މާލޭ ލޯކަލް މާރުކޭޓުގައި އެވްރެޖުކޮށް ހުރިހާ އެއްޗެއްގެ އަގު ހެޔޮވެފައިވާއިރު، ކުރުނބާ ވަރަށް މަދުވެއްޖެ އެވެ.
މާރުކޭޓުގައި އަގުހެޔޮވި ތަކެތީގެ ތެރޭގައި ކަރާ، ޖުމްހޫރީ މޭވާ، މެންޑަރިން، ލެޓިއުސް، ލުނބޯ އަދި ކެރެޓު ހިމެނޭއިރު، މިރުހުގެ އަގު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.
ބާޒާރުން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނީ ކުރުނބާ ހުސްވާން ކައިރިވެފައިވާ ކަމަށާއި މިހާރު ލިބެން ހުރީ 50ރ. އަށް ދޭ ބޮޑު ކުރުނބާ އެކަނި ކަމަށެވެ.
ކުރުނބާގެ އިތުރު ޝިޕްމަންޓެއް މިއަދު ހަވީރު ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި އެއާއެކު އަނެއްކާވެސް ކުރުނބާ ބާޒާރުގައި ތިޔާގި ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ބާޒާރުގައި ގަބުޅި 15ރ. އާއި 25ރ. އާ ދެމެދުގެ އަގެެއްގައި ލިބެން ހުއްޓެވެ.
ކުރިން 60ރ. އާއި 80ރ. އާ ދެމެދު ލިބެން ހުރި ކަނޑޫދޫ މިރުހުގެ 100 ގްރާމު މިހާރު ލިބެން ހުރީ 40ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ކިލޯއެއް ލިބެން ހުރީ 350ރ. އާއި 400ރ. އާ ދެމެދުގެ އަގެއްގަ އވެެ.
އޭގެ އިތުރުން ލަންކާ މިރުސް 20ރ. އާއި 40ރ. އާ ދެމެދު ލިބެން ހުރިއިރު، ކިލޯއެއް ލިބެން ހުރީ 200ރ. އާއި 300ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ލާމު މިރުސް މިއަދު ބާޒާރުން ފެންނާކަށް ނެތެވެ.

ކަރާ ކިލޯއެއް މިއަދު 15ރ. އާއި 18ރ. އަށް ލިބެން ހުރިއިރު، އަލަނާސި ކަރާ ކިލޯއެއް ލިބެން ހުރީ 30ރ. އަށެވެ. އަދި ޖުމްހޫރީ މޭވާ ކިލޯއެއް 115ރ. އާއި 140ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، މިއަދު ދިވެހި ޖުމްހޫރީ މޭވާސް ބާޒާރުގައި ހުއްޓެވެ.
ލުނބޯ ކިލޯއެއްގެ އަގު 60ރ. އާއި 65ރ. އަށް ވެއްޓިފައިވާއިރު، ފަޅޯ ކިލޯއެއްގެ އަގު ހުރީ 60ރ. އަށެވެ. އަދި ފޭރު ކިލޯއެއް 70ރ. އަށް ހުރިއިރު، ގްރޭޕްސްގެ 100 ގްރާމު ލިބެން ހުރީ 18ރ. އަށެވެ.
ބާޒާރުގައި އާފަލުގެ އަގު 6ރ. އާއި 8ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، އޮރެންޖުގެ އަގު ވަނީ 10ރ. އަށް އުފުލިފަ އެވެ. އަދި މެންޑެރިން ކިލޯއެއްގެ އަގު ވަނީ 60ރ. އާއި 65ރ. އަށް ވެއްޓިފަ އެވެ.
އަންނާރު ކިލޯއެއް 100ރ. އަށް ލިބެން ހުރިއިރު، އަލަނާސިގަނޑެއް ލިބެން ހުރީ 60ރ. އާއި 70ރ. އަށެވެ. އަދި ހަ އަނބު ލިބެން ހުރީ 100ރ. އަށެވެ.

ތަރުކާރީއަށް ބަލާއިރު ކެރެޓު ކިލޯއެއް 30ރ. އަށް ލިބެން ހުރިއިރު، ކެބެޖު ކިލޯއެއްގެ އަގު ހުރީ 35ރ. އަށެވެ. އަދި ލީކްސް ކިލޯއެއް 75ރ. ގައި ހުރިއިރު، ބީންސް ކިލޯއެއް ލިބެން ހުރީ 65ރ. އަށެވެ.
ކިއުކަމްބާ އާއި ބަޓާނާ ކިލޯއެއް 35ރ. އަށް ލިބެން ހުރިއިރުހ، ކެޕްސިކަމް ކިލޯއެއް ލިބެން ހުރީ 70ރ. އަށެވެ. އަދި ޓޮމާޓޯ ކިލޯއެއް 60ރ. އަށް ހުރިއިރު، ބެލްޕެޕާ ކިލޯއެއް ހުރީ 80ރ. އަށެވެ.
މީގެއިތުރުން ލޭޑީސް ފިންގާ ކިލޯއެއް 65ރ. އަށް ހުރިއިރު، ބަރަބޯ ކިލޯއެއް ލިބެން ހުރީ 35ރ. އަށެވެ. އަދި ފާގަ ކިލޯއެއް ލިބެން ހުރީ 60ރ. އަށެވެ.
ފަތްޕިލާވެއްޔަށް ބަލާއިރު ކުއްޅަފިލާފަތް ބޮނޑިއެއް 20ރ. އަށް ލިބެން ހުރިއިރު، ލެޓިއުސް ކިލޯއެއް ލިބެން ހުރީ 50ރ. އަށެވެ. އަދި ހަތަރު ފަތް ހިމެނޭ ކޮޕީފަތް ބޮނޑިއެއް ލިބެން ހުރީ 10ރ. އަށެވެ.
ކަންކުން ފަތް ބޮޑިއެއް 5ރ. އަށް ލިބެން ހުރިއިރު، ހިކަނދިފަތް ބޮނޑިއެއް ލިބެން ހުރީ 10ރ. އަށެވެ. އަދި ކޮރިއަންޑާގެ 100 ގްރާމު ލިބެން ހުރީ 20ރ. އަށެވެ.










