ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 ގެ ވަރުގަދަ ކުރިމަތިލުންތައް މިރޭ

ގަމު ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ): މިރޭ މުހިންމު މެޗެއްގައި ނައިވާދޫއާ ދެކޮޅަށް ނުކުންނާނެ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގަމު ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ): މިރޭ މުހިންމު މެޗެއްގައި ނައިވާދޫއާ ދެކޮޅަށް ނުކުންނާނެ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގެ ގަދަ 16 ގެ ވަރުގަދަ ކުރިމަތިލުންތައް މިރޭ ފެނިގެންދާނެ އެވެ. މިރޭ މި މުބާރާތުގެ ކުއާޓާ ފައިނަލަށްދާ ޓީމުތައް ކަށަވަރުވާނެ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި އއ. އަތޮޅު ޗެމްޕިއަން އަދި ޒޯން ހަތަރެއްގެ ޗެމްޕިއަން މަތިވެރިން ނުކުންނާނީ, ފ. އަތޮޅު ޗެމްޕިއަން ބިލަތްދޫއާ ދެކޮޅަށެވެ. ބިލެތްދޫ އިން ފ. އަތޮޅު ޗެމްޕިއަންކަން ހޯދި ނަމަވެސް ޒޯން ފައިނަލުގައި ގަދަ ބާރު ދ. ކުޑަހުވަދޫ އަތުން ބަލިވީ އެވެ. މި މެޗު ކުޅޭނީ މިރޭ 20:00 ގައި ރެހެންދި އެއް ނަމްބަރު ޓާފް ދަނޑުގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން ހދ. އަތޮޅު ޗެމްޕިއަން ނައިވާދޫއާ ދެކޮޅަށް މިރޭ ނުކުންނައިރު, މި ދެ ޓީމަކީ ވެސް މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ދެ ޓީމެވެ. އެކަމަކު މި ތަނުން އެއް ޓީމު މިރޭ މުބާރާތުން ވަކިވާނެ އެވެ. އަދި އަނެއް ޓީމަށް ކުއާޓާއިން ޖާގަ ލިބޭނެ އެވެ. ލ. އަތޮޅު ޗެމްޕިއަން އަދި ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދި ގަމު ޓީމުން އޮތީ ވަރަށް ފޯމުގަ އެވެ. އަނެއްކޮޅުން ނައިވާދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދި ނަމަވެސް ޒޯން ޗެމްޕިއަންކަން ނައިވާދޫ ބަލިކޮށް ހޯދީ ހއ. އުތީމުންނެވެ. ގަން އަދި ނައިވާދޫ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00 ގަ އެވެ. މި މެޗު ކުޅޭނީ ރެހެންދި ދެ ނަމްބަރު ދަނޑުގަ އެވެ.

ރ. ދުވާފަރާއި ވިލިމާލެގެ ކުރިމަތިލުންވެސް ފޯރިގަދަ ވާނެ އެވެ. ދެ ޓީމުގެ ސްކޮޑަށް ބަލާއިރު, ދޫކުރާނެ ވަރުގެ ކުޅުންތެރިއަކު ނެތެވެ. އެހާވެސް ވަރުގަދަ ދެ ސްކޮޑެވެ. ދުވާފަރުން ގަދަ 16 އިން ޖާގަ ހޯދީ ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އަނެއްކޮޅުން ވިލިމާލެ އަށް ގަދަ 16 އިން ޖާގަ ލިބުނީ ޒޯން އަށެއްގެ ފައިނަލު ކުޅެގެންނެވެ. އެކަމަކު ފައިނަލުގައި ވިލިމާލެ ވަނީ ޕެނަލްޓީގައި މާފަންނު އަތުން ބަލިވެފަ އެވެ. ދުވާފަރާއި ވިލިމާލެ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ. މި މެޗު ކުޅޭނީ ރެހެންދި އެއް ނަމްބަރު ދަނޑުގަ އެވެ.

ސ. ހިތަދޫ އަކީ މި މުބާރާތުގެ ސަޕްރައިޒިން ޓީމެކެވެ. އެ ޓީމުން ވަނީ ސ. އަތޮޅު ޗެމްޕިއަންކަމާއި ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދާ އެ ޓީމުގެ ފެންވަރު ސާބިތު ކޮށްދީފަ އެވެ. އެހެންވެ ގަދަ 16 ގައި މާމިގިއްޔާ ދެކޮޅަށް ނުކުންނައިރު, ހިތަދޫ އޮތީ ވަރަށް ފޯމުގަ އެވެ. މާމިގިލިން ގަދަ 16 ގެ ޖާގަ ކަށަވަރުކުރީ ޒޯން ހަތަރެއްގެ ފައިނަލުން ޖާގަ ހޯދައިގެންނެވެ. އެކަމަކު އެ ޓީމަށް އަނިޔާގެ މައްސަލަ ބޮޑުވުން އެއީ މުޅި ޓީމަށް ލިބޭ މާޔޫސްކަމެކެވެ. މި މެޗު ކުޅޭނީ މިރޭ 21:00 ގައި ރެހެންދި ދެ ނަމްބަރު ދަނޑުގަ އެވެ.

ކ. ގާފަރަކީ އަބަދުވެސް ގޯލްޑަންގެ ތައްޓަށް ވާދަކުރާ ޓީމެކެވެ. އެކި ފަހަރު މަތިން ގޯލްޑަންގެ ފައިނަލުގައި ވެސް ގާފަރުން ވަނީ ވާދަކޮށްފަ އެވެ. އެކަމަކު އަދި ތަށީގައި އަތްލުމުގެ ޝަރަފު އެ ޓީމަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. މި ފަހަރުގެ މުބާރާތުގެ ގަދަ 16 އިން ގާފަރު ޖާގަ ހޯދީ ކ. އަތޮޅު ޗެމްޕިއަންކަން އަދި ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ގަދަ 16 ގައި އެ ޓީމުން ނުކުންނާނީ ޒޯން ހަތެއްގެ ރަނަރަޕް ދަޑިމަގާއި ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ 22:00 ގައި ރެހެންދި އެއް ނަމްބަރު ދަނޑުގަ އެވެ.

ދ. ކުޑަހުވަދޫ އިން ވަނީ މިދިޔަ ދެ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ. އެކަމަކު އެ ޓީމަށް މުބާރާތުގެ ފައިނަލުން ފުރުސަތު ނުލިބެ އެވެ. އެހެންވި މިއަހަރު އެ ޓީމުން ނުކުތީ ފައިނަލުގެ ޖާގަ އެއް ހޯދުމުގެ އަޒުމުގަ އެވެ. އެ ޓީމުން ވަނީ ދ. އަތޮޅު ޗެމްޕިއަންކަމާއި ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ގަދަ 16 ގައި ކުޑަހުވަދޫ އިން ނުކުންނާނީ މި އަހަރުގެ ސަޕްރައިޒިންގް ޓީމުތަކުގެ ތެރޭގައި ހިމެނޭ ނ. ކެނދިކުޅުދޫ އާއި ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ 22:00 ގައި ރެހެންދި ދެ ނަމްބަރު ދަނޑުގަ އެވެ.

ހއ. އުތީމުން ގަދަ 16 އިން ޖާގަ ހޯދީ ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ހދ. ނައިވާދޫ ޕެނަލްޓީގައި ބަލިކޮށް އުތީމުން ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދިއިރު, އެ ޓީމަށް ގަދަ 16 ގައި ނުކުންނަން ޖެހޭނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި އާއި ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ 23:00 ގައި ރެހެންދި އެއް ނަމްބަރު ދަނޑުގަ އެވެ.

މިދިޔަ ދެ އަހަރުވެސް ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި މާފަންނު ޓީމުން ވަނީ މި ފަހަރުގެ މުބާރާތުގައި ފުޓްސަލް ތަރިން ގިނަ ވިލިމާލެ ބަލިކޮށްފަ އެވެ. މިއީ އެ ޓީމުން ގަދަ 16 ބުރަށް ނުކުންނައިރު, ލިބޭ ބޮޑު ހިތްހަމަ ޖެހުމެކެވެ. އެކަމަކު އެ ޓީމަށް ގަދަ 16 ގައި ބައްދަލުކުރަން ޖެހޭނީ އަނެއްކާވެސް ފުޓުބޯޅައިގެ ނަން މަޝްހޫރު ތަރިން ގިނަ ޓީމަކާ ދެކޮޅަށެވެ. ބ. އޭދަފުށިން އޮތީ މި މެޗަށް ނުކުންނައިރު, ކުއާޓާ ފައިނަލުން ޖާގަ ހޯދަން ފޫގަޅާލާފަ އެވެ. މި މެޗު ކުޅޭނީ މިރޭ 23:00 ގައި ރެހެންދި ދެ ނަމްބަރު ދަނޑުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox