މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މަގާމުން ވަކިކޮށްފި

މީގެ ކުރިން ޕީޕީއެމްއުން މާލޭގައި ކުރި މުޒަހަރާއެއްގައި ރުކުމާ މުހައްމަދު އަބްދުލްކަރީމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު

މީގެ ކުރިން ޕީޕީއެމްއުން މާލޭގައި ކުރި މުޒަހަރާއެއްގައި ރުކުމާ މުހައްމަދު އަބްދުލްކަރީމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު

މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، ރުކުމާ މުހައްމަދު އަބްދުލްކަރީމް އެ މަގާމުން ވަކިކޮށްފި އެވެ.

އޭނާ އެ މަގާމުން ވަކިކޮށްފައިވާކަން މުއުތަބަރު ފަރާތަކުން އަދަދު އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް، އޭނާގެ ބަހެއް މިކަމާ ބެހޭ ގޮތުން އަދި ނުލިބެ އެވެ.

މުހައްމަދު އަބްދުލްކަރީމް މީގެ ކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ހުންނަވަނިކޮށް މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް އޭނާ ބަދަލުކުރީ ޖުލައި 1، 2025 ގަ އެވެ.

މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމުން މުހައްމަދު އަބްދުލްކަރީމް ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ. މީގެ ކުރިން އޭނާ ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނަވަނިކޮށް، މޯލްޑިވްސް ގޭސްއަށް ބަދަލުކުރި ސަބަބު ވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމުން މުހައްމަދު އަބްދުލްކަރީމް ވަކިކުރިއިރު، ސަރުކާރުގެ ގޭސް ކުންފުންޏަށް އެސްޓީއޯއިން އެތެރެކުރާ ގޭސް ހުސްވެ، މި ވަގުތު ގޭސް ގަންނަމުން ދަނީ ވިލާ ކުންފުނިންނެވެ. އެންމެ އަވަހަށް ވެސް މޯލްޑިވްސް ގޭސްއަށް ގޭސް ޝިޕްމެންޓެއް ލިބޭނެ ކަމަށް ބެލެވެނީ ފެބްރުއަރީ 15، ގައި ކަމަށް މައުލޫމާތު އެނގޭ މީހުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox