މިލަންދޫގައި އެއާޕޯޓެއް އަޅަން ރައީސް ވައުދުވެވަޑައިގަނެފި

މިލަންދޫގައި ރައީސް ވާހަކަ ދައްކަވަނީ. އުތުރު ދަތުރުގެ ތެރެއިން ދެ އެއާޕޯޓު އަޅަން އެމަނިކުފާނު ވަނީ ވައުދުވެފައި --- ފޮޓޯ: ރައީސް އޮފީސް

މިލަންދޫގައި ރައީސް ވާހަކަ ދައްކަވަނީ. އުތުރު ދަތުރުގެ ތެރެއިން ދެ އެއާޕޯޓު އަޅަން އެމަނިކުފާނު ވަނީ ވައުދުވެފައި --- ފޮޓޯ: ރައީސް އޮފީސް

ށ. މިލަންދޫގެ ރައްޔިތުން އެމަނިކުފާނުގެ އަރިހުން އަޑު އެހުމަށް ބޭނުންވަނީ އެންމެ ވާހަކައެއް ކަމަށާއި އެއީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަމަށް ވުމާ އެކު އެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް ވަނީ މިއަދު މެންދުރު ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އެގޮތުން, އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމުގެ ލިސްޓުގައި އޮތީ މައިގަނޑު އެއް ވާހަކަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ވައުދުވަނީ ވައުދު ފުއްދަން. އެހެންވީމާ މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް އެއްވަނައިން 10 ވަނައަށް ވެސް އޮތް އެއާޕޯޓު އިރާދުކުރެއްވިއްޔާ ޔަގީންކަމާ އެކު އަޅައިދޭނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އަރުވަން," އެމަނިކުފާނު އެ ރަށުގައި ވާހަކަ ދައްކަވަމުން ހާމަކުރެއްވި އެވެ.

އެ ވައުދު ހަގީގަތަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް އެ ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ފުރިހަމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އުތުރު ދަތުރުގެ ތެރެއިން ރައީސް ވަނީ ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ވެސް ވައުދުވެވަޑައިގަނެފަ އެވެ. އެއާޕޯޓު ގިނަ ކުރުމުގެ ސިޔާސަތަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ދެކެވަޑައިގަންނަވަ އެވެ.

"ރާއްޖޭގެ ޖިއޮގްރެފިކަލް ޑިސްޓްރިބިއުޝަން އޮތް ގޮތުން، ކޮންމެހެން ކުރީގައި އޮތް ގޮތަކަށް ނޫން ރާއްޖެ އޮންނަ ބޭނުން ވަނީ ރައްޔިތުން މިހާރު، ކޮންމެހެން ބޭނުންވާ ކަމެއް އެއާޕޯޓް އެޅުމަކީ، ބައެއް ތަންތަނުގައި ޑޮމެސްޓިކް، ބައެއް ތަންތަނުގައި އިންޓަނޭޝަނަލް، އެއާޕޯޓް އަޅަން ޖެހޭ، ވައުދު ވަނީ އެ ކަން ކުރަން ޖެހޭ ކަމަށް ގަބޫލު ކޮށްގެން،" ހއ. ދިއްދޫގައި ރައީސް ވިދާޅުވެފައިވެ އެވެ.

މި މަހުގެ ތެރޭގައި ގދ. ތިނަދޫ އަދި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. މި ދެ ރަށް ކައިރީ މިހާރު ވެސް ފަސް މިނެޓުން ސްޕީޑު ލޯންޗުގައި ދެވޭހާ ކައިރީގައި އެއާޕޯޓުތައް އެބައޮތެވެ. މީގެ އިތުރުން ގއ. ކޮލަމާފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް ވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގަތެވެ.

ރައީސްގެ ވައުދުތައް ހިމެނޭހެން ރާއްޖޭގައި ތަރައްގީކޮށްފައިވާ, ތަރައްގީކުރަމުންދާ އަދި ޕްލޭން ކުރެވިފައިވާ އެއާޕޯޓުތަކުގެ އަދަދު 40 އަށް ވުރެ ވަނީ އިތުރުވެފަ އެވެ. މިއީ ދުނިޔޭގެ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން ބޮޑު ގައުމުތަކަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox