ލޯލާގެ އާ ފިހާރައެއް ބުރުޒުމަގުގައި ހުޅުވައިފި

Jul 28, 2026, 9:00 AM
ލޯލާ ފިހާރަ

ލޯލާ ފިހާރަ

ރާއްޖޭގައި ގުދުރަތީ މަލުގެ ވިޔަފާރީގައި އެންމެ މަޝްހޫރު ނަން، "ލޯލާ" ގެ އާ ފިހާރައެއް މައްޗަންގޮޅީ ބުރުޒުމަގުގައި އިއްޔެ ރަސްމީކޮށް ހުޅުވައިފި އެވެ. މިއީ މާލެ ސަރަހައްދުގައި އެ ބްރޭންޑުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހުޅުވި ތިންވަނަ އައުޓްލެޓެވެ.

ލޯލާގެ ފިހާރަތައް ގަލޮޅުގެ އިތުރުން ހުޅުމާލޭގައިވެސް ހިންގަމުން އަންނައިރު، ބުރުޒުމަގުގައި އަލަށް ހުޅުވި މި ފިހާރައާއެކު އެ ސަރަހައްދުގެ އާންމުންނަށް ލޯލާގެ ފުރިހަމަ އުފެއްދުންތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އަލަށް ހުޅުވުނު ފިހާރައިން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި;

  • އިކުއެޑޯގެ ފިނިފެންމާ: އިކުއެޑޯގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ހެދޭ، ކުލަގަދަ އަދި ފެންވަރު ރަނގަޅު ފިނިފެންމާ.
  • ތަފާތު ވައްތަރުގެ ލިލީ: މިހާރު އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ އެކި ބާވަތްތަކުގެ ލިލީ މާ.
  • އިންޑޯ ގަސްގަހާގެހި: ގޭތެރެއާއި އޮފީސްތައް ޒީނަތްތެރިކުރުމަށް ހާއްސަ ރީތި ގަސްތައް.
  • ގިފްޓް އައިޓަމްސް: ހަދިޔާ ދިނުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މާބޮޑިތަކާއި ތަފާތު ގިފްޓު އައިޓމްތައް.

މި އާ އައުޓްލެޓާއެކު، ތާޒާ މަލާއި ގޭތެރެ ޒީނަތްތެރިކުރާ ގަސްގަހާގެއްޔަށް ލޯބިކުރާ ފަރާތްތަކަށް ލޯލާގެ ހިދުމަތްތައް މިހާރު އިތުރަށް ގާތުން ލިބިގެންދާނެ އެވެ.

އިތުރު ފޮޓީތައް:

ލޯލާ ފިހާރަ
ލޯލާ ފިހާރަ
ލޯލާ ފިހާރަ
ލޯލާ ފިހާރަ
ލޯލާ ފިހާރަ
ލޯލާ ފިހާރަ
ލޯލާ ފިހާރަ
ލޯލާ ފިހާރަ

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox