އިބްރާގެ ގާނޫނީ ނުކުތާ: ގުނާނީ މެންބަރުން، ގޮނޑިއެއް ނޫން!

ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލިސް އަދި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް 'އަދަދު' ނޫހަށް ދެއްވި އިންޓަވިއު: މަޖިލީހުގެ ޖުމުލަ މެންބަރުން ގުނުމުގެ ހަމައާ މެދު މަޖިލީހުގެ ވިސްނުން ކިޔައިދެއްވި

ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލިސް އަދި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް 'އަދަދު' ނޫހަށް ދެއްވި އިންޓަވިއު: މަޖިލީހުގެ ޖުމުލަ މެންބަރުން ގުނުމުގެ ހަމައާ މެދު މަޖިލީހުގެ ވިސްނުން ކިޔައިދެއްވި

މަޖިލީހުގެ ދައުރެއް ހަމަވާ ތާރީހާ ދެމެދު ހަ މަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބާއްވަ އެވެ. މި މުއްދަތުގައި ގޮނޑިތަކެއް ހުސްވިއަސް ޖުމުލަ އަދަދު ގުނަން ޖެހޭނީ ހުސް ގޮނޑިތައް ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ދުސްތޫރީ ބޮޑު ހަމައެއް ކަނޑައަޅައިފަ އެވެ.

މި ނިންމުމަށް ސުޕްރީމް ކޯޓުން ވާސިލްވީ، ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހާއި، ޑްރާފްޓިން ކޮމިޓީގެ ޖަލްސާތަކުގެ ޔައުމިއްޔާތަކަށް ވެސް ރިއާޔަތްކޮށްފަ އެވެ.

ފަސް ފަނޑިޔާރުން އިއްތިފާގުވި ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައި ހަވާލާ ދެއްވި އެއް ނޯޓަކީ، ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އަދި އޭރުގެ މާލެ މެންބަރު އިބްރާހިމް އިސްމާއީލް (އިބްރާ) ގެ ވާހަކަފުޅަކަށެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 200 ވަނަ ޖަލްސާގައި މާލެ މެންބަރު އިބްރާހިމް އިސްމާއީލްގެ ވާހަކަ 'އާންމު ގޮތެއްގައި އެއް ސިޔާސީ ޕާޓީއަކަށް ތިންބައިކުޅަ ދެބައިކުޅަ ދެބައިގެ އަގުލަބިއްޔަތެއް ލިބުމަކީ ނާދިރު ކަމެއް، އެހެންވީމަ ދެން ވާނެ ގޮތަކީ ފަނޑިޔާރަކު ވަކިކުރެވޭނީ ސިޔާސީ އެކި ސަފުތަކުގަ މީހުންގެ ރުހުން ވެސް ލިބިގެން،'

އިބްރާގެ ވާހަކަ ފަނޑިޔާރުން މާނަކުރެއްވީ، ހާއްސަ މަޖިލީހުގެ ވިސްނުމަކީ އުސޫލީ ބޮޑެތި މައްސަލަތަކުގެ ނިންމުންތަކަކީ މަދު މެންބަރުންތަކަކަށް ނިންމޭނެ ކަމެއް ގޮތުގައި ނުބޭއްވުމަށް "ހިމާޔަތުގެ ފަށަލަ" އެއް ގޮތަށް އަގުލަބިއްޔަތުގެ އަދަދުތައް ކަނޑައަޅާފައި ބޭއްވުމަށެވެ.

ގާނޫނު އަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާ "އަދަދު" ނޫހަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ ހާއްސަ މަޖިލީހުގެ ވިސްނުމަކަށް އޮތީ ހަމައެކަނި މަޖިލީހުގެ މަދު މެންބަރުންތަކެއް ބޮޑު ނިންމުމެއް ނިންމަން ފުރުސަތު ދީފައި ނެތުން އެކަނި ނޫން ކަމަށެވެ.

އެއަށްވުރެ ބޮޑަށް މަޖިލިސް ހުއްޓިފައި ނެތުމަށް މާ ބޮޑު އިސްކަމެއް ދެވި، އެ ކަމަށް ބަހުސްކޮށް ގޮތްތަކެއް ނިންމި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މުޅި މަޖިލީހުގެ އަގުލަބިއްޔަތުން ކަންކަން ފާސްކުރަން އޮތުމުން، މަޖިލީހުން އެއްވެސް ކަމެއް ފާސް ނުވަނީ. އެހެންވީމަ މަޖިލިސް ހުއްޓެނީ،" އެމްޑީޕީގެ ރައީސް ކަން ވެސް ކުރެއްވި އިބްރާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުރިމަތިވެފައިވަނީ މުޅީން އާ އަދި ހާއްސަ ހާލަތެކެވެ. މިއީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންނަށް ވެސް ތަސައްވުރު ކުރެވުނު ހާލަތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ ލިޔުނު އިރު ވެސް އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ތަސައްވުރު ކުރި ކަމެއް ނޫން ކުއްލިއަކަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަޒީރުކަން ލިބިވަޑައިގެން ގޮނޑި ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަކަށް. ލިޔަން ޖެހޭނެ ކަމަށް ވިސްނާ ވަރު ކަމެއް ވެސް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.

އިބްރާ ގަބޫލު ކުރައްވަނީ މަޖިލީހުން އެ އާ ހާލަތު ވަޒަންކޮށް ގެނައި ބަދަލަކީ ރަނގަޅު ބަދަލެކެވެ. އެއީ ގާނޫނު އަސާސީ ވެސް ތަސައްވުރު ކުރަނީ މެންބަރުންގެ އަގުލަބިއްޔަތަށެވެ. އެއީ ދާއިރާ ނޫނީ ގޮނޑީގެ އަގުލަބިއްޔަތު ހިމެނޭ ކަމެއް ނޫން ކަން، ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

"މީގައި ވިސްނަން ޖެހެނީ ހިސާބުން، ނިސްބަތް، އިންސައްތަ، ފްރެކްޝަން، މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތޭ ބުނާއިރު ޖުމުލަ އަދަދުގެ ޕަސެންޓޭޖު ނޫނީ ފްރެކްޝަން ޑިނޯމިނޭޓާ ބަލާނީ، ބަހަން އޮންނަ ޖުމުލަ އަދަދަކުންތާ،" އޭނާ ވިދާޅުވި އެވެ.

ޖުމުލަ މެންބަރުންގެ އަދަދަކީ، ހުސް ގޮނޑިތައް ވެސް ހިމެނިގެން އަންނަ އަދަދު ކަމަށް ބަލަންޏާ ދުސްތޫރީ ހުސް ކަމަކަށް ގައުމު ގޮސްދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތެވެ. އިބްރާގެ މުޅި ވާހަކައިގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ އެވެ.

ތިން ބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމުގެ ގިނަ އަސާސީ ސިފަ ހިމެނިގެން އެކުލަވާލާފައިވާ ގާނޫނު އަސާސީގައި މަޖިލީހުގެ ދައުރަކީ ގާނޫނުތައް ހެދުމުގެ އިތުރަށް، މުޅި ދައުލަތަށް ފާރަވެރިވުމެވެ. ހަ މަސް ދުވަހުގެ މުއްދަތަށް ވެސް އެ ކަން ހުއްޓިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ހާއްސަ ހާލަތެއް، ހާއްސަ ސުވާލެއް މި ހާލަތުގައި މި އަންނަނީ، ގާނޫނު އަސާސީ އޮތް ގޮތުން ނެތް އެ ތަނަށް ނެތް މެންބަރުން އިންތިހާބު ކުރެވެން ވެސް، މި ފަހަރު ހަތް މެންބަރުން. ދެން މާދަމާ މިސާލަކަށް 50 މެންބަރުން ދިޔައީއޯ، އެ މުއްދަތުގައި ފާރަވެރިވާ ނިޒާމު މި ނެތިގެން ދަނީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox