ޕޮއިޒް ޕްރިމިއަމްއިން ގަންނަ ކޮންމެ ސެންޓު ފުޅިއަކަށް އަގުހުރި ހަދިޔާއެއް

ރައްދެބައި މަގުގައި ހުންނަ ޕޮއިޒް ޕްރިމިއަމްގެ ފިހާރަ -- ފޮޓޯ: އަދަދު

ރައްދެބައި މަގުގައި ހުންނަ ޕޮއިޒް ޕްރިމިއަމްގެ ފިހާރަ -- ފޮޓޯ: އަދަދު

ޕޮއިޒް ޕްރިމިއަމްގެ ރޯދަ ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ގަންނަ ކޮންމެ ސެންޓުފުޅިއަކާއެކު ހަދިޔާއެއް ދޭން ފަށައިފި އެވެ.

ޕޮއިޒް ޕްރިމިއަމްއިން ބުނީ ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗު 25، ގެ ނިޔަލަށް ކަމަށާއި، ގަންނަ ސެންޓުފުޅިއަށް ވުރެ އަގު ބޮޑު އެއްޗެއް ހަދިޔާއެއް ގޮތުގައި ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

މަޝްހޫރު އެކި ބްރޭންޑުތަކުގެ ސެންޓުތައް ޕޮއިޒް ޕްރިމިއަމްއިން ލިބެން ހުންނައިރު، ސެންޓުތަކަކީ ކޮލެޓީ ސެންޓުތަކެއް ކަމުގެ ޔަގީންކަން އެ ފިހާރައިންދެ އެވެ.

ޕޮއިޒް ޕްރިމިއަމްއިން ލިބެން ހުންނަ ޕާފިއުމް ބްރޭންޑުތަކުގެ ތެރޭގައި އެންމެންގެ މަގުބޫލުކަން ހޯދާފައިވާ އަފްނާން، އަދި ސްވިސް އަރަބިއަންގެ އިތުރުން އަކުއާޑީ ޕެރިސް، ވިކްޓޯރިއާ ސީކްރެޓު ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް ސެންޓް ނަން ހުސްކޮށް ލިބެންހުންނަކަން ފާހަގަކޮށްލެވެ އެވެ.

ޕޮއިޒް ޕްރިމިއަމްގެ ފިހާރަ ރައްދެބައި މަގުގައި ހުންނައިރު، އެތަނުން ގަންނަ ސެންޓުފުޅި ހުޅުމާލެ އާއި މާލޭގެ އެކި ހިސާބުތަކަށް ޑެލިވަރީ ކޮށްދެ އެވެ.

މީގެއިތުރުން ރަށްރަށާ ހިސާބަށް ސެންޓުފުޅިތައް ފޯރުކޮށްދިނުމަށް ބޯޓުތަކަށްވެސް ޕޮއިޒް ޕްރިމިއަމްއިން ޑެލިވަރީ ކޮށްދެމުން އަންނައިރު، އެ ފިހާރައިން އަންނަނީ ހޯލްސޭލްކޮށްވެސް ވިޔަފާރި ކުރަމުންނެ އެވެ.

ޕޮއިޒް ޕްރިމިއަމް ހުޅުވައިގެން ހިދުމަތް ދެމުން އަންނަތާ ހަތަރު ވަރަކަށް އަހަރުވެފައިވާއިރު، އެތަން ވެގެން ގޮސްފައި ވަނީ ރާއްޖޭގައި ޕްރިމިއަމް ކޮލިޓީގައި ސެންޓު ވިއްކަމުން އަންނަ މަގުބޫލު އެއްތަނަށެވެ.

ޕޮއިޒްއިން އަންނަނީ ސެންޓުގެ އިތުރުން ހެއާ ކެއާ އަދި ސްކިން ކެއާގެ ކޮލެޓީ ޕްރޮޑަކްޓްސްތައްވެސް ވިއްކަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox