20.2 މިލިއަން ވިއުސް: ރިލްވާން އާއި ގޯލްޑަން ފުޓްސަލްގެ ވިސްނުން އަދިވެސް ކުރިއަށް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރައީސް ރިލްވާން.--- ފޮޓޯ: އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރައީސް ރިލްވާން.--- ފޮޓޯ: އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 އަށް ފޭސްބުކް އާއި ޔޫޓިއުބް މެދުވެރިކޮށް، 20.2 މިލިއަން ވިއުސް ލިިބިގެންދިޔައިރު، މި އަށް ވުރެ ވެސް ރަނގަޅަށް މުބާރާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވެއްޖެ އެވެ.

މިއީ، 2015 ވަނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވަން ފެށި ގޯލްޑަން ފުޓްސަލް ޗެލެންޖަށް އަނެއްކާ ވެސް ތާރީހީ އެތައް ކަމެއް ހާސިލްވި ފަހަރެކެވެ. އެ ގޮތުން، މުބާރާތް ބެލި މީހުންގެ ނިސްބަތް ވެސް އެތައް ގުނައަކުން ވަނީ ކުރިއަރައިފަ އެވެ.

"މި މުބާރާތުގެ ޖުމްލަ ވިއުސްގެ އަދަދު 20.2 މިލިއަން ވިއުސްއަށް އެރުން އެއީ ރާއްޖޭގެ އެންމެހާ ރައްޔިތުން މި މުބާރާތް ބަލަމުންދާ ކަމުގެ ހެތްކެތް. އަންނަ އަހަރު ވެސް މި އަށްވުރެ ކާމިޔާބު މުބާރާތެއް ބޭއްވޭތޯ އަޅުގަނޑުމެންގެ ޓީމުން މަސައްކަތް ކުރާނެ ކަމުގައި ދަންނަވަން،" ރިލްވާން ވިދާޅުވި އެވެ.

މި މުބާރާތް 2019 ގައި ބޭއްވިއިރު، ވިއުސް އުޅެނީ 3.2 މިލިއަންގަ އެވެ. އޭގެ ފަހުން، 2022 ގައި ވިއުސްގެ އަދަދު 6.8 މިލިއަން އަށް އެރި އެވެ. އަދި މިދިޔަ އަހަރު ވިއުސް އުޅުނީ 12 މިލިއަންގަ އެވެ.

ރިލްވާން ވިދާޅުވީ އަހަރަކަށް ވުރެ އަހަރެއް މުބާރާތް ކުރިއަރައިގެންދާ ކަމަށެވެ. އެ ގޮތުން، މި ފަަހަރުގެ މުބާރާތުގައި މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން 129 ޓީމު ކުޅެފައިވާއިރު، މިއީ ވެސް ތާރީހީ ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.

"މި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މި ފަހަރު މި ބަލަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށް ފުރަތަމަ ފަހަރަށް ހުރިހާ އަތޮޅަކުން ޓީމުތައް ބައިވެރިވެގެން މި މުބާރާތް މި ބޭއްވުނީ 129 ޓީމާ އެކީގައި، ޕްލޭން ކުރި ގޮތަށް ހަމަ މި މުބާރާތް ނިމިގެންދިޔައީމަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކެނީ،" ރިލްވާން ވިދާޅުވި އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކަންކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެ ވުޒާރާގެ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) ބެހެއްޓެވި ގާތްކަން ގޯލްޑަން ފުޓްސަލް ޗެލެންޖް އިން ފާހަގަކޮށްފައިވެ އެވެ.

"އެ ގޮތުން ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެންގެ ހަރަކާތުގައި ސީދާ މިނިސްޓަރު (ރާފިއު) ބައިވެރިވުން، މީގެ އިތުރުން މި އަަހަރު ފައިނަލުގައި ނައިބު ރައީސް (ހުސެއިން މުހައްމަދު ލަތީފް) ބައިވެރިވުމަކީ ވެސް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ހަމަ ކާމިޔާބީގައި މި ހުރިހާ ބައެއް ވެސް ހަމަ ހިމަނައިގެން، އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި އަހަރުތަކުގައި މި އަށް ވުރެ ކާމިޔާބު މުބާރާތްތަކެއް ބޭއްވޭނެ ކަމަށް މި ބަލަނީ،" ރިލްވާން ވިދާޅުވި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ރަނގަޅަށް ކުރިއަށްދާ ކަމުގެ ސަބަބުން ލިބޭ އިބުރަތަކީ ކަންކަން ރަނގަޅު ވަންދެން އެއްވެސް ކަމެއް ނުކޮށް މަޑުކޮށްގެން ތިބުމަކީ ހައްލެއް ނޫން ކަމެވެ. އެ ގޮތުން، ރިލްވާން ހިއްސާކުރެއްވި ގޮތުގައި، ފުޓްސަލް އިންޑޯއެއް އަންނަންދެން މަޑުކޮށްގެން ނުތިބެ ކުރެވުނު މަސައްކަތުން ރާއްޖޭގައި ފުޓްސަލް ކުރިއަރުވަން ގޯލްޑަން ފުޓްސަލް އަށް ވެސް މުހިންމު ދައުރެއް އަދާކުރެވިއްޖެ އެވެ.

"މި މުބާރާތް 2015 އިން ފެށިގެން އައިއިރު، މިހާ ހިސާބަށް ވަރަށް ގިނަ ކުރިއެރުންތަކެއް ހަގީގަތުގައި މުބާރާތަށް ލިބިގެންދިޔައިރު، ފާހަގަކުރަންޖެހޭ ކުޅުންތެރިންގެ ޑިސިޕްލިން އާއި ކުޅުންތެރިންގެ ހުނަރާއި މި ހުރިހާ ކަމެއް ވެސް ވަރަށް ބޮޑަށް ޑިވެލޮޕްވެއްޖެ،" ރިލްވާން ވިދާޅުވި އެވެ. "ހަމަ އިންޑޯއެއް ނެތް ކަމުގައި ވިޔަސް، ރެފްރީން ޑިވެލޮޕްކުރުމާއި ކޯޗުން ޑިވެލޮޕްކޮށްގެން އަދި މި އަށް ވުރެ ރަނގަޅު ހިސާބަކަށް ފުޓްސަލް ގެނެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އިންޑޯއެއް ނެތިގެންނޭ ކިޔާފައި އަޅުގަނޑުމެން އެކަން ނުކޮށް ހުއްޓާލަންވީ ރީޒަން އެއް ނެތް،"

ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ފުރަތަމަ 2015 ވަނަ އަހަރު ބޭއްވިއިރާއި މިހާރުގެ ހާލަތު ތަފާތެވެ. މިހާރު މި މުބާރާތުގެ ފެންވަރު އެތައް ގުނައެއް މައްޗަށް ގޮސްފައިވާއިރު، ރަށްރަށުން ދެކޭގޮތުގައި މިއީ، މިހާރު މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ވާދަވެރި ރޫހެއްގައި ކުޅިވަރެއް ކުޅެލަން ފަހިވެފައި އޮންނަ ހަމައެކަނި ފުރުސަތެވެ. އެހެންވެ، ރަށްރަށުގެ ކައުންސިލްތަކުންނާއި ރަށްރަށުގެ ރައްޔިތުންގެ ނަޒަރުގައި މި މުބާރާތުގެ އަގު ވަނީ ވަރަށް ބޮޑުތަނުން އުފުލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox