ފުޓްސަލްގައި ވެސް ވަރުގަދަ ރަށެއްގެ "މާކު ޖަހަން" އޭދަފުށިން ބޭނުންވޭ: ފާއްޓެ

ލަނޑު ޖެހުމަށް ފަހު އޭދަފުށީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ލަނޑު ޖެހުމަށް ފަހު އޭދަފުށީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބ. އޭދަފުއްޓަކީ ފުޓްސަލްގައި ވެސް ވަރުގަދަ ރަށެއްގެ "މާކު" ޖަހަން ކުޅުންތެރިން ބޭނުންވާ ކަމަށާއި, އެކަން ކުރުމަށްޓަކައި، މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކުރަން ކުޅުންތެރިން ތައްޔާރުވެގެން ހުރި ކަމަށް އޭދަފުށި ޓީމުގެ ތަރި، މުހައްމަދު ފާސިރު (ފާއްޓެ) ބުނެފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ތ. ތިމަރަފުށި ޕެނަލްޓީގައި ބަލިކޮށް އޭދަފުށިން ވަނީ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ ޓީމުން ވަނީ މީގެ ކުރިން 2019 ވަނަ އަހަރު ފައިނަލް ކުޅެފަ އެވެ. އެކަމަކު އެ ފަހަރު 5-3 ގެ ނަތީޖާއަކުން އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ތިމަރަފުށިންނެވެ.

"އަދަދު"އާ ވާހަކަ ދައްކަމުން ފާއްޓެ ބުނީ އޭދަފުށިން މީގެ ކުރިން 2019 ވަނަ އަހަރު ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު ކަމަށެވެ. އޭގެ ފަހުން މި އަހަރު އަނެއްކާވެސް ވަރުގަދަ ސްކޮޑެއް އެކުލަވާލައިގެން، އޭދަފުށިން މި މުބާރާތައް ނުކުތީ ބޮޑު ކާމިޔާބީ އެއް ހޯދަން ކަމަށެވެ. އެކަމަކު، އަތޮޅު ބުރުގައި މެޗުތައް ނުލިބުން އެއީ ލިބޭ ގެއްލުމެއް ކަމަށް ފާއްޓެ ވަނީ ފާހަގަކޮށްފަ އެވެ.

"ގަޑި ހުއްޓައިގެން މި ކުޅެނީ ސެމީގައި އަދި ކުރިން ގާފަރާ އެކު ރަނގަޅު ދެ މެޗު ކުޅެން ލިބިފައި މި އޮތީ. އޭގެ ފަހުން ޓަފު މެޗުތަކެއް ކުޅެ ސެމީ ފައިނަލަށް މި ނުކުންނާނީ. ގަބޫލުކުރަނީ އޭދަފުއްޓަށް އެޑުވާންޓޭޖް ތަކެއް ހުންނާނެ ކަމަށް" ފާއްޑެ ބުންޏެވެ.

ފާއްޓެ ބުނީ ޓީމުގައި މިހާރު ކަންބޮޑުވާން ޖެހޭ ބޮޑެތި މައްސަލަތައް ނެތް ކަމަށާއި, ސެމީގެ ކުރިން ވަރުގަދަ މެޗުތަކެއް ކުޅެން ލިބުން އެއީ އެޑުވާންޓޭޖެއް ކަމަށެވެ. އެ ގޮތުން، ޒޯން ބުރުގައި ގާފަރާ ދެކޮޅަށް ދެ މެޗު ކުޅެފައި، ގަދަ 16 ގައި މާފަންނާ ބައްދަލުކޮށް، އަދި ކުއާޓާގައި ތިމަރަފުށި އަތުން މޮޅުވެ، މިހާރު އޭދަފުށްޓަށް މުބާރާތުގައި ވަރުގަދަ މެޗެއް ނުލިބުމުގެ ކަންބޮޑުވުން ނެތް ކަމަށް ފާއްޓެ ފާހަގަކޮށްފައިވެ އެވެ.

"އަސްލު އޭދަފުށި މަޝްހޫރު ވެފައި މި އޮންނަނީ ފުޓުބޯޅައިގެ ރަށެއްގެ ގޮތުގައި. ދެން ފުޓްސަލްގައި އަޅުގަނޑުމެން ނަގަން ޖެހޭ މާކު ހަމަ ޔަގީނުންވެސް ނެގޭނީ މިކަހަލަ ބޮޑު ތައްޓެއް ހަމަ ޔަގީނުންވެސް އޭދަފުށި ނަގައިގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" ފާއްޓެ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އޭދަފުށިން ނުކުންނައިރު, އެ ޓީމުން ޒޯން ބުރުގައި ކ. ގާފަރާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިިވެފަ އެވެ. އެހެންވެ ސެމީ ފައިނަލަށް އޭދަފުށިން ގާފަރާ ދެކޮޅަށް ނުކުންނަނީ އެ ދެ މެޗުގެ ނަތީޖާގެ ބަދަލު ހިފުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox