ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މި ފަހަރު ވެސް ރާއްޖޭގައި

Mar 15, 2024, 8:30 AM
މިދިޔަ އަހަރުގެ ދެކުނު އޭޝިއާ މުބާރާތުން މެޑަލް ހޯދުމަށް ފަހު އަޒްނީން ކަރުގައި މެޑަލް އަޅައިގެން ސެލިއުޓް ނަގަނީ،---

މިދިޔަ އަހަރުގެ ދެކުނު އޭޝިއާ މުބާރާތުން މެޑަލް ހޯދުމަށް ފަހު އަޒްނީން ކަރުގައި މެޑަލް އަޅައިގެން ސެލިއުޓް ނަގަނީ،---

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މި ފަހަރު ވެސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ހާމަކޮށްފި އެވެ.

މި ފަހަރުގެ މުބާރާތް ތާވަލުކޮށްފައިވަނީ، ޖޫން 6-10 އަށެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި މިދިޔަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ހަ ގައުމަކުން އެތުލީޓުން ވާދަކުރި އެވެ. އެއީ، އިންޑިއާ، ނެޕާލް، ޕާކިސްތާން، އިންޑިއާ، އަފްގާނިސްތާން އަދި ރާއްޖެ އެވެ.

އެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖޭން ހަތަރު ރަން މެޑަލް އާއި ހަތަރު ރިހި މެޑަލް އަދި ބްރޯންޒް މެޑެއްޔެއް ހޯދައިފައިވެ އެވެ. މި މެޑަލްތަކުގެ ތެރެއިން ހާއްސަ އީ މުހައްމަދު މޫސާ (މޯޑް) އާއި އަޒްނީން ރަޝާދު ހޯދި ރަން މެޑަލް އެވެ. މި ދެ އެތުލީޓުން ވަނީ އެންމެ ފޯކަސް ކުރާ ކެޓަގަރީން ރަން މެޑަލް ދިފާއުކޮށްފަ އެވެ.

ރާއްޖޭން ޖެހިޖެހިގެން، ދެ ވަނަ ފަަހަރަށް ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ހޯސްޓްކުރަން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން، 2022 ވަަނަ އަހަރު ވަނީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވައިފަ އެވެ. އެ ފަހަރު މުބާރާތް ހޯސްޓްކުރީ، ކ. މާފުށީގަ އެވެ.

ރާއްޖޭން އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތެއް ހޯސްޓްކުރީ ދެހާހުގެ ކުރީކޮޅުގަ އެވެ. އެންމެ ފުރަތަމަ، ރާއްޖޭގައި އިންޓަނޭޝަނަލް ބޮޑީބިލްޑިން މުބާރާތް ބޭއްވީ 2001 ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބަނޑޮހުގަ އެވެ. އެހެންކަމުން، މި އަހަރަކީ، ރާއްޖޭގައި މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބޮޑީބިލްޑިން މުބާރާތެއް ހޯސްޓްކުރާ ތިން ވަނަ ފަހަރެވެ.

ރާއްޖޭގައި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބޭއްވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox