ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫ ކަޓައިފި، ބަލިވިޔަސް ގަން ފައިނަލަށް

ގދ. ވާދޫ އާއި ސ. ހިތަދޫ ބައްދަލުކުރި މެޗަށްފަހު ހިތަދޫ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގދ. ވާދޫ އާއި ސ. ހިތަދޫ ބައްދަލުކުރި މެޗަށްފަހު ހިތަދޫ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އެންމެ ފަހުގެ ރަނަރަޕް ގދ. ވާދޫ, ސ. ހިތަދޫ އަތުން ބަލިވެ, މުބާރާތުން ކެޓިއިރު, ޗެމްޕިއަން ލ. ގަމުން ޒޯން ބުރުގެ ފަހު މެޗުން ބަލިވި ނަމަވެސް ޒޯން ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ވަނީ ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެފަ އެވެ.

ޒޯން ހަތަކުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ, ވާދޫ 4-1 ގެ ނަތީޖާއަކުން ބަލިކޮށް ސ. ހިތަދޫ އިންނެވެ. މި މެޗު އެއްވަރުކޮށްލައިގެންވެސް ވާދޫ އަށް ފައިނަލުގެ ޖާގަ އެއް ލިބެން އޮތެވެ. އަނެއްކޮޅުން ހިތަދޫ އަށް ފައިނަލުގެ ޖާގަ އެއް ކަށަވަރުވާން އޮތީ މެޗުން މޮޅުވެގެންނެވެ.

މި މެޗުގެ ތިންވަނަ މިނެޓުގައި ހިތަދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ މުހައްމަދު ސަބާހް މަސްރޫރް އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ގޯލުން ހިތަދޫ އިން ލީޑު ފުޅާކުރި އެވެ. މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ހަންނަ ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. އެކަމަކު ދެވަނަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ވާދޫގެ މުހައްމަދު އިޔާދު އަލީ ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. ހިތަދޫގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެޓީމަށް ޖަހާދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހާޒިމް ފައުޒީ އެވެ.

ހިތަދޫ އާއި ވާދޫ ބައްދަލުކުރި މެޗަށްފަހު ވާދޫގެ އިޔާދު ކަރުއެލުވާލައިގެން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހިތަދޫ އާއި ވާދޫ ބައްދަލުކުރި މެޗަށްފަހު ވާދޫގެ އިޔާދު ކަރުއެލުވާލައިގެން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހިތަދޫ އާއި ވާދޫ ބައްދަލުކުރި މެޗަށްފަހު ވާދޫގެ އިޔާދު ކަރުއެލުވާލައިގެން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

މި ޒޯންގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ދަޑިމަގުން ވަނީ މިރޭ ގދ. ގެމަނަފުށި 5-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. މި މެޗުގައި ދަޑިމަގުގެ އަލީ ޝަމާލް އަބްދުالله ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އިނާން އަހުމަދު އަދި އަޖުމަލް އަހުމަދު, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދަޑިމަގު ފައިނަލުން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއެކުގަ އެވެ. އެ ޓީމު ޒޯން ބުރުގެ ހުރިހާ މެޗެއް ވަނީ ކާމިޔާބު ކޮށްފަ އެވެ. ދެވަނަ އަށް ދިޔަ ހިތަދޫ އިން ޒޯން ބުރުގައި ބަލިވީ ހަމައެކަނި ދަޑިމަގު އަތުންނެވެ. އެ ޓީމަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ.

ޒޯން އެކަކުން ފައިނަލުން ހއ. އުތީމުން ޖާގަ ހޯދީ ހއ. އަތޮޅު ޗެމްޕިއަން ދިއްދޫ 5-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި އުތީމުގެ މުހައްމަދު ނަބީލް އާއި ތަހާ މުހައްމަދު, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހާފަ އެވެ. އަދި މުހައްމަދު މަޒީން ގޯލެއް ޖެހި އެވެ. ދިއްދޫ އިން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ ހައިޝަމް ރަޝީދެވެ.

ހއ. އުތީމާއި ހއ. ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހއ. އުތީމާއި ހއ. ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހއ. އުތީމާއި ހއ. ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޒޯން އެކެއްގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ހދ. ނައިވާދޫ އިން ވެސް ވަނީ ޖާގަ ހޯދާފަ އެވެ. އެ ޓީމުން ޒޯން ބުރުގެ ފަހު މެޗުގައި ހދ. ރަނަރަޕް ނޮޅިވަރަންގެ މައްޗަށް ކުރިހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނައިވާދޫގެ އަބްދުالله ޝާފިއު (ޝާއްޕެ) ދެ ގޯލު ޖެހިއިރު, އިސްމާއިލް ވަހީދު, މިދިހަތް ފާއިޒް އަދި މުހައްމަދު އަހުސަމް, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ.

މި ނަތީޖާތަކާއެކު ނައިވާދޫ އިން ފައިނަލަށް ދަތުރުކުރީ ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އުތީމަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ.

ޒޯން ދޭއްގެ ފައިނަލުން ރ. ދުވާފަރުން ޖާގަ ހޯދީ ރ. އަތޮޅު ރަނަރަޕް އަލިފުށީގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ދުވާފަރުގެ މުހައްމަދު އިޝާމް (ޝަންޓެ) ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އަހުމަދު އީރާސް އަދި މުސްލިމް މުހައްމަދު, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. މި މެޗުގައި އަލިފުށިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު ހުޝާމް އެވެ.

ދުވާފަރުގެ ޝަންޓެ ގޯލު ޖެހުމަށްފަހު އުގާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
ދުވާފަރުގެ ޝަންޓެ ގޯލު ޖެހުމަށްފަހު އުގާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ދުވާފަރުގެ ޝަންޓެ ގޯލު ޖެހުމަށްފަހު އުގާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ރޭ ށ. ފޭދޫ ބަލިކޮށް ކެނދިކުޅުދޫ އިން ވެސް ވަނީ ޒޯން ދޭއްގެ ފައިނަލުން ޖާގަ ހޯދާފަ އެވެ. ކެނދިކުޅުދޫ އިން ފައިނަލުގެ ޖާގަ ހޯދީ ފޭދޫގެ މައްޗަށް 6-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ކެނދިކުޅުދޫގެ މުހައްމަދު އައްޒާމް ދެ ގޯލު ޖެހިއިރު, ސުލައިމާން އަނީސް, އިބްރާހީމް އަލީމް, މުހައްމަދު ޔަނާލް އަބްދުލް ސައްތާރު އަދި ކެޕްޓަން އަލީ ބުޝްރީ, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. މި މެޗުގައި ފޭދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މާޒިލް މުހައްމަދު އަދި މާއިލް މުހައްމަދު އެވެ.

މި ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކެނދިކުޅުދޫ އިން ފައިނަލުގެ ޖާގަ އެއް ހޯދީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔަ ދުވާފަރަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ.

ޒޯން ހައެއްގެ ފައިނަލުގެ ފަހު ޖާގަ ލ. ގަމަށް ކަށަވަރުވީ ތ. އޮމަދޫ އަތުން ލ. އިސްދޫ 3-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. ތަފާތު ބޮޑުކޮށް މި މެޗު ކާމިޔާބުކޮށް އިސްދޫ އަށް ފައިނަލަށް ދިޔުމުގެ ހަނި ފުރުސަތެއް އޮތެވެ. އެކަމަކު އެއީ ތިމަރަފުށިން ގަން ބަލިކޮށްފި ނަމަ އެވެ.

ރޭ ތިމަރަފުށިން ގަން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގަމަށް ގޯލު ޖަހާ ލީޑު ނަގާދިނީ އަލީ ޝާމިސް (ތޮއްޕެ) ޖަހާދިން ގޯލުންނެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން އަބްދުالله ޒިޔާން (ޖަންކީ) ގޯލު ޖަހާ ތިމަރަފުއްޓަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ތިމަރަފުށީގެ އާދަމް ނާސިހް (އާދަންނަ) ގޯލު ޖަހާ އެޓީމަށް ލީޑު ނަގާދިނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭނީ ޒޯން ބުުރުގެ ފައިނަލް މެޗުތަކެވެ. މިރޭ ކުޅޭނީ ޒޯން ތިނެއް, ޒޯން ހަތަރެއް, ޒޯން ފަހެއް އަދި ޒޯން އަށެއްގެ ފައިނަލް މެޗެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ކ. ގާފަރު - ބ. އޭދަފުށި : 20:00 (ގްރައުންޑް 1) - ޒޯން 3 ފައިނަލް
  2. އއ. މަތިވެރި - އދ. މާމިގިލި : 20:00 (ގްރައުންޑް 2) - ޒޯން 4 ފައިނަލް
  3. ދ. ކުޑަހުވަދޫ - ފ. ބިލެތްދޫ : 22:00 ( ގްރައުންޑް 1) - ޒޯން 5 ފައިނަލް
  4. ވިލިމާލެ - މާފަންނު : 22:00 (ގްރައުންޑް 2) - ޒޯން 8 ފައިނަލް

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox