ޖޫނިއާ ބެޑްމިންޓަން މުބާރާތުގައި ބޫޓާނުން ވެސް ރާއްޖެ ބަލިކޮށްފި

Mar 6, 2024, 5:43 AM
ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިންނާއި މިނިސްޓަރު ރާފިއު ބައްދަލުކުރަން ބޭއްވުނު އިވެންޓްގެ ތެރެއިން.--

ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިންނާއި މިނިސްޓަރު ރާފިއު ބައްދަލުކުރަން ބޭއްވުނު އިވެންޓްގެ ތެރެއިން.--

ޕާކިސްތާންގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން އޭޝިއާގެ ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕްގައި (ޖޫނިއާ މުބާރާތް) ރާއްޖޭގެ ކުޅުންތެރިން ބުޓާނާ ވާދަކޮށް ވެސް ބަލިވެއްޖެ އެވެ.

މި މުބާރާތުގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭހެން ރާއްޖޭން ޖުމްލަ އަށް ކުޅުންތެރިއަކު ވާދަކުރެ އެވެ.

ރާއްޖޭން މީގެ ކުރިން ބެޑްމިންޓަނުގައި ވާދަކުރި މުބާރާތްތަކުގައި އެކި ލެވަލްތަކަށް ބެލިޔަސް ވަނީ ބޫޓާނަށް ވުރެ ކުރިހޯދައިފަ އެވެ. އެކަމަކު، މި ފަހަރުގެ ޖޫނިއާ މުބާރާތުން ބޫޓާން އަތުން ބަލިވުމަކީ، ރާއްޖޭގެ ބެޑްމިންޓަންގެ މުސްތަގުބަލަށް މިހާރަށް ވުރެ އެތައް ގުނައެއް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމުގެ ހެއްކެކެވެ.

ބޫޓާން އަތުން ރާއްޖެ ބަލިވެފައިވަނީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އަދި 17 އަހަރުން ދަށުގެ މިކްސް ޑަބަލްސްގަ އެވެ.

އެ ގޮތުން، 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިން ރާއްޖޭގެ، މީފާ ބިންތި މޫސާ އަތުން ބޫޓާންގެ ޑޯލްކާރު ޔަންޗެން މޮޅުވެފައިވަނީ، 21-05، 21-02 އިންނެވެ. ފަނަރަ އަހަރުން ދަށުގެ މިކްސް ޑަބަލްސްގައި ރާއްޖޭގެ އިޔާން އަހުމަދު މަމްދޫހު އާއި ޔަލްވީ ހުސެއިން ޒުހުރީގެ ޕެއާ ވަނީ، ބޫޓާންގެ ޔަންޗެން އާއި ޝެޓަން ސޯނަމް ޕޫޝްޓޯގެ ޕެއާ އަތުން، 22-20، 21-15 އިން ބަލިވެފަ އެވެ. އަދި 17 އަހަރުން ދަށުގެ މިކްސް ޑަބަލްސްގައި ބޫޓާންގެ ކްރިތީ ގުރުންގް އާއި ންގަވަން ރިގްސެލް ޖުރްމޭގެ ޕެއާ ވަނީ، 21-06، 21-03 އިން ރާއްޖޭގެ، އިޒްޔާން އަބްދުﷲ ސައީދު އާއި އައިމިނަތު ފަރްހާގެ ޕެއާ ބަލިކޮށްފަ އެވެ.

އެހެން މެޗުތަކަށް ބަލާއިރު، 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ބައިން، ރާއްޖޭގެ އިޔާން އަތުން ނޭޕާލްގެ ރިޖާން މަގަރު ވަނީ 21-08، 21-04 އިން މޮޅުވެފަ އެވެ. އަދި ޕާކިސްތާނުގެ މުހައްމަދު ރީހާން ވަނީ ރާއްޖޭގެ މުހައްމަދު މައީޝް އަތުން 21-07، 21-03 އިން މޮޅުވެފަ އެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސްގައި ރާއްޖޭގެ، ޔަލްވީ ވަނީ ސްރީ ލަންކާގެ ބެނޫރީ ޖަނަންގާ އަތުން 21-04، 21-14 އިން ބަލިވެފަ އެވެ.

ފަނަރަ އަހަރުން ދަށުގެ މިކްސް ޑަބަލްސްގައި ރާއްޖޭގެ މައީޝް އާއި މީފާގެ ޕެއާ ބަލިވީ ނޭޕާލްގެ ރިޖާން މަގަރް އާއި ރިހާނާ ޝޭރްޝާންގެ ޕެއާ އަތުންނެވެ. އެއީ، 21-05، 21-02 އިންނެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި ރާއްޖޭގެ، މުހައްމަދު ރައްޔާން ވަނީ ނޭޕާލްގެ ކިރަން ކޭސީ އަތުން 21-06، 21-02 އިން ބަލިވެފަ އެވެ. އަދި ރާއްޖޭގެ އިޒްޔާން ނޭޕާލްގެ ސުބީން ޝްރެސްތާ އަތުން ބަލިވީ 21-05، 21-08 އިންނެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް އަށް ބަލާއިރު، ނޭޕާލްގެ ސަމްރިދީ ޝްރެސްތާ ވަނީ، 21-09، 21-05 އިން ރާއްޖޭގެ އައިމިނަތު އައިނީ އަޝްރަފް އަތުން މޮޅުވެފަ އެވެ. އަދި ރާއްޖޭގެ، ފަރްހާ ވަނީ ސްރީ ލަންކާގެ ނެތުމީ ރަތުނަޔަކޭ އަތުން، 21-02، 21-03 އިން ބަލިވެފަ އެވެ.

ސަތާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ބައިގައި ރާއްޖޭގެ ހައްޔާން އާއި އައިނީގެ ޕެއާ ވަނީ ޕާކިސްތާންގެ މުހައްމަދު އުމޭރު އާއި ރޯޝަނީ އިހްސާންގެ ޕެއާ އަތުން، 21-17، 21-15 އިން ބަލިވެފަ އެވެ. އަދި މި އުމުރުފުރާގެ އަންހެން ޑަބަލްސް އިވެންޓްގައި، ރާއްޖޭގެ އައިނީ އާއި ފަރްހާގެ ޕެއާ އަތުން ޕާކިސްތާންގެ ރޯޝަނީ އާއި ސަމްހާ ނަވީދުގެ ޕެއާ މޮޅުވީ 21-16، 21-09 އިންނެވެ.

ރާއްޖޭގެ ޖޫނިއާ ޓީމަށް މި މުބާރާތުގައި އަދި މެޗަކުން މޮޅެއް ނުލިބެ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް، ބާކީ ދެން، އޮތީ 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ މެޗަކާއި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް މެޗެއްގެ އިތުރުން 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ މެޗެކެވެ.

މި މުބާރާތުގެ ޓީމު އިވެންޓްގައި ރާއްޖޭގެ ނަތީޖާތަކަށް ބަލާއިރު، 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ބައިގައި، ރާއްޖޭން ހިމެނުނު ގްރޫޕްގައި ވާދަކޮށް ހުރިހާ މެޗަކުން ބަލިވީ 5-0 އިންނެވެ.

މި ފަހަރުގެ ޖޫނިއާ މުބާރާތަށް ކުދިން ސިލެކްޝަން ހެދުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކުދިން ނަގާފައިވަނީ ބެޑްމިންޓަން ކުޅެމުން އަންނަ ރަށްރަށުގެ ކައުންސިލަށް ސިޓީ ފޮނުވައިގެންނެވެ. ރަނގަޅު ފެންވަރެއްގައި، ބެޑްމިންޓަން އެކެޑަމީތަކުގެ މަސައްކަތް ކުރަމުން އަންނަ ރަށްރަށުގެ ކްލަބްތަކުގެ އެންމެ ބޮޑު ޝަކުވާ އަކީ، އެސޯސިއޭޝަނުގައި ގައުމީ ޓީމަށް ކުދިން ހޮވޭނެ ކްރައިޓީރިއާ އެއް (އުސޫލެއް) ހާމަކުރުމެއް ނެތި، ރާއްޖޭ ތަމްސީލް ކުރުމުގެ ފުރުސަތު ދޭން ކައުންސިލްތަކަށް ސިޓީ ފޮނުވައިގެން ގައުމީ ޓީމެއް ނެގުމެވެ.

ސަތުއު އޭޝިއާގެ މި ޖޫނިއާ މުބާރާތަށް ކުދިން ފުރުމުގެ ކުރިން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު ވަނީ ޓީމާ ބައްދަލުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox