މައިންބަފައިންނަކީ ދިވެހިންނަށް ވެފަައި، ދިވެހި އައިޑީކާޑެއް އޮތަސް އަދި ދިވެއްސަކަށް ނުވާނެ: އަބްދުﷲ

މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު : ދިވެހި މައިންބަފައިން ތިބެ އައިޑީކާޑެއް އޮތަސް ދިވެއްސަކަށް ނުވާނެ - ފޮޓޯ: މޯލްޑިވްސް ގޭސް

މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު : ދިވެހި މައިންބަފައިން ތިބެ އައިޑީކާޑެއް އޮތަސް ދިވެއްސަކަށް ނުވާނެ - ފޮޓޯ: މޯލްޑިވްސް ގޭސް

ދިވެހިމަޔަކާ ބަފައަކަށް އުފަންވެ، ދިވެހި އައިޑީކާޑެއް އޮތަކަސް އަދި ދިވެއްސަކަށް ނުވާނެ ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުގެ އިސްވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން މިއަދު ޅ. ކުރެންދޫގައި ހުންނަވާ ވާހަކަދައްކަމުންނެވެ.

އެގޮތުން މީހެއްގެ ނަމާއި ޕާސްޕޯޓު ނުވަތަ އައިޑީކާޑުގަ އެއީ ދިވެހި ރައްޔިތެއްކަން ބުނުމަކުން އެއީ ދިވެހި ރައްޔިތަކަށް ނުވާނެ ކަމަށާއި މީހަކީ މަސްވެރިޔެކޭ ބުންޏަސް މަސްވެރިކަމުގެ އުސޫލުތަކާއި ވައްޓަފާޅި ނޭގެންޏާ އޭނާ މަސްވެރިޔަކަށް ނުވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

Advertisement

"ހަމައެހެންމެ، ދިވެހި ރާއްޖެއަށް މީހަކު އުފަންވުމުން ދިވެހި މަންމައަކަށް މަންމަ ކިޔާ، ދިވެހި ފިރިހެނަކަށް ބައްޕަ ކިޔުމަކުން އަދި ދިވެއްސަކަށް ނުވާނެ، ދިވެއްސަކަށް ވާނީ ދިވެހިންގެ ތާރީހާއި، ސަގާފަތާއި، އާދަކާދަޔަށް އިހުތިރާމުކޮށް އެ އަސާސްތަ ނަގަހައްޓަން ކެރޭ ދަރިޔަކަށް [ވެގެން]" އޭނާ ވިދާޅުވި އެވެ.

އަދި، ރާއްޖޭގެ ޒައާމަތުން މިއަދު ފެންނަނީ އެފަދަ ދަރިއެއް ކަމަށާއި ސަރުކާރުގެ އިސްވެރިން ތިބީ ރައީސް މުއިއްޒުގެ ޒައާމަތުގައި ދިވެހިންނަށް ލިބޭނެ ކުރިއެރުން ގެނައުމުގައި ކަމަށްވެސް އަބްދުﷲ ވިދާޅުވި އެވެ.

މި ވެރިކަމުގައި ފެންނަމުން ދަނީ ދިވެހިންނަށް ދިވެހީންގެ ރާއްޖެ ހޯދުމަށް ވަރަށް ބޮޑެތި ގުރުބާނީތަކެއް ވަމުންދާ މަންޒަރު ކަމަށާއި ދުނިޔޭގެ ނުފޫޒުތަކުގެ ކުރިމަތީ، ރައީސް މުއިއްޒު ދަނީ ދިވެހިންގެ ކަރާމާތް ހިފަހައްޓަމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދިވެހި ގައުމިއްޔަތު ފާހަގަކުރުމާއި ގައުމިއްޔަތަށް އެކި ގޮތްގޮތުން ހިތް ޖެއްސުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox