ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު އަންގައިފި

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް: އޭނާ ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި ކަންކަން ރަނގަޅުކޮށްގެން ނޫނީ އިންތިހާބެއް ނުބޭއްވުމަށް ލަފާދެއްވައިފައި.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް: އޭނާ ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި ކަންކަން ރަނގަޅުކޮށްގެން ނޫނީ އިންތިހާބެއް ނުބޭއްވުމަށް ލަފާދެއްވައިފައި.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި މަހު 22 ވަނަ ދުވަހު ބާއްވަން އިއުލާނުކުރި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، މިއަދު އަންގައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިއްޔެ ގެޒެޓްކޮށްފައިވާ ގޮތުން، މި މަހު، 22 ވަނަ ދުވަހު އައްޑޫ އިކުއޭޓްރަލް ވިލެޖްގައި އެ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ހަަތަރު އަހަރަށް ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ކޮމިޓީގެ މަގާމުތަކަށް ވާދަކުރާ ފަރާތްތަކުން، މި މަހު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.

އާ އިންތިހާބެއް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން އިއުލާނުުކުރިއިރު، އެ ޖަމިއްޔާގެ ރައީސް، މޫސާ ނާޝިދު (މޫސަ) އަށް ތުހުމަތުވާ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ޝަކުވާތަކާއި، ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތަކެއް ވަނީ ރަސްމީ ސިފައެއްގައި ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް އަށް ހުށަހަޅައިފަ އެވެ.

މި ހުރިހާ ކަމެއް، ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ)، ސްޕޯޓްސް ކައުންސިލް އަދި އޮލިމްޕިކް ކޮމިޓީގެ ސަމާލުކަމަށް ވެސް އެކި ފަރާތްތަކުން އަންނަނީ ގެންނަމުންނެވެ.

ބެޑްމިންޓަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި އޮއްވައި، އިންތިހާބެއް ބާއްވަން ތައްޔާރުވަމުން އަންނާތީ، އެކަމާ ގުޅޭގޮތުން، "އަދަދު" އިން ސުވާލުކުރުމުން، ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ވިދާޅުވީ، އިންތިހާބު މިހާރު އޮތް ތާރީހުގައި ކުރިއަށް ނުގެންދަން ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގާފައިވާނެ ކަމަށެވެ.

"ހަގީގަތުގައި ވަރަށް ގިނަ ޝަކުވާތަކެއް އެބަހުރި އެ އެސޯސިއޭޝަނާ ގުޅޭގޮތުން، އަމިއްލަ ފަރާތްތަކުން ވެސް، ކުޅުންތެރިންގެ ފަރާތުން ވެސް، ދެން، އަސާސީ ގަވާއިދުގައި އެ ހުރި ކަންތައްތައް ރަނގަޅުނުކޮށް، އިންތިހާބަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ތޮލާލް ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑު އެދިފައިވަނީ، އަޅުގަނޑުމެން، ސްޕޯޓްސް މިނިސްޓަރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް ކައުންސިލުން މިކަމާ މަޝްވަރާ ކޮށްފައި، ދެން، ބެޑްމިންޓަން އެސޯސިއޭޝަނާ ވެސް މަޝްވަރާ ކުރުމަށް ފަހު، ކަންކަން ރަނގަޅުކޮށްގެން ކުރިއަށްދާން،"

ތޮލާލް ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަކީ އަތޮޅުތަކުގައި މަސައްކަތްކުރާ ފޯކަލް ޕޮއިންޓްތަކެއްގެ ގޮތުގައި ފެންނަން އެބައޮތް ކަމަށެވެ. އެ ކޮމިޓީތަކަކީ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ރަސްމީކޮށް ރަޖިސްޓްރީ ނުކޮށް ހިނގާ ކޮމިޓީތަކަކަށް ވެފައި އެ ފަދަ ކޮމިޓީތަކަށް އިންތިހާބެއްގައި ވޯޓުލުމުގެ .ހައްގު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވެން ނެތް ކަމަށް ތޮލާލް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ގަވާއިދު އޮންނަ ގޮތުން، އެސޯސިއޭޝަނުގައި ރަޖިސްޓްރީކުރާ ބީޑީސީތަކުން އިންތިހާބަށް ވޯޓުލާއިރު، ކޮންމެ 10 މެމްބަރަކަށް 15 ވޯޓު ލެވެ އެވެ. ބީޑީސީތަކަށް މެމްބަރުން ނެގުމުގައި ވަކި އަދަދެއް ބަޔާންކުރާ ވަކި އުސޫލެއް ނެތެވެ. ބީޑީސީ އަކީ ފުރިހަމަ މެމްބަރެއް ކަމަށްވާތީ، ވަކި ފީއެއް ދައްކަން ވެސް ލާޒިމެއް ނުކުރެ އެވެ. އެކަމަކު، 18000 ރުފިޔާ އަހަރަކު ދައްކަން ޖެހޭ، ބެޑްމިންޓަން ކްލަބްތަކަށް އެންމެ ގިނަ ވެގެން ވެސް ހިމެނެނީ، 15 މެމްބަރުންނެވެ. އެ އަށް ވުރެ އިތުރެއް ނުކުރެވެ އެވެ. އެހެންކަމުން، ފެންނަން އޮތް ހަގީގަތަކީ، ބީޑީސީތަކަކީ، އެސޯސިއޭޝަންގެ އިންތިހާބަށް ނުފޫޒު ފޯރުވައި، މަގާމު ދިފާއުކުރަން އެސޯސިއޭޝަން ރައީސަށް ކޮށިފައި އޮންނަ މަގެއް ކަމެވެ.

ތޮލާލް ފާހަގަކުރެއްވި ގޮތުގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ކަންކަމަކީ، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ގަވާއިދާ ގުޅޭ ގޮތަށް އެކުލަވާލައިފައިވާ އަސާސީ ގަވާއިދެއް ކަމަށް އެސޯސިއޭޝަނުން ބުނާ ކަމަށެވެ.

އެހެން ނަމަވެސް، ބެޑްމިންޓަނާ ގުޅޭ އެކިއެކި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން (ބެޑްމިންޓަން ކައުންސިލް އޮފް އޭޝިއާ/ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން) ހޯދުނު މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ގަވާއިދުގައި ކަންކަން އޮތީ އެހެން ނޫންކަން ސާފުވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ ހަތަރު އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން އެ ޖަމިއްޔާގެ އޮޑިޓް ރިޕޯޓް، ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިިދުގައިވާ ގޮތަށް ފޮނުވާފައިނުވާ ކަމަށް ވެސް ތޮލާލް ވިދާޅުވެފައިވެ އެެވެ.

"މިއީ ރަނގަޅަށް ކުރަން ޖެހޭ ކަންކަން ކަމަށްވާތީ، މި ހުރިހާ ކަމެއް ބަލާފައި، އިންތިހާބަކަށް ދިއުން އެންމެ ރަނގަޅު ގޮތަކީ،" ތޮލާލް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިހާބަކަށް ދިިއުމުގެ ކުރިން އެންމެ ފުރަތަމަ އަސާސީ ގަވާއިދުގައި ހުރި މި ފަދަ ކަންކަމާއި ހިންގުމުގައި ފުރިހަމަވާން ޖެހޭ ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށް ތޮލާލް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox