އެންޓާޓިކާއިން ފުރަތަމަ ފަހަރަށް ދޫނި ރޯގާ ފެނިއްޖެ

އެންޓާޓިކާގައި ދޫނިތަކެއް، އެތަނުން ދޫނި ރޯނގާ ވަނީ ފެނިފައި -- ފޮޓޯ: އެކްސް

އެންޓާޓިކާގައި ދޫނިތަކެއް، އެތަނުން ދޫނި ރޯނގާ ވަނީ ފެނިފައި -- ފޮޓޯ: އެކްސް

އެންޓާޓިކާއިން ފުރަތަމަ ފަހަރަށް ދޫނި ރޯނގާ ފެނިފައިވާކަން އިއުލާނު ކޮށްފި އެވެ.

އާދީއްތަ ދުވަހު ސްޕެއިންގެ މިނިސްޓްރީ އޮފް ސައިންސް އިން ބުނީ އެންޓާޓިކާއިން ދޫނި ރޯގާ ފެނިފައިވާ ކަމަށާއި، މިކަމާ ގުޅިގެން ކާރިސާއެއް ދިމާވެދާނެތީ ސައިންސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ދޫނި ރޯގާ އެންޓާޓިކާއިން ފެނުނީ މަރުވެފައި އޮތް ދެ ދޫނިން ނެގި ސާމްޕަލްތައް ބައްޔަށް ޕޮޒިޓިވްވުމުންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެންޓާޓިކާއިން ދޫނިތައް މަރުވަމުން އަންނަނީ ބަލި ފެތުރޭތީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދޫނި ރޯނގާ އެންމެ ފުރަތަމަ އެންޓާޓިކް އިން ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ކަމަށްވާއިރު، އެއީ އެންޓާޓިކާއާ 1،000 މޭލު ދުރުގައި އޮންނަ ސަރަހައްދެކެވެ. ނަމަވެސް މިހާރު އެ އަންނަނީ މުޅި އެ ސަރަހައްދުގައި ފެތުރެމުންނެވެ.

މިދިޔަ އަހަރު ސައިންސްވެރިން ހެދި ދިރާސާއެއްގައި ބުނީ ދޫނި ރޯގާ އެންޓާޓިކާގައި ފެތުރިއްޖެނަމަ، ވެގެންދާނީ މުޅި އެ ސަރަހައްދުގައި ހިނގާނެ އެންމެ ބޮޑު އެކޮލޮޖިކަލް ކާރިސާއަށް ކަމަށެވެ.

ދޫނި ރޯގާއަކީ އެއް ދޫނިން އަނެއް ދޫންޏަށް އަރާ ބައްޔަކަށްވާއިރު، މި ބަލި އިންސާނުން ގައިންވެސް ވަނީ ފެނިފަ އެވެ. އަދި ބަލީގެ އާ ވޭރިއަންޓެއް އުފެދި އިންސާނުން ގައިން ގަޔަށް އެރުމުގެ ބިރުވެސް އެބަ އޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދެކުނު އެމެރިކާއިން އެތައް ހާސް ސީލަޔަން އަދި އެހެނިހެން ޖަނަވާރުތައްވެސް ވަނީ ދޫނި ރޯނގާގައި މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox