ.

މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ ގިނަ ގޮޅިތަކުގައި މިއަދު ކަނޑޫދޫ މިރުސް ހުރިއިރު، ބައެއް ގޮޅިތަކުގައި ޔުގާންޑާ އަދި ލަންކާ މިރުސްވެސް ހުއްޓެވެ.

ކަނޑޫދޫ މިރުހުގެ 100 ގްރާމު މިއަދު 25ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެންހުރީ 85ރ. އަށްކަން ފާހަގަކުރެވެ އެވެ.

Advertisement

ޔުގާންޑާ މިރުހުގެ 100 ގްރާމު މިއަދު ލިބެން ހުރީ 25ރ އަށެވެ. އަދި ލަންކާ މިރުހުގެ 100 ގްރާމު ލިބެން ހުރީ 20ރ. އަށެވެ.

މާރުކޭޓު ގޮޅިއެއްގައި މަސައްކަތްކުރާ މީހަކު "އަދަދު" އާ ވާހަކަދައްކަމުން ބުނީ މިރުހުގެ އަގު ދަށަށް ދިޔައީ ސްޓޮކު އާވުމުން ކަމަށާއި، އަގު މައްޗަށް ދާނީ ސްޓޮކު ލިބުމުގައި ދަތިތައް ކުރިމަތިވާނަމަ ކަމަށެވެ.

ބާޒާރުގައި އެވްރެޖުކޮށް މިއަދު ތޮއްޑޫ ކަރާ 20ރ. އަށް ލިބެން ހުރިއިރު، މީގެ ކުރިން ކަރާ ކިލޯއެއް ލިބެން ހުރީ 18ރ. އަށްކަން ފާހަގަކޮށްލެވެ އެވެ. އަދި އަލަނާސި ކަރާ ކިލޯއެއްގެ އަގު ހުރީ 25ރ. އަށެވެ.

މާލޭ މަސް މާރުކޭޓުގައި މަސް ވިއްކަނީ -- ފޮޓޯ: އިޔާދު / އަދަދު
މާލޭ މަސް މާރުކޭޓުގައި މަސް ވިއްކަނީ -- ފޮޓޯ: އިޔާދު / އަދަދު

މާލޭ މަސް މާރުކޭޓުގައި މަސް ވިއްކަނީ -- ފޮޓޯ: އިޔާދު / އަދަދު

އާފަލުގެ އަގުތަކަށް ބަލާއިރު، ފެހި އާފަލެއް ލެބެން ހުރީ 8ރ. އާއި 9ރ. އަށް ކަމަށްވާއިރު، ފެހި އާފަލުގެ އަގު 12ރ. އަށް މިދިޔަ ބުރާސްފަތީގައި އުފުލުނެވެ. އަދި އޮރެންޖުގެ އަގު ހުރީ 8ރ. އާއި 9ރ. އަށެވެ.

މާލޭ މަސް މާރުކޭޓުގައި ހުރި މަހުގެ އަގުތަކަށް ބަލާއިރު، މިއަދު ކަންނެލި ކިލޯއެއް ލިބެން ހުރީ 30ރ. އަށެވެ. އަދި ކަޅުބިލަމަސް ކިލޯއެއްގެ އަގު ހުރީ 35ރ. އާއި 40ރ. އަށެވެ.

މާނިއާ މަހެއް 40ރ. އަށް ލިބެން ހުރިއިރު، ރަތްމަސް ކިލޯއެއްގެ އަގު ހުރީ 40ރ. އާއި 60ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ކުޑަ މުށިމަހެއް ދެ ރުފިޔާއަށް ހުރިއިރު، ރެހި ޖޯޑެއްގެ އަގު ހުރީ 30ރ. އަށެވެ.

މީގެއިތުރުން ފިލޮޅެއް 50ރ. އަށް ލިބެން ހުރިއިރު، މާތޮޅިއެއްގެ އަގު ހުރީ 30ރ. އަށެވެ.

ފަތްޕިލާވެލީގެ އަގުތައްވެސް ބާޒާރުގައި އެއްވަރުއްގައި ވަނީ ހިފެހެއްޓިފަ އެވެ. އަދި ތަރުކާރީގެ އަގުތައްވެސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox