މި ދުވަސްވަރު އިންތިހާއަށް ހޫނުގަދަކަން އިހުސާސް ކުރެވެ އެވެ. އެހެންވެ، އެއާ ކަންޑިޝަން ގަންނަން ބޭނުންވާ ފަރާތްތަކަށް ތައާރަފުކޮށް މިދެނީ ސިންގަރ ސްމާޓު އޭސީ އެވެ.
ދުނިޔޭގެ އެންމެ ނަން މަޝްހޫރު އަދި ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުވި ސިންގަރ މަރުކާގެ ފަހާ ފޮށި އުފެއްދުން ވިޔަފާރި ފެށި މި ކުންފުނީގެ ޕްރޮޑަކްޓު ލައިން މިހާރު ވަނީ ފުޅާކޮށްފަ އެވެ. އޭގެ ތެރެއިން ސިންގަރ ސްމާޓު އޭސީއަކީ ފެންވަރު ރަނގަޅު، އަގުހެޔޮ އަދި އަޑުވެސް މަޑު އޭސީއެކެވެ.
ގިނަ އޭސީތަކުން ފިނިކަން ފަތުރަމުން ދާނީ ދެ ފަރާތަކަށެވެ. ނަމަވެސް ސިންގަރ ސްމާޓު އޭސީ ތަފާތެވެ. މި އޭސީގައި ފޯވޭ އެއާފްލޯ ހުރެ އެވެ. އަދި އޭސީ ފޯނުން ކޮންޓްރޯލު ކުރެވުމުގެ އިތުރުން އަނެއް ފަސޭހައަކީ އޭސީ އަމިއްލަ ޒާތުގައި ސާފުކުރަމުން ދިޔުމެވެ. އޭރުން ބޭނުން ކުރަން ފަސޭހަވެ، މައްސަލަ ޖެހުން ދުރުކޮށްދެ އެވެ.
އޭސީގެ އިތުރުން ސިންގަރ އިން މިހާރު އަލަށް ގެނައި ސްޓޮކާއެކު ގޫގުލް ޓީވީއެސްގެ 43، 55 އަދި 65 އިންޗީގެ ޓީވީ މިހާރު ލިބެން އެބަ ހުއްޓެވެ.
ގެއާއި ބަދިގެ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ފަރުނީޗަރުވެސް ސިންގަރ ލިބެން އެބަ ހުއްޓެވެ. މެލޭޝިއާއިން ގެނެސްފައިވާ ބެޑްރޫމް އަދި ޑައިނިން ސޫޓްސް ލިބެން ހުރީ އަތްފޯރާ ފަށުގަ އެވެ.
ސިންގަރ އެންމެ ތަފާތުވަނީ އެ ތަނުން ވިއްކާ ސޯފާތަކެވެ. އެތަނުން ސޯފާތައް ވިއްކަނީ ކަސްޓަމަރުން ބޭނުން ގޮތަކަށް ފަރުމާކޮށް، ބޭނުންވާ ކުލައެއްގަ އެވެ.
ސިންގަރގެ ދެ ފިހާރައެއް މާލޭގައި މިވަގުތު ހުރިއިރު، އެއް ފިހާރަ ހުންނަނީ ހަނދުވަރީ ހިނގުމުގައި ހުންނަ އެލިއާ ރެޒިޑެންސްގަ އެވެ. އަނެއް ފިހާރަ ހުންނަނީ ޗާންދަނީ މަގުގައި ހުންނަ ނެޝަނަލް މިއުޒިއަމް ކުރިމަތީގަ އެވެ.










