ފީފާ އާއި އޭއެފްސީ އިން އަންގައިގެން އެފްއޭއެމް އިންތިހާބު މަޑުޖައްސާލައިފި

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެެރެއިން، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް (ކ) އާއި އެކްޓިން ޖެނެރަލް ސެކްރެޓަރީ ޖައުޝަން.-- ފޮޓޯ: އަދަދު

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެެރެއިން، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް (ކ) އާއި އެކްޓިން ޖެނެރަލް ސެކްރެޓަރީ ޖައުޝަން.-- ފޮޓޯ: އަދަދު

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅަ އިދާރާ، އޭއެފްސީ އަށް ހުށަހެޅިފައިވާ ޝަކުވާތަކެއްގެ މައްސަލަތަކެއް ބަލަމުންދާތީ، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފި އެވެ.

އެފްއޭއެމް އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ، އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން، ކެންޑިޑެސީ ހުށަހެޅީ އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) އާއި އެފްއޭއެމްގެ ރައީސްކަން މިހާރު ކުރައްވަމުން އަންނަ ބައްސާމް އަދީލް ޖަލީލް އެވެ.

ތޯރިގު، ކުރިމަތިލެއްވިކަން އޭނާ މީޑިއާ އަށް ކަށަވަރުކޮށްދީފައިވާއިރު، ބައްސާމް ކެންޑިޑެސީ ހުށަހެޅިންކަން މީޑިއާ އަށް ހާމަކޮށްފައެއްނުވެ އެވެ. ތޯރިގު، ކެންޑިޑެސީ ހުށަހެޅީ ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު ހަމަކުރިއިރު، ކްލަބް ވެލެންސިއާ ވެސް ހިމަނައިގެންނެވެ.

ވެލެންސިއާ މި ވަގުތު، އެފްއޭއެމް އިން ދީފައިވާ ސަސްޕެންޝަނެއްގައި އޮތްއިރު، އެ ކްލަބްގެ ތާއިދު ސިޓީއާ އެކު، ޓޮމްގެ ކެންޑިޑެސީ ސައްހަވާނެތޯ ސުވާލު އުފެދެ އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) މިރޭ، އެފްއޭއެމްގެ ވަޓްސަޕް މީޑިއާ ގްރޫޕުގައި ލިޔުއްވި މެސެޖެއްގައިވަނީ، ފީފާ އަށް އެފްއޭއެމާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ، އެ އިދާރާ އާއި އޭއެފްސީގެ އެންގުމުގެ މަތިން، މިހާރު ކުރަމުން އަންނަ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.

"މި ހުރި ކަންބޮޑުވުންތަކުގެ ކަންކަން ހައްލުކުރާއިރު، އޭއެފްސީ އާއި ފީފާ އަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެފްއޭއެމް އިން ދޭނެ،" ޖައުޝަން ވިދާޅުވި އެވެ.

މީގެ ކުރިން، އެފްއޭއެމް އިން 31 ޖެނުއަރީގައި ބާއްވަން އުޅުނު އިންތިހާބުގެ ކަންކަން ވެސް ހުއްޓާލަން ޖެހުނީ، ފީފާ އާއި އޭއެފްސީން އެންގުމުންނެވެ.

އެ ފަހަރުގެ އިންތިހާބު ކެންސަލްކުރަން ޖެހުނީ، އެފްއޭއެމް އިން އުސޫލާ އެއްގޮތަށް، އިލެކްޓޯރަލް ކޮމިޓީތައް އައްޔަނުކޮށްފައި ނެތުމުންނެވެ. ފަހުން، އެފްއޭއެމް އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އިލެކްޓޯރަލް ކޮމިޓީތައް ފާސްކުރި އެވެ. އެކަމަކު، އެ ކޮންގްރެސް ފީފާ އާއި އޭއެފްސީން ބަލައިގަތްކަން ކަށަވަރެއް ނޫން ކަމަށް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.

އެންމެ ފަހުން ކެންސަލްކުރަން ޖެހުނު އިންތިހާބުގައި ބައްްސާމް ވާދައެއް ނުކުރެ އެވެ. އެ އިންތިހާބުގައި ވާދަކުރީ ތޯރިގު އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.

އެފްއޭއެމް އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވަނީ، އިތުރު ދައުރަކަށް އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައިފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އެ ގޮތުން، ބައްސާމް ވިދާޅުވީ، ވާދަނުކުރައްވާނެ ކަމަށް އިއުލާނުކުރި އިންތިހާބު މިހާރު އޮތީ ކެންސަލްވެފައި ކަމަށާއި ދެން ބާއްވާ އިންތިހާބަކާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ފީފާ އާއި އޭއެފްސީން ރާއްޖޭގެ ފުޓްބޯޅަ އަށް ދޭ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް ހިމެނޭހެން އެފްއޭއެމްގެ ބައެއް ވެރިން އަމިއްލަ މަންފާ އަށް ބޭނުންކުރި މައްސަލަތަކެއް ބަލަމުން އަންނައިރު، އޭގެއިން އެއް މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. ފީފާ އިން އެފްއޭއެމް އަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ލޯންގެ ފައިސާ ބޭނުންކުރި ގޮތުގެ ކޮރަޕްޝަންގެ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެފްއޭއެމް އިން ދޭން ޖެހޭ ފައިސާ ނުދީގެން، އެ އެސޯސިއޭޝަނާ ދެކޮޅަށް ގިނަ ކުންފުނިތަކަކުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

ފީފާ އިން އެފްއޭއެމަށް ދެމުން އައި މާލީ އެހީތެރިކަން ހުއްޓާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން، "އަދަދު" އިން ކުރި ސުވާލަކަށް ޖައު ވިދާޅުވީ، ފީފާގެ ފިނޭންޝިއަލް ސަޕޯޓް އެފްއޭއެމް އަށް ހުއްޓާލިކަމެއް އަދި އަންގާފައިނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox