ބީއޭއެމްގެ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ވިދާޅުވެއްޖެ

ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް: ބެޑްމިންޓަން އެސޯސިއޭޝަން އުސޫލާ ހިލާފުވެގެން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް: ބެޑްމިންޓަން އެސޯސިއޭޝަން އުސޫލާ ހިލާފުވެގެން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގައި އެ ހުރި މައްސަލަތައް ހައްލުނުކޮށް، އަވަސް އަރުވާލައިގެން، ބާއްވަން އުޅޭ އެ ޖަމިއްޔާގެ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމުގެ ޝަކުވާތަކާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް، އެ އެސޯސިއޭޝަންގެ އިންތިހާބު ނުބާއްވަން ތޮލާލް ވަނީ މީގެ ކުރިން ވެސް އަންގައިފަ އެވެ.

އެކަމަކު، ސްޕޯޓްސް ކޮމިޝަނަރުގެ އެ އެންގުމަށް ބޯލެނބުމެއް ނެތި، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މި މަހު 22 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ ޖަމިއްޔާގެ އިންތިހާބުގައި ވޯޓު ލެވޭނެ ލިސްޓު ގެޒެޓްކޮށްފަ އެވެ.

Advertisement

އިންތިހާބީ ކޮންގްރެސް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން ނިންމާފައި އޮތީ އައްޑޫ އިކުއޭޓްރަލް ވިލެޖުގަ އެވެ.

މި ކަމާ ގުޅޭގޮތުން، "އަދަދު" އިން ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެންގުމާ ހިލާފަށް ބާއްވާ އިންތިހާބެއް ބަލައިނުގަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ރަނގަޅަށް ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގާފައިވާނީ، އެސޯސިއޭޝަންގައި އެ ހުރި މައްސަލަތައް ހައްލުނުކޮށް އިންތިހާބު ނުބާއްވަން، އެ އަށް ނުބަލައި، ބާއްވާ އިންތިހާބެއް ބަލައެއް ނުގަންނާނަން،" ތޮލާލް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ އެކު ބައްދަލުވުމެއް ބާއްވަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ނިންމައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ގެޒެޓްކޮށްފައިވާ ވޯޓު ލެވޭ ލިސްޓަށް ބަލާއިރު، އެސޯސިއޭޓް މެމްބަރުންގެ ގޮތުގައި، ހިމަނާފައިވަނީ ދެ ކްލަބް އެވެ. އެއީ، ކްލަބް ސްޓެޓިކް އާއި އިންޑޯ ސްޕޯޓްސް އެކެޑަމީ އެވެ.

މިދިޔަ ހަތަރު އަހަރު ބަރާބަރަށް އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވި، އެއް ކްލަބް ކަމަށްވާ ރިވައިވަލް ސްޕޯޓްސް ކްލަބަށް ފުރުސަތެއް ނުދެ އެވެ.

ވޯޓު ލިސްޓުގައި، ފުރިހަމަ މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ދެ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) އެވެ. އެއީ، ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) އެވެ.

ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އަށް ވޯޓު ލެވޭ އުސޫލާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަދި ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވެސް ވަނީ ބީޑީސީތަކަށް މި ވަރުގެ ބާރެއް ލިބޭ ގޮތަށް އޮތްއިރު، އެއީ އެއްވެސް މުއައްސަސާއެއްގައި ރަޖިސްޓްރީނުކޮށް ހިންގާ ތަނަކަށްވާތީ، އެކަން ރަނގަޅުކުރަން އަންގައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ ގޮތަށް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ބާރުދީފައި އޮންނަ، ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމެއް ވެސް ނެތި/ ރާއްޖޭގެ އެއްވެސް ރަސްމީ މުއައްސަސާއެއްގައި ރަޖިސްޓްރީ ނުކުރާ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ބޭނުންވާ ގޮތަކަށް ކަންކަން ނުފޫޒު ފޯރުވޭ ގޮތަށް އޮތް ބަޔެކެވެ.

ގިނަ ފަހަރު ބީޑީސީތައް ހިންގަން ފުރުސަތު ދެނީ ވެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބާރު ހިންގޭ ގޮތަށް އޮންނަ ރަށްތަކަށެވެ. އެއީ، އިންތިހާބަކާ ދިމާކޮށް، އެ ބީޑީސީތަކެއްގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތެއް ބަލައިފަ އެވެ. ބެޑްމިންޓަން ކްލަބްތަކަށް ނުލިބޭ ފަދަ ހައްގުތަކެއް، ބީޑީސީތަކަށް ދީފައި އޮންނަ އޮތުމުގައި ވެސް ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް ކަންކަން ފަހިވެފައި އޮތް ކަމަކީ ވެސް ކަންބޮޑުވުމެކެވެ. މިއީ ގުޑް ގަވަރްނަންސް އާ މުޅިން ހިލާފު އަމަލެއްގެ ގޮތުގައި، ކުޅިވަރު އެޑްމިނިސްޓްރޭޓަރުން ވެސް ފާހަގަކުރެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ގަވާއިދު އޮންނަ ގޮތުން، އެސޯސިއޭޝަނުގައި ރަޖިސްޓްރީކުރާ ބީޑީސީތަކުން އިންތިހާބަށް ވޯޓުލާއިރު، ކޮންމެ 10 މެމްބަރަކަށް 15 ވޯޓު ލެވެ އެވެ. ބީޑީސީތަކަށް މެމްބަރުން ނެގުމުގައި ވަކި އަދަދެއް ބަޔާންކުރާ ވަކި އުސޫލެއް ނެތެވެ. ބީޑީސީ އަކީ ފުރިހަމަ މެމްބަރެއް ކަމަށްވާތީ، ވަކި ފީއެއް ދައްކަން ވެސް ލާޒިމެއް ނުކުރެ އެވެ. އެކަމަކު، 18000 ރުފިޔާ އަހަރަކު ދައްކަން ޖެހޭ، ބެޑްމިންޓަން ކްލަބްތަކަށް އެންމެ ގިނަ ވެގެން ވެސް ހިމެނެނީ، 15 މެމްބަރުންނެވެ. އެ އަށް ވުރެ އިތުރެއް ނުކުރެވެ އެވެ.

މި ފަހަރުގެ އިންތިހާބުގައި، ބެޑްމިންޓަން ޑިވެލޮޮޕްމަންޓް ކޮމިޓީތަކުން ވޯޓު ލަނީ ކިތަން މެމްބަރުން ކަމެއް ހާމައެއް ނުކުރެ އެވެ. ގިނަ ބަޔަކު ދެކޭގޮތުގައި، މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ސިއްރުކޮށްފައިވާ ނަމްބަރެކެވެ.

އިންތިހާބުގައި ފަރުދީ މެމްބަރުންގެ ގޮތުގައި ވޯޓުލާން ފުރުސަތު ދީފައިވަނީ 80 މެމްބަރުންނަށެވެ. މި ލިސްޓާ މެދު ވެސް ޝަކުވާތައް ގިނަ އެވެ. އަދި މި ލިސްޓުގައި، އިންތިހާބަށް ނުފޫޒު ފޯރުވަން ވަކި ބައެއްްގެ ނަންތަކެއް ހިމަނާފައިވާ ކަމަށް ވެސް ތުހުމަތުތަކެއް އަމާޒުވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، ފަރުދީ މެމްބަރުންނަށް ފުރުސަތު ދީފައިވަނީ، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން އަމިއްލަ މެމްބަރުންގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ، 31 ޖެނުއަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް މެމްބަރޝިޕް ފީ ދައްކަވާފައިވާ އަމިއްލަ މެމްބަރުންނަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox