ޝިޔާ ދެކޭ ގޮތުގައި ރަނގަޅަށް މަސައްކަތް ކޮށްގެން ވިލިމާލެ އަށް ތަށްޓާ ހިސާބަށް ދެވޭނެ

ވިިލިމާލެގެ ކެޕްޓަން ޝިޔާހު (ވ) ދުވާފަރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް. އެމްވީ

ވިިލިމާލެގެ ކެޕްޓަން ޝިޔާހު (ވ) ދުވާފަރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް. އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އިތުރަށް ކުރިއަށް ދިޔުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ހިތަދޫ ބަލިކުރުން ކަމަށް ވިލިމާލޭގެ ކެޕްޓަން އަލީ ޝިޔާޙް (ޝިޔާ) ބުނެފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ޓީމުގެ ބުރުގައި ވިލިމާލެއިން ވަނީ ޕެނަލްޓީގައި ރ. ދުވާފަރުގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރިހޯދައިފަ އެވެ.

އެ މެޗަށް ފަހު "އަދަދާ" ވާހަކަ ދައްކަމުން ވިލިމާލޭގެ ކެޕްޓަން ޝިޔާ ބުނީ އެ މެޗުގައި ވިލިމާލޭގެ އަޒުމަކަށްވީ ދުވާފަރުގެ ކެޕްޓަން ޝަންޓޭ ހިފެހެއްޓުން ކަމަށެވެ. އެކަން ވިލިމާލެ އިން ވަރަށް ރަނގަޅަށް ކުރި ކަމަށް ޝިޔާ ބުންޏެވެ.

ޝިޔާ ބުނީ ވިލިމާލެ ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ގިނަ ފުރުސަތުތަކެއް ލިބި ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ.

"ދެން ކުރިއަށް މިޖެހެނީ ހިތަދޫ. ޓީމެއްގެ ގޮތުގައި މި މުބާރާތުގައި އެންމެ ޓަފް ކޮށް ކުޅޭ އެއް ޓީމު އެއީ. އެ މެޗު ނެގުން އެއީ އަހަރުން ތައްޓާ ހިސާބަށް ކުރިއަށް ދާން ލިބޭ އުންމީދަކަށް ވާނީ" ޝިޔާ ބުންޏެވެ.

ޝިޔާ ބުނީ މިއީ ހުރިހާ ކުޅުންތެރިން އެކެއްޗެއް ކިޔައިގެން މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ވަރަށް މަސައްކަތް ކަމަށާއި, އެކަމަކު އެކަން ކުރަން ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް ޝިޔާ ފާހަގަކުރި އެވެ.

ވިލިމާލެ އިން ޒޯން ބުރުގައި ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ވަނީ ބަލިވެފަ އެވެ. އެކަމަކު އެ ޓީމުން ވަނީ ގަދަ 16 ގައި ޕެނަލްޓީގައި ދުވާފަރު ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި ކުއާޓާގައި ވިލިމާލެ ނުކުންނާނީ ހިތަދޫއާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ކުއާޓާ ފައިނަލް

20:00 ލ. ގަން - އއ. މަތިވެރި (ގްރައުންޑް 1)

20:00 ވިލިމާލެ - ސ. ހިތަދޫ (ގްރައުންޑް 2)

21:30 ކ. ގާފަރު - ދ. ކުޑަހުވަދޫ (ގްރައުންޑް 1)

21:30 ބ. އޭދަފުށި - ތ. ތިމަރަފުށި (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox