އެކަހަލަ ވަގުންނާއި މިކަހަލަ އިއްޒަތްތެރިން

އެކަހަލަ ވަގުންނާއި މިކަހަލަ އިއްޒަތްތެރިން

ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔާ މިރުޒާ އަދީބު އޭނާގެ ފޮތެއްގައި އޭނާއަށް ދިމާވި ހާދިސާއެއް ނަކަލުކޮށް ލިޔުއްވާފައި އޮވެ އެވެ. ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަހަރެން އެއްފަހަރަކު އިންޑިއާގެ ދިއްލީގައި މަސައްކަތްކުރަން އުޅުނީމެވެ. އެއްދުވަހަކު ދިމާވި ގޮތަކީ ބަހުން ފައިބައިފައި ޖީބުގައި އަތްހާކާލިއިރު، ޖީބުގައި އެއްޗެއް ނެތުމުން ބަހުގެ ތެރެއިން މީހަކު އަހަރެންގެ ތަކެތި ނަގައިފިކަން އެނގުނެވެ. ޖީބުގައި ބާއްވައިގެން އަހަރެން އުޅުނީ، އެންމެ ނުވަ ރުޕީސް އާއި ސިޓީއެކެވެ. އެސިޓީގައި ލިޔެފައި އޮންނާނީ، "ލޯބިވާ މަންމާއެވެ. އަހަރެން ވަޒީފާއިން ކަނޑާލައިފި އެވެ. އެހެންވެ އާންމުކޮށް ފޮނުވާ ވަރަށް ފަންސާސް ރުޕީސް މި މަހު ފޮނުވޭކަށް ނެތެވެ." މިހެންނެވެ. ޖީބަށް ލައިގެން އުޅުނީ ނުވަ ރުޕީސްއާއެކު އެސިޓީ، ފުރުސަތެއް ލިބުނުއިރަކުން ފޮނުވާލެވޭވަރު ވާނެކަމުގެ އުންމީދުގަ އެވެ. އަހަރެންގެ އަތުން ވަގަށް ނެގުނު ނުވަ ރުޕީސް އެއީ އެއްވެސް އެއްޗެއްކަމަށް ނުވިޔަސް ވަޒީފާއިން ވަކިކުރެވި އަތްމަތި ދަތިވެފައިވާ މީހަކަށް އެއީ ނުވަހާސް ރުޕީސް ނޫންތޯ އެވެ؟

މިކަން މިހެން ހިނގާފައިވަނިކޮށް މަންމަގެ ސިޓީއެއް ލިބުނެވެ. އެސިޓީގައި އޮތެވެ. "ދަރިފުޅު މަންމައަށް ފޮނުވި ފަންސާސް ރުޕީސް ހަމައަށް ލިބިއްޖެ އެވެ. ދަރިފުޅު ވަޒީފާއިން ކަނޑާލާފައިވާއިރު، ވެސް މަންމައަށް ދޭ ވަރު މަދުނުކޮށް ފޮނުވީތާއެވެ! މަންމަ އެދެނީ ދަރިފުޅަށް ހެޔޮ ތައުފީގާއި ތަނަސްވަކަމަށެވެ."

މިކަން މިހިނގި ގޮތެއް ނޭނގިފައި ދުވަސްކޮޅަކު ހުންނަންޖެހުނެވެ. މިހެން ހުއްޓާ އަތުލިޔުމުން އޮތް އެހެން ސިޓީއެއް އަހަރެންނަށް ލިބިއްޖެ އެވެ. އޭގައި ލިޔެފައި އޮތެވެ. "ތިބާގެ އެޑްރެސް އަހަރެން ހޯދީ ކުރިން ފެނުނު ސިޓީގެ އުރައިންނެވެ. ތިބާގެ އަތުން އަހަރެން ނެގި 9 ރުޕީސްއަށް އަހަރެންގެ އަތުގައި އޮތް 41 ރުޕީސް އިތުރުކުރުމަށްފަހު ޖުމުލަ ފަންސާސް ރުޕީސް ތިބާގެ މަންމައަށް އަހަރެން ފޮނުވީމެވެ. އަހަރެންނަށް އަހަރެންގެ މަންމަ މަތިން ހިތަށް އެރި ހިނދު ތިބާގެ މަންމައާމެދު ވެސް ވިސްނާލެވުނެވެ. އަދި ހިތާހިތާ ބުނެވުނެވެ. ތިބާގެ މަންމަ ހައިހޫނުކަމުގައި ދުވަސްތައް ވޭތުކުރަމުން ދާއިރު، އެކަމަކުގެ ސަބަބުން އަހަރެން އަހަރެންގެ މިފާފައިގެ އިތުރުން އަދި ތިބާގެ ފާފަ ވެސް ބޮލުގައި އަޅަންވީ ކީއްވެ ހެއްޔެވެ؟ ވަރަށް ހެޔޮ ދުއާ އެވެ. އަހުރެންނީ ތިބާގެ ކިބައިން ވައްކަންކުރި ތިބާގެ އެކުވެރިޔާއެވެ. އަހަރެންނަށް މާފުކުރާށެވެ!"

އާދޭހެވެ! ވައްކަންކޮށް ފޭރިއުޅުނު ވަގެއްގެ ހުރި އަހުލާގުގެ ވާހަކައެވެ. ތިމާގެ މަންމަ ފަދައިން އަނެކާގެ މަންމަ އޭނާއަށް މުހިންމުވާނެ ވަރު އެވަގުކަލޭގެއަށް އެނގެ އެވެ. ވައްކަމާއި ލާއިންސާނީކަމާއި މިއީ މުޅިން ދެކަމެއްކަން ވެސް އެ ވަގުކަލޭގެއަށް އެނގެއެވެ. ބަނޑުފުރާނަ މުއްތިކުރެވޭނޭ ގޮތެއް ނެތި ހައިހޫނުކަންމަތީގައިވާ ނިކަމެތި މީހާގެ އިހުސާސް އޭނާ ދަނެއެވެ. އަމިއްލަ ވަޒަން ދޫކޮށް އައިސް ބުރަ މަސައްކަތާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރާ އިންސާނަކަށް އަނިޔާވެރިވުން އެއީ އާދައިގެ ކަމެއް ނޫންކަން އޭނާއަށް މާރަނގަޅަށް ވެސް އެނގެއެވެ. ނުބައިކަމެއްގެ ފަހަތުން އެ ނުބައިކަންތަކުން ދުރުވެގަތުމުގެ އިތުރުން އިހުސާންތެރިކަމަކީ ކޮބައިކަން އަދި އިންސާނެއްގެ ކިބައިގައި ހުންނާނެ އެންމެ ރީތި ސިފައަކީ އެއީކަން އޭނާއަށް ދަސްވެފައިވެ އެވެ. އެކަމަކު އެއީ ވަގެކެވެ.

އަހަރެމެންގެ އިހު އުޅުނު މީހުންގެ ފޮތްތައް ހުޅުވާފައި ބެލީމާ، އެކި ނަންނަމުގައި އެކިއެކި މަގާމުތަކަށް ލާންވީ މީހުންގައި ހުންނަން އެންމެ ރަނގަޅު ސިފަތަކަކީ ކޮބައިކަން ވަރަށް ދިގުކޮށް އެބައިމީހުން ބަޔާންކޮށްފައި ހުއްޓާ ފެންނާނެ އެވެ. މިސާލަކަށް މުރުއްވަތްތެރިއަކުކަމުގައިވުމުގެ ޝަރުތަކީ ވެސް ވަރަށް ގިނަ މަގާމުތަކަށް އަންނަ މީހުންގައި ހުރުން ލާޒިމު ސިފައެއްގެ ގޮތުގައި އިސްލާމީ ފިގުހުގައި ބަޔާންކޮށްފައި ހުންނާނެ އެވެ. މުރުއްވަތްތެރިކަމަކީ، އަހުލާގީ ގޮތުން ބަލާއިރު، އާންމުކޮށް އަހުލާގު ރަނގަޅު މީހުންނަށްވުރެ ވެސް އަހުލާގީ ގޮތުން ރަނގަޅު މީހެއްކަން ފާހަގަވެފައި އޮންނަ އޮތުމެވެ.

އެކަމަކު އަހަރެމެންގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާއިރު، އަހަރެމެންގެ ހާލަތު އިހު އޮތްގޮތާ ވަރަށް ތަފާތުކަމުގައި ދަންނަވަން އަޅުގަނޑަށް ކެރެއެވެ. އަހަރެމެން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކޮށްލަން މިރުޒާ އަދީބަށް ދިމާވި ކަހަލަ ވަގަކު ލިބުނަސް ރައްޔިތުން އުފާވާނެކަމާމެދަކަށް ޝައްކެތް ނެތެވެ. އޭރު އެޒަމާނުގައި އިލްމުވެރިން ބަހުސްކުރަނީ، އިންސާނުންގެ ތެރެއިން އެއިންސާނުންގެ ވެރިންނަށް ލާނެ އަދުލުވެރިން އިހްތިޔާރުކުރުމަށްކަމަށްވާނަމަ، މިހާރު މިޒަމާނުގެ އިލްމުވެރިން ބަހުސްކުރަންވީ ރައްޔިތުންގެ ތެރެއިން އެރައްޔިތުންގެ ވެރިންކަމުގައި ހަދަންވީ "އިންސާނުން" ދެނެގަންނާނެ ގޮތަކާމެދުގައި ނޫންބާވަ އެވެ؟

އަޅުގަނޑުމެންގެ ހާލަތަށް ބަލާއިރު، އެންމެ ކަމެއް އެކަނި ދިރުވޭތޯ ބެއްޔަސް ހާސްތަނުން ދިވެހިންގެ ހާލަތު ރަނގަޅުވެގެންދާނެއެވެ. ހަމަ އެންމެ ކަމެކެވެ. ދިވެހި ރައްޔިތުންނޭވެ! އަޅުގަނޑުމެން ވޯޓުލާފައި އަޅުގަނޑުމެން ތަމްސީލުކުރުމަށް ހޮވާ މީހާއަކީ ތެދުވެރިއެއްކަން ކަށަވަރުކުރާށެވެ! މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "ތިޔަބައިމީހުންނަށް އޮތީ ތެދު ބުނުމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮކަމަށެވެ. ހެޔޮކަންތައް މަގުދައްކަނީ ސުވަރުގައަށެވެ. މީހަކު ތެދުބުނުން އާދަކޮށް އެކަމަށް ހުށިޔާރުވެ ހުރެއްޖެނަމަ، ﷲ ގެ ހަޒުރަތުގައި އެމީހަކީ ތެދުވެރިއެއްކަމުގައި ނުލިޔުއްވިނުދާނެއެވެ. އަދި ތިޔަބައިމީހުން ދޮގާ ދުރުވެގަންނާށެވެ. ދޮގު މަގުދައްކަނީ ނުބަޔަށެވެ. ނުބައި މަގުދައްކަނީ ނަރަކައަށެވެ."

އައްތައުބާ ސޫރަތުގެ 119 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެއެވެ. "އޭ އީމާންވެއްޖެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުން ތެދުވެރީންނާއެކުގައި ވާށެވެ!" މިބަސްފުޅަށް ނިކަން ވިސްނާށެވެ! ތެދު ބުނުމުން އެކަންޏަކު އަމުރުފުޅަށް އަމަލުކުރެވުނީކަމަށް ނުވެއެވެ. އެކުއުޅެންވީ ވެސް ތެދުވެރީންނެވެ. ކަނޑައެޅިގެން ދޮގުހަދާކަން ޔަގީންވާ މީހަކަށް ވޯޓުދިނީމާ ތެދުވެރިންނާއެކުގައި ވީކަމަކަށް ނުވާނެއެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox