ހައިކޯޓުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އީ-ކޯޓަކަށް ބަދަލުކޮށްލަނީ

ދިވެހިރާއްޖޭގެ ހައިކޯޓު: ރާއްޖޭގެ އެންމެ ފުރަތަމަ މަރުހަލާގައި އިސްތިއުނާފު ކުރާ ކޯޓަކީ ހައި ކޯޓު -- އަދަދު ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ހައިކޯޓު: ރާއްޖޭގެ އެންމެ ފުރަތަމަ މަރުހަލާގައި އިސްތިއުނާފު ކުރާ ކޯޓަކީ ހައި ކޯޓު -- އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ހައިކޯޓުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އީ-ހައިކޯޓަށް ބަދަލުކުރެއްވުމުގެ ތަސައްވަރު ގެންގުޅުއްވާ ކަމަށް އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ހާމަކުރައްވައިފި އެވެ. ފަނޑިޔާރު ހުސައިން ޝަހީދު މިހެން ވިދާޅުވީ ހައިކޯޓުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އޭނާގެ ތަސައްވުރު ހާމަކުރައްވަމުން ޝަހީދު ވިދާޅުވީ ހައިކޯޓުގެ މަސައްކަތްތަށް ކަރުދާހުގައި ކުރުން ދޫކޮށްލައި ޒަމާނާ އެއްގޮތަށް ހައިކޯޓުގެ މަސައްކަތްތަށް ޑިޖިޓަލް ކުރަން ޖެހޭ ކަމަށެވެ. އަދި އެންމެ ބޮޑު އުއްމީދަކީ ހައިކޯޓުގެ މަސައްކަތްތައް އީ-ހައިކޯޓެއްގެ ގޮތުގައި ފުރާފުރިހަމަވެ، އަދުލު އިންސާފު ގާއިމު ކުރުމަށް މިކުރާ މަސައްކަތް އަވަސްވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ގެންގުޅޭ ލޮގު ފޮތްތަކާއި އެނޫންވެސް ފޮތްތައް ދޫކޮށްލާފަ ޒަމާނާ އެއްގޮތަށް އަޅުގަނޑުމެން ކޮންމެ ތަނެއްގަ، ދަތުރުމައްޗެއް ކަމުގައިވީނަމަވެސް އަޅުގަނޑުމެން ގެންގުޅޭ ސްމާޓް ފޯނު ނޫނ/ު ޓެބްލެޓުން އަޅުގަނޑުމެންގެ މަސައްކަތްތައް އަބަދުވެސް ކޮށްލަކޮށްލާ ތިބެވޭނެ ތަނަކަށް ދިވެހިރާއްޖޭގެ ހައިކޯޓު ހަދަން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

ހައިކޯޓުގައި ހުރި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމުގެ މަސައްކަތްތަކެއް އެކި ފޭސް ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން އެ ކޯޓުން ވަނީ ދާދި ފަހުން ނިންމައިފަ އެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި މަސައްކަތް ކުރަނީ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށެވެ. އެއީ 2017، 2018، 2019، އަދި 2020، ގައި އެ ކޯޓަށް ހުށަހެޅި އަދި ނުނިމި ހުރި މައްސަލަތަކެވެ.

އިސްތިއުނާފުގެ ފުރަތަމަ މަރުހަލާގެ ކޯޓު، ހައި ކޯޓުން ބުނި ގޮތުގައި އެ މައްސަލަތައް ނިންމުމަށް ކޮންމެ ދުވަހަކު ވެސް މިހާރު ރަސްމީ ގަޑި ނިމިގެން އެ މައްސަލަތަކުގެ އަޑުއެހުން ތާވަލުކޮށްގެން ކުރިއަށް ގެންދަން އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox