ދެމެހެއްޓެނިވި ތަރައްގީއަށް ސަރަހައްދީ އެއްބާރުލުން އިތުރުކުރަން ޖެހޭ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް. ސަރަހައްދީ ގޮތުން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް. ސަރަހައްދީ ގޮތުން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދެމެހެއްޓެނިވި ތަރައްގީއަށް ސަރަހައްދީ އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭޝިއަން ޕާލިމެންޓަރީ ސެޝަންގެ 14 ވަނަ ޕްލެނަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ ގުޅުން ބަދަހިކޮށް މައުލޫމާތު ބަދަލުކުރުމުގެ ތެރެއިން އަންނަން އޮތް ޖީލުތަކަށް ދުނިޔެ ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖެއަކީ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ގައުމެއް. ވަސީލަތްތައް މަދު ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޔަގީންކަން ކަށަވަރުކުރުމަށް ޓަކައި، ރާއްޖެއިން ހިތްވަރުގަދަ، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައި," އެމަނިކުފާނު ވިދާޅުވި އެވެ.

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ތެރެއިން ސޯލާ ހަކަތަ، ކުނި މެނޭޖު ކުރުމުގެ އީޖާދީ ވިސްނުންތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގައި ރާއްޖޭން ނަމޫނާ ދައްކަމުންދާ ކަމަށް އަސްލަމް ވިދާޅުވި އެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭން ގާނޫނީ އޮނިގަނޑުގެ ތެރެއަށް މޫސުމީ ބަދަލުތަކާ ގުޅޭ ގިނަ ކަންކަން ފައްތާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް އައުޓް ކުރުމާއި ޔޫޓިލިޓީ ހިދުމަތްތައް ރެގިއުލޭޓް ކުރަން ހާއްސަ އިދާރާއެއް ވަނީ ގާއިމުކުރެވިފައި. މި ގާނޫނުތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް މެނޭޖުކޮށް ބަލަހައްޓަން ފަސޭހަ ވެގެންދާނެ," އަސްލަމް ވިދާޅުވި އެވެ.

ރާއްޖެއަކީ އާމްދަނީގެ ނިސްބަތުން މަތީ މެދު ފަންތީގެ ގައުމެއް ކަމަށްވުމާ އެކު ކްލައިމެޓް ފައިނޭންސިން އަގުހެޔޮކޮށް ހޯދުމަށް ރާއްޖެއަށް ގޮންޖެހުންތަކެއް ހުރި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މަލްޓިލޭޓަރަލް އިދާރާތަކުން އެޕްރޫވް ކުރާ ފަންޑުތައް ރާއްޖެއާ ހިސާބަށް ފޯރުމަށް ގިނަ ދުވަސްތަކެއް ހޭދަވޭ. އެ ފައިސާތައް ލިބޭއިރު ރަށްތައް ގިރައި ޕްރޮޖެކްޓުތައް އޮންނަނީ މުޅިން ރީޑިޒައިން ކުރަން ޖެހިފައި. ކަންމިހެން އޮތުމާ އެކު ކްލައިމެޓް އެޑެޕްޓޭޝަންއަކީ ރާއްޖެއަށް ގައުމީ ކަމެއް," އަސްލަމް ވިދާޅުވި އެވެ.

ރާއްޖޭގެ ފަރާތުން ދެމެހެއްޓެނިވި ތަރައްގީއަށް ދެމުންދާ އަހަންމިއްޔަތު އޭޝިއާ ބައްރުގެ އެހެން ގައުމުތަކުން ވެސް ދެމުންދާތަން މިހާރު ފެންނަމުންދާ ކަމަށް އަަސްލަމް ވިދާޅުވި އެވެ. އެގޮތުން, އިންޑިއާ ކަނޑުގައި ކަޅުބިލަމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ގައުމުތަކުން އެއްބާރުލުން ދެމުންދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެ ސެޝަން ކުރިއަށްދަނީ އަޒެރުބައިޖާންގެ ބަކޫގަ އެވެ. މިއަހަރުގެ ސެޝަންގެ ތީމަކީ "ފޯސްޓަރިން ރީޖަނަލް ކޯޕަރޭޝަން ފޯ ސަސްޓެއިނަބަލް ޑެވެލޮޕްމަންޓު އިން އޭޝިއާ" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox