ޔުނައިޓެޑުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އެންތަނީ

Feb 27, 2024, 10:48 AM
ޔުނައިޓެޑުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އެންތަނީ

މެންޗެސްޓާ (ފެބްރުއަރީ 27) - މި ސީޒަން ނިމުމުން މެންޗެސްޓާ ޔުނައިޓެޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެ ކްލަބުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީ، މީގެ އެއް އަހަރު ކުރިން ބޮޑު އަގުގައި އެ ޓީމަށް ގެނައި ބްރެޒިލްގެ ވިންގް، އެންތަނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ 18 މަސް ދުވަސް ކުރިން، އަޔަކްސް ދޫކޮށް ޔުނައިޓެޑަށް އެންތަނީ ބަދަލުވީ، 109 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އެކަމަކު، އެ ޓީމާ އެކު އެކަށީގެންވާ ވަރުގެ ކުޅުމެއް އެންތަނީ އަށް ނުދެއްކެ އެވެ. މި ސީޒަނުގައި އެންމެ ގޯލެއް ޖެހުނު އެންތަނީ އަށް، ޕްރިމިއާ ލީގުގައި ކުޅުނު 20 މެޗުން ވެސް ގޯލެއް ނުޖެހުނުއިރު، ގޯލެއް ޖަހަން ފުރުސަތު ވެސް ހޯދައިނުދެވުނެވެ.

މި ސީޒަނުގައި އެންތަނީ އަށް ޖެހުނު ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެފްއޭ ކަޕްގައި އިނގިރޭސި ދަށް ޑިވިޝަނުގެ ކްލަބް، ނިއުޕޯޓް ކައުންޓީ ކޮޅަށެވެ.

Advertisement

އުމުރުން 24 އަހަރުގެ އެންތަނީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި ނަމަވެސް، މި ސީޒަނަށް ފަހު، ޔުނައިޓެޑްގެ ޓީމުގެ ކަންކަން ހިންގުމާ ހަވާލުވެހުރި، އިނިއޯސް ކުންފުނިން ގެންނަ ބަދަލުތަކުގެ ތެރެއިން އެންތަނީ ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓްރާންސްފާ ބާޒާރުގައި މި ވަގުތު އަގުތައް ހުރި ގޮތުން، ޔުނައިޓެޑަށް އެންމެ އަގުބޮޑުކޮށް ވެސް އެންތަނީ ވިއްކާލެވެން އޮތީ، 30 މިލިއަން ޑޮލަރަށެވެ.

އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިން ޔުނައިޓެޑްގެ ހިންގުމުގެ ކަންކަމަށް މިހާރު ބަދަލު ގެންނަމުން އަންނައިރު، ޓީމާ ގުޅޭ ކަންކަމުގައި ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައި އޮތީ މި ސީޒަން ނިމުމުންނެވެ. އޭގެ ތެރޭގައި ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގްގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox