ކެނދިކުޅުދޫ ކައުންސިލުން ރައީސް ކެމްޕޭން ކުރި ކަމަށް ބުނެ ނެރުނު ބަޔާން ބާތިލުކުރަން އެލްޖީއޭއިން އަންގައިފި

ރައީސް މުއިއްޒު އަދި އެލްޖީއޭގެ ސީއީއޯ ޒުލްފާ: ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާން ބާތިލުކުރުމަށް ކެނދިކުޅުދޫއަށް އެލްޖީއޭއިން އަންގާފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި އެލްޖީއޭގެ ސީއީއޯ ޒުލްފާ: ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާން ބާތިލުކުރުމަށް ކެނދިކުޅުދޫއަށް އެލްޖީއޭއިން އަންގާފައިވޭ -- ފޮޓޯ: ރައީސް އޮފީސް

އުތުރުގެ އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށް ލޯކަލް ގަވަމެންޓު އޮތޯރިޓޯ (އެލްޖީއޭ) އިން އަންގައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް މުއިއްޒު ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް ނެރުނު ނޫސްބަޔާން ބާތިލުކުރުމަށް އަންގައި އެލްޖީއޭއިން ސިޓީއެއް ފޮނުވިކަން ކެންދިކުޅުދޫ ކައުންސިލުން "އަދަދު" އަށް ކަށަވަރުކޮށްދިނެވެ.

އެލްޖީއޭގެ ސިޓީގައި ބުނީ ރައީސްގެ ދަތުރުފުޅުތަކާ ގުޅިގެން، އެފަދަ ބަޔާންތައް ނެރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ބަޔާން ބާތިލު ކުރުމަށް ވެސް އަންގާފައި ވެއެވެ.

ރައީސް މުއިއްޒުގެ ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް ކައުންސިލުގެ ބަޔާނުގައި ތުހުމަތުކުރި އެވެ.

"ރައީސްގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް އެންގުމުން ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ކެނދިކުޅުދޫ ކައުންސިލުން. ނަމަވެސް ހަފްލާގެ ވަކި ހިސާބަކުން ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެން ދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި، ރައީސް ނިސްބަތްވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅަކަށް،" ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.

މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުން ކުރުމަކީ ކަނޑައެޅިގެން ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެއް ކަމަށްވެސް ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.

މީގެއިތުރުން ކެނދިކުޅުދޫ ކައުންސިލުން ބުނީ ކައުންސިލުގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ މި ހަފްލާ އިންތިހާބަށް ކެމްޕޭން ކުރުމުގެ މަގްސަދުގައި އިންތިޒާމު ކުރެވުނު ހަފްލާއެއް ކަމަށް ބެލެވޭތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

"ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫ އަރާނެ،" ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.

އޭޕްރީލް 21, ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކައިރިވެފައި ވަނިކޮށް، ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ބައެއް ރަށްތަކަށް ރައީސް ފެއްޓެވި ދަތުރުފުޅަކީ، ކެމްޕޭނު ދަތުރެއް ކަމަށް މީގެ ކުރިން ވެސް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "އަދަދު"އަށް އޭރު ބުނީ މި ދަތުރުފުޅަކީ އެފަދަ ދަތުރެއް ނޫން ކަމަށާއި، އެއީ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅެއްކަމަށް ބުނެ ދެކެވުނު ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox