ބެޑްމިންޓަން އިންތިހާބުގެ ކުރިން އަސާސީ ގަވާއިދަށް ބަދަލު ގެންނަން ޖެހޭނެކަން އަންގައިފި

ްސްޕޯޓްސް ކޮމިޝަނަރު ތޮލާލް (ކ) އާއި ކުޅިވަރާ ބެހޭ ވަޒީރު ރާފިއު.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ްސްޕޯޓްސް ކޮމިޝަނަރު ތޮލާލް (ކ) އާއި ކުޅިވަރާ ބެހޭ ވަޒީރު ރާފިއު.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މި މަހުގެ 22 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އެ ޖަމިއްޔާހެ އިންތިހާުބުގެ ކުރިން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ލަފާދީފައިވާ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އަންގައިފި އެވެ.

އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް، ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ މައްސަލައިގައި މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ކުޅިވަރާ ބެހޭ އެކި މުއައްސާސާތަކުން ބައިވެރިވި އެވެ.

މިއަދުގެ ބައްދަލުވުމާ ބެހޭގޮތުން، "އަދަދު" އާ ވާހަކަދައްކަވަމުން ތޮލާލް ވިދާޅުވީ، ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް އިންތިހާބީ ޖަލްސާގެ ކުރިން ގެންނަން އަންގާފައިވާނެ ކަމަށެވެ.

އިންތިހާބު ބާއްވާ އަހަރެއްގައި އެސޯސިއޭޝަނެއްގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުމުގައި އަމަލު ކުރަންވީ ގޮތެއް، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ހޯދުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ލަފަޔަށް ވެސް އެދިފައިވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭ ކޮންމެ ފަރާތަކުން ވެސް އާންމު ޖަލްސާގައި ލާން ޖެހޭނީ އެއް ވޯޓު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އިންޑިވިޖުއަލް މެމްބަރުން ފިޔަވައި އެއްވެސް އެންޓިޓީ (ކޮމިޓީ/ކޮމިޝަން) އަކުން އާންމު ޖަލްސާގައި ވޯޓުލާނަމަ އެ އެންޓިޓީ އަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ވެގެން ހިންގާ އެންޓިޓީ އަކަށް ވާން ޖެހޭނެ ކަމަށް ވެސް ވަނީ އަންގައިފަ އެެވެ.

"ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ވުމަށް ފަހު، އެ އެންޓިޓީ އެއްވެސް ލާނީ އެއް ވޯޓު ކަމަށް ވެސް ވާހަކަ ދެކެވުނު،" ތޮލާލް ވިދާޅުވި އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މި އެންގުމަކީ، ބެޑްމިންޓަން އެސޯސިއޭޝަނުން ރަސްމީ އެއްވެސް ތަނެއްގައި ރަޖިސްޓްރީ ކުރުމެއް ނެތި، އެ އެސޯސިއޭޝަނުން އުފައްދާފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަށް ވޯޓު ލުމުގެ ހައްގު ދީފައިވާ ގޮތް ބަދަލުކުރުމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ގަވާއިދު އޮންނަ ގޮތުން، އެސޯސިއޭޝަނުގައި ރަޖިސްޓްރީކުރާ ބީޑީސީތަކުން އިންތިހާބަށް ވޯޓުލާއިރު، ކޮންމެ 10 މެމްބަރަކަށް 15 ވޯޓު ލެވެ އެވެ. ބީޑީސީތަކަށް މެމްބަރުން ނެގުމުގައި ވަކި އަދަދެއް ބަޔާންކުރާ ވަކި އުސޫލެއް ނެތެވެ. ބީޑީސީ އަކީ ފުރިހަމަ މެމްބަރެއް ކަމަށްވާތީ، ވަކި ފީއެއް ދައްކަން ވެސް ލާޒިމެއް ނުކުރެ އެވެ. އެކަމަކު، ކޮންމެ އަހަރަކު، 18000 ރުފިޔާ، ދަައްކަން ޖެހޭ، ބެޑްމިންޓަން ކްލަބްތަކަށް އެންމެ ގިނަ ވެގެން ވެސް ހިމެނެނީ، 15 މެމްބަރުންނެވެ. އެ އަށް ވުރެ އިތުރެއް ނުކުރެވޭއިރު އިންތިހާބުގައި ލެވެނީ 20 ވޯޓު އެވެ.

ބީޑީސީތައް ހިންގަން ފުރުސަތު ދެނީ ވެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބާރު ހިންގޭ ނުވަތަ ނުފޫޒު ފޯރުވޭ ގޮތަށް އޮންނަ ރަށްތަކަށް ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ. އެއީ، އިންތިހާބަކާ ދިމާކޮށް، އެ ބީޑީސީތަކެއްގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތެއް ބަލައިފަ އެވެ. ކިތަންމެ ރަނގަޅަށް، ބެޑްމިންޓަނުގެ މަސައްކަތް ކުރަމުން އަންނަ ރަށަކަށް ވެސް އެސޯސިއޭޝަނުން ބޭނުންނުވެއްޖެނަމަ ބީޑީސީގެ އެކްޓިވް ހައިސިއްޔަތު ނުދެ އެވެ. އަހަރުން އަހަރަށް ކަންކަން ބަދަލުވެފައި ހުރި ގޮތުން މި ކަން ސާފުވެ އެވެ.

އެ ގޮތުން، މި ފަހަރުގެ އިންތިހާބުގައި، ވޯޓު ލެވޭނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ރުހުން ދީފައިވަނީ، ދެ ބީޑީސީ އަށެވެ. އެއީ، ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އަށެވެ. މީގެ ތެރެއިން އައްޑޫ ބީޑީސީ އަށް ފުރުސަތު ދިންއިރު، ހިމެނޭ މެމްބަރުންްގެ ސައްހަކަމާ މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ. އިންތިހާބީ ކޮންގްރެސް އޮތީ ވެސް އައްޑޫގަ އެވެ.

ބީޑީސީތަކުން ވޯޓު ލެވޭ މެމްބަރުންގެ ތަފްސީލް އެސޯސިއޭޝަނުން ފަހުން ހާމަކުރިއިރު، ހޮޅުދޫން ވޯޓު ލެވޭނެ 109 މެމްބަރުން އެބަތިބި އެވެ. އަދި އައްޑޫން ތިބީ، 118 މެމްބަރުން ކަމަށް ބީއޭއެމް އިން ހާމަކޮށްފައިވެ އެވެ.

މި އިންތިހާބުގައި އެސޯސިއޭޓް މެމްބަރުންގެ ގޮތުގައި ވޯޓު ލެވޭ ދެ ކްލަބަކީ، ކްލަބް ސްޓެޓިކް އާއި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ އެވެ. އިންޑިވިޖުއަލް މެމްބަރުންގެ ގޮތުގައި އިންތިހާބުގައި ވޯޓު ލެވެނީ 80 ފަރާތަކަށެވެ.

ވޯޓު ވެލޭ ލިސްޓު، މިހެން އޮތުމުން، ހަމައެކަނި ދެ ބީޑީސީން ވޯޓު ލައިގެން، ރައީސަކު ހޮވޭނެ ފުރުސަތު އެބައޮތެވެ. މިއީ، ގުޑްގަވަރްނަންސްއާ މުޅިން ހިލާފު އުސޫލެއް ކަމަަށް ކުޅިވަރު ގިނަ އެޑްމިނިސްޓްރޭޓަރުން އަންނަނީ ބުނަމުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގައި މި ފަދަ ގޮތްގޮތަށް ހުރި މައްސަލަތައް އިސްލާހު ނުކޮށް އިންތިހާބަކަށް ނުދިއުމަށް ތަކުރާރުކޮށް ސްޕޯޓްސް ކޮމިޝަނަރު އަންނަނީ އަންގަމުންނެވެ. އަދި ސްޕޯޓްސް ކޮމިޝަނަރުގެ މި ލަފާއާ އެއްގޮތަށް އަމަލުކުރާނަމަ، މިހާރު އޮތް ތާރީހުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމުގެ ފުރުސަތު ކުޑަ އެވެ. އެއީ، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އެ ބަދަލުތައް ގެންނަން ކޮންގްރެސް އެއް ބާއްވައި، އެ ފާސްކުރަން އެކަށީގެންވާ ވަގުތު ނެތުމެވެ.

މިއަދުގެ ބައްދަލުވުމުގައި ބެޑްމިންޓަން އެސޯސިއޭޝަނުން އެދުނީ، އެ ޖަމިއްޔާގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކާއި ސްޕޯޓްސް މިނިސްޓްރީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ކަންބޮޑުވުންތައް ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން، މައުލޫމާތު އެނގޭ ފަރާތަކުން "އަދަދު" އަށް ބުނީ، އެސޯސިއޭޝަނުގެ ވިސްނުމަކީ، އިންތިހާބު ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ލިޔުމުން، ކަންބޮޑުވުންތައް ހުށަހަޅަން އެސޯސިއޭޝަނުން ސްޕޯޓްސް ކޮމިޝަނަރު އަރިހުގައި އެދުނީ، އެ އަށް ޖަވާބުދާރީވާން ވަގުތު ނަގައި، އާ ހިންގާ ބޯޑެއް އެކަމަށް މަސައްކަތްކުރާނެ ކަމަށް ފަހުން ބުނުމަށް ކަމަށެވެ.

އެހެން ނަމަވެސް، މިއަދުގެ ބެޑްމިންޓަން އެސޯސިއޭޝަނުން ހިއްސާ ކުރި އަނެއް ކަމަކީ، މި ކަންކަމުގެ ތެރޭގައި އެ އެސޯސިއޭޝަންގައި މި ވަގުތު އޮތް ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުން ދެން އަމަލުކުރާނެ ގޮތެއް ހޯދުމެވެ. އެކަމަށް ކުރެވުނު މަޝްވަރާގައި ނިންމުނީ، އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ މަޝްވަރާކޮށްގެން ކުރިއަށްދާންވީ ގޮތެއް ބެލުމެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) މިހާރު ފުރުއްވަމުން އަންނަނީ އޭނާގެ ތިން ވަނަ ދައުރެވެ. މޫސައާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ އެކިއެކި ޕްލެޓްފޯމްތަކުގައި ދެކެވެމުން އަންނައިރު، ބައެއް މައްސަލަ ވަނީ ކަމާ ބެހޭ އެކި މުއައްސަސާތަކަށް ވެސް ހުށަހަޅައިފަ އެވެ.

(ބީއޭއެމްގެ އިންތިހާބުގައި ވާދަކުރަން، އިޝްފާން މުހައްމަދު (އިއްޕަ) އާއި އަހުމަދު ޝިހާމް (ޕުޗު)، ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅައިފަ އެވެ. އެއީ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން ރައީސަކަށް އަދި ކުޅަދާނަ އަމްޕަޔަރު، ޝިހާމް ނައިބު ރައީސަކަށް ހުންނެވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox