އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް މޯލްޑިވިއަނުން ކަނޑައަޅައިފި

މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ފްލައިޓުތަކެއް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ފްލައިޓުތަކެއް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގައުމީ އެއާލައިން, މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅައި، އިއުލާންކޮށްފި އެވެ.

އެ އެއާލައިނުން ބުނީ، އެތެރޭގެ އުދުހުންތަކަށް މާޗު 17، އިން ފެށިގެން ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އަގުހެޔޮކޮށް ޓިކެޓު ލިބޭނީ ވަކި ފްލައިޓުތަކަކުން ކަމަށެވެ.

ހާއްސަ އަގުތަކެއް ކަނޑައެޅި މަންޒިލްތައް:

  • މާލެ - ސ.ގަން = 1،222ރ. (23:30 ގެ ފްލައިޓު)
  • މާލެ - ސ.ގަން = 1،222ރ. (16:45 ގެ ފްލައިޓު)
  • ސ.ގަން - މާލެ = 1،222ރ. (04:50 ގެ ފެލައިޓު)
  • ސ.ގަން - މާލެ = 1،222ރ. (19:00 ގެ ފްލައިޓު)
  • މާލެ - ފުވައްމުލައް = 1،155ރ. (15:05 ގެ ފްލައިޓު)
  • މާލެ - ފުވައްމުލައް = 1،155ރ. (23:25 ގެ ފްލައިޓު)
  • ފުވައްމުލައް - މާލެ = 1،155ރ. (16:55 ގެ ފްލައިޓު)
  • ފުވައްމުލައް - މާލެ = 1،155ރ. (05:15 ގެ ފްލައިޓު)
  • މާލެ - މާވަރުލު = 1،133ރ. (13:55 ގެ ފްލައިޓު)
  • މާވަރުލު - މާލެ = 1،133ރ. (15:40 ގެ ފްލައިޓު)
  • މާލެ - ފަރެސްމާތޮޑާ = 1،133ރ. (08:10 ގެ ފްލައިޓު)
  • ފަރެސްމާތޮޑާ - މާލެ = 1،133ރ. (10:10 ގެ ފްލައިޓު)
  • މާލެ - ހޯރަފުށި = 1،133ރ. (08:05 ގެ ފްލައިޓު)
  • ހޯރަފުށި - މާލެ = 1،133ރ. (09:55 ގެ ފްލައިޓު)
  • މާލެ - ކާޑެއްދޫ = 1،133ރ. (17:35 ގެ ފްލައިޓު)
  • މާލެ - ކާޑެއްދޫ = 1،133ރ. (07:45 ގެ ފްލައިޓު)
  • ކާޑެއްދޫ - މާލެ = 1،133ރ. (19:45 ގެ ފްލައިޓު)
  • ކާޑެއްދޫ - މާލެ = 1،133ރ. (09:25 ގެ ފްލައިޓު)
  • މާލެ - ކޫއްޑޫ = 1،111ރ. (17:35 ގެ ފްލައިޓު)
  • މާލެ - ކޫއްޑޫ = 1،111ރ. (23:45 ގެ ފްލައިޓު)
  • ކޫއްޑޫ - މާލެ = 1،111ރ. (19:45 ގެ ފްލައިޓު)
  • މާލެ - ކުޅުދުއްފުށި = 1،111ރ. (18:55 ގެ ފްލައިޓު)
  • ކުޅުދުއްފުށި - މާލެ = 1،111ރ. (20:30 ގެ ފްލައިޓު)
  • މާލެ - ހަނިމާދޫ = 1،111ރ. (01:20 ގެ ފްލައިޓު)
  • މާލެ - ހަނިމާދޫ = 1،111ރ. (07:05 ގެ ފްލައިޓު)
  • ހަނިމާދޫ - މާލެ = 1،111ރ. (05:15 ގެ ފްލައިޓު)
  • ހަނިމާދޫ - މާލެ = 1،111ރ. (08:30 ގެ ފްލައިޓު)
  • މާލެ - ތިމަރަފުށި = 1،111ރ. (14:20 ގެ ފްލައިޓު)
  • ތިމަރަފުށި - މާލެ = 1،111ރ. (15:45 ގެ ފްލައިޓު)
  • ކައްދޫ - މާލެ = 1،055ރ. (06:20 ގެ ފްލައިޓު)
  • ކައްދޫ - މާލެ = 1،055ރ. (15:55 ގެ ފްލައިޓު)
  • މާލެ - ކައްދޫ = 1،055ރ. (17:45 ގެ ފްލައިޓު)
  • މާލެ - ފުނަދޫ = 1،055ރ. (09:00 ގެ ފްލައިޓު)
  • ފުނަދޫ - މާލެ = 1،055ރ. (10:25 ގެ ފްލައިޓު)
  • މާލެ - މާފަރު = 999ރ. (05:10 ގެ ފްލައިޓު)
  • މާފަރު - މާލެ = 999ރ. (06:15 ގެ ފްލައިޓު)
  • މާލެ - އިފުރު = 999ރ. (18:20 ގެ ފްލައިޓު)
  • އިފުރު - މާލެ = 999ރ. (20:10 ގެ ފްލައިޓު)

މޯލްޑިވިއަންއިން ބުނީ ފެއާގެ އަގުގައި ޓިކެޓު އެ ކުންފުނީގެ ވެބްސައިޓުގެ އިތުރުން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނެގޭނެ ކަމަށެ އެވެ.

އޭގެއިތުރުން ފެއާ އަގުތަކުގައި މަޑިވަރުގެ އަދި ދަރަވަންދޫއަށް މިހާރުވެސް ދަތުރުކުރާކަން މޯލްޑިވިއަންއިން ވަނީ ފާހަގަކޮށްފަ އެވެ.

މޯލްޑިވިއަންއިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެސް މޯލްޑިވިއަން އިން އަންނަނީ ދަތުރުކުރަމުންނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox