ބާޒާރުގައި އާފަލުގެ އަގު އުފުލި، ފެހި އާފަލެއްގެ އަގު 10ރ. އަށް އަރައިފި!

ދަތުރުވެރިންގެ މާރުކޭޓުގައި މޭވާ ވިއްކަނީ، މިއަދު ފެހި އާފަލުގެ އަގު ވަނީ 10ރ. އަށް ޖެހިފައި -- ފޮޓޯ: އަދަދު

ދަތުރުވެރިންގެ މާރުކޭޓުގައި މޭވާ ވިއްކަނީ، މިއަދު ފެހި އާފަލުގެ އަގު ވަނީ 10ރ. އަށް ޖެހިފައި -- ފޮޓޯ: އަދަދު

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި އާފަލުގެ އަގު އުފުލި، ފެހި އާފަލެއްގެ އަގު 10ރ. އަށް އަރައިފި އެވެ.

ބާޒާރުގައި ރަތް އާފަލެއް 6ރ. އާއި 8ރ. އާ ދެމެދުގެ އަގަށް ލިބެން ހުރިއިރު، ފެހި އާފަލު ލިބެން ހުރީ 10ރ. އަށެވެ.

މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތްކުރާ މީހަކު "އަދަދު" އާ ވަހަކަ ދައްކަމުން ބުނީ ފެހި އާފަލުގެ އަގު ބޮޑުވެފައި މިވަނީ ކޭހެއްގެ އަގު 900ރ. އަށް ޖެހިފައިވާތީ ކަމަށެވެ.

"އާފަލު ކޭހެއްގައި މި ހުންނަނީ 100 އާފަލު. އޭގެ ތެރެއިން ބައެއް ފަހަރު އާފަލުތައް ހަލާކުވެފައި ހުންނައިރު، އާފަލެއް ކޮސްޓުގައި ވިއްކާނަމަ ވިއްކަން މި ޖެހެނީ 9ރ. އަށް. ގެއްލުން ނުވެ މި ވިއްކަނީ 10ރ. އަށް،" މާރުކޭޓު ގޮޅީގައި މަސައްކަތް ކުރާ މިހާ ބުންޏެވެ.

އާފަލެކޭ އެއްގޮތަށް އޮރެންޖުގެ އަގުވެސް އުފުލުމަށްފަހު، މިހާތަނަށް ދަށަށް ގޮސްފައެއް ނުވެ އެވެ. އެގޮތުން އޮރެންޖެއްގެ އަގު އުޅެނީ 9ރ. އާއި 10ރ. އަށް ކަމަށްވާއިރު، މެންޑެރިން ކިލޯއެއްގެ އަގު އުޅެނީ 65ރ. އާއި 75ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކަރާ ކިލޯއެއްގެ އަގު މިއަދު ބާޒާރުގައި 15ރ. އާއި 20ރ. އާ ދެމެދު ހުރިއިރު، އަލަނާސި ކަރާ ކިލޯއެއްގެ އަގު ހުރީ 25ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ލުނބޯ ކިލޯއެއްގެ އަގު 60ރ. އާއި 65ރ. އާ ދެމެދު ހުރިއިރު، ޕިއާސް ކިލޯއެއް ލިބެން ހުރީ 120ރ. އަށެވެ.

އިންޑިއާ އަދި ލަންކާގެ އިތުރު ޔުގާންޑާގެ ޖުމްހޫރީ މޭވާ ބާޒާރުގައި ހުރިއިރު، ކިލޯއެއް އުޅެނީ 120ރ. އާއި 135ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފޭރު ކިލޯއެއްގެ އަގު 90ރ. އަށް ހުރިއިރު، ފަޅޯ ކިލޯއެއް ލިބެން ހުރީ 50ރ. އާއި 60ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އަންނާރު ކިލޯއެއް 110ރ. އަށް ލިބެން ހުރިއިރު، އަނބު ކިލޯއެއްގެ އަގު ހުރީ 150ރ. އަށެވެ. އަދި ގްރޭޕްސްގެ ވައްތަރުތަކުގެ 100 ގްރާމު ލިބެން ހުރީ 18ރ. އަށެވެ. އަދި ފުސްކެޔޮ ކިލޯއެއް 90ރ. އަށް ލިބެން ހުރިއިރު، މާޅޮސް ކެޔޮ ކިލޯއެއްގެ އަގު ހުރީ 70ރ. އަށެވެ.

ބާޒާރުގައި ލެޓިއުސްގެ އަގުވެސް މިއަދު ހެޔޮވުން -- ފޯޓޯ: އަދަދު
ބާޒާރުގައި ލެޓިއުސްގެ އަގުވެސް މިއަދު ހެޔޮވުން -- ފޯޓޯ: އަދަދު

ބާޒާރުގައި ލެޓިއުސްގެ އަގުވެސް މިއަދު ހެޔޮވުން -- ފޯޓޯ: އަދަދު

މިރުހުގެ އަގުތަކަށް ބަލާއިރު މިއަދު ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 35ރ. އާއި 40ރ. އަށެވެ. އަދި ލާމު މިރުހުގެ 100 ގްރާމު 40ރ. އަށް ލިބެން ހުރިއިރު، ލަންކާ މިރުހުގެ 100 ގްރާމު ލިބެން ހުރީ 25ރ. އަށެވެ.

ތަރުކާރީއަށް ބަލާއިރު ކެރެޓް ކިލޯއެއްގެ އަގު 30ރ. އާއި 35ރ. ގައި ހުރިއިރު، ކެޕްސިކަމް ކިލޯއެއް އުޅެނީ 60ރ. އަށެވެ. އަދި ކިއުކަމްބާ ކިލޯއެއް 30ރ. އަށް ހުރިއިރު، ލީކްސް ކިލޯއެއްގެ އަގު ހުރީ 70ރ. އާއި 80ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބީންސް ކިލޯއެއް 65ރ. ގައި ހުރިއިރު، ކެބެޖު ކިލޯއެއް ލިބެން ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކުދި ރޯ ޓޮމާޓޯ ކިލޯއެއް 25ރ. އަށް ހުރިއިރު، ބޮޑު ޓޮމާޓޯ ކިލޯއެއްގެ އަގު ހުރީ 6 ރ. އަށެވެ.

ބަރަބޯ ކިލޯއެއްގެ އަގު 40ރ. އަށް ހުރިއިރު، ބަނބުކޭލެއް ލިބެން ހުރީ 79ރ. އަށެވެ. އަދި އަލަ ކިލޯއެއް 80ރ. އަށް ހުރިއިރު، ދަނޑިއަލުވި ކިލޯއެއްގެ އަގު ހުރީ 45ރ. އަށެވެ. ކައްޓަލަ ކިލޯއެއް ލިބެން ހުރީ 50ރ. އާއި 60ރ. އަށެވެ.

ފަތްޕިލާވެއްޔަށް ބަލާއިރު ލެޓިއުސްގެ އަގު ވަނީ 40ރ. އާއި 60ރ. އަށް ވެއްޓިފަ އެވެ. އަދި ތިން ފަތުގެ ކޮޕީފަތް ބޮނޑި 10ރ. އަށް ހުރިއިރު، ކުއްޅަފިލާފަތް ބޮނޑިއެއްގެ އަގު ހުރީ 15ރ. އާއި 20ރ. އާ ދެމެދު އެވެ.

ހިކަނދިފަތް ބޮނޑިއެއް 10ރ. އަށް ހުރިއިރު، ރާނބާފަތެއްގެ އަގު ހުރީ 5ރ. އަށެވެ. އަދި ކަންކުން ފަތް ބޮނޑިއެއް ލިބެން ހުރީ 5ރ. އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox