ގަން ޓީމުން އިއްސެ އަށް ފާހަގަވީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭ މައްސަލަ

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ފަހަރު ގަމާއި އިސްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ފަހަރު ގަމާއި އިސްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ލ. ގަން ޓީމުން އެންމެ ބޮޑަށް ފާހަގަވީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭ މައްސަލަ ކަމަށާއި, އެކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް ޝަރީފް (އިއްސެ) ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ގަމުން ވަނީ ގަދަ 16 ގައި ހދ. އަތޮޅު ޗެމްޕިއަން ނައިވާދޫ ޕެނަލްޓީގައި ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.

ނައިވާދޫ މެޗަށްފަހު އަދަދާ ވާހަކަ ދައްކަމުން އިއްސެ ބުނީ ގަން ޓީމުން އެންމެ ބޮޑަށް ފާހަގަވީ ގޯލު ނުޖެހޭ މައްސަލަ ކަމަށެވެ.

"ކޮންމެ މެޗެއްގައިވެސް ޗާންސް ލިބިފައި ނުނިންމެނީ. އެކަން އެންމެ ބޮޑަށް ފާހަގަވީ. ކުރިއަށް ހުރި މެޗުތަކަށް އެންމެ ބޮޑަށް ފޯކަސް ކުރާނީ އެކަން ރަނގަޅު ކުރަން" އިއްސެ ބުންޏެވެ.

އިއްސެ ބުނީ މެޗުތަކަށް އަންނައިރު, ހުރިހާ ޓީމަކުންވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި, އިދިކޮޅުން ކުޅޭ ބައެއް ޓީމުތަކުން ގަން ޓީމުން ޕްރިޑިކްޓް ނުކުރާ ބައެއް ކަންކަން ކުރާ ކަމަށާއި, އެހެންވެ މެޗުތައް ނަގަން އުނދަގޫ ކަމަށެވެ. އެކަމަކު ގަމުން ކޮންމެ މެޗަކަށްވެސް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށް އިއްސެ ބުންޏެވެ.

ގަން ޓީމުގެ އަލީ ޝާމިސް (ތޮއްޕެ) ގަމުން ކުއާޓާ ފައިނަލަށް ދަތުރުކުރީ އެ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އަތޮޅު ނަގާ ޒޯން ނެގުމުން ވަރަށް ބޮޑަށް ޓީމު މި އޮތީ ކުރިއަށް ހުރި މެޗުތައް ނަގަން ތައްޔާރުވެފައި. ޑިފެންޑިން ޗެމްޕިއަން ވީމަ އޭތި ވަރަށް ބޮޑަށް އިނދޭ" ތޮއްޕެ ބުންޏެވެ.

ތޮއްޕެ ބުނީ ގަމު ޓީމުގެ ކުޅުން މެޗަކަށްވުރެ މެޗެއް ރަނގަޅު ވާނެ ކަމަށާއި, އެންމެ ބޮޑު މައްސަލަ އަކީ ކުރިއާލާ ފަރިތަކުރުންތައް ނުފެށުން ކަމަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ގަމުން ނުކުންނަން ޖެހޭނީ އއ. މަތިވެރިއާ ދެކޮޅަށެވެ. މަތިވެރިން ވަނީ އއ. އަތޮޅުގެ ޗެމްޕިއަންގެ އިތުރުން ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެ ޓީމުން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ގައި ފ. ބިލެތްދޫ ބަލިކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox