ގޯލްޑަން ފުޓްސަލް ޗެލެންޖް: ބިލެތްދޫ، މާފަންނު، ވިލިމާލެ އަދި މަތިވެރި ފައިނަލަށް

ވިލިމާލެ ޓީމުގެ ވައްޖެ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ވިލިމާލެ ޓީމުގެ ވައްޖެ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ފ. ބިލެތްދޫ, މާފަންނު, ވިލިމާލެ އަދި އއ. މަތިވެރި ޒޯން ބުރުގެ ފައިނަލުން ޖާގަ ހޯދާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ.

ޒޯން އަށެއްގެ ފައިނަލުން ޖާގަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން މާފަންނު އަދި ވިލިމާލެ އެވެ. ވިލިމާލެއިން ފައިނަލުގެ ޖާގަ ހޯދީ މައްޗަންގޯޅީގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގައި ވިލިމާލޭގެ އިސްމާއިލް ވަޖީހު (ވައްޖެ) ދެ ގޯލު ޖެހިއިރު, އަބްދުالله ޝައްފާން (ޝާކާ) އާއި އަބްދުالله މުއާޒް (އޮޓޯ) މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. މި މެޗުގައި މައްޗަންގޮޅިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ ހުސެއިން ސަވީލް އެވެ.

މައްޗަންގޯޅި އާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
މައްޗަންގޯޅި އާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

މައްޗަންގޮޅި އާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

އެންމެ ފަހުގެ ޗެމްޕިއަން މާފަންނުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ހުޅުމާލެ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި މާފަންނުގެ ދެ ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން މުހައްމަދު ޔަފާއު އެވެ.

މި ނަތީޖާތަކާއެކު ޒޯން އަށެއްގެ ފައިނަލުން ޖާގަ ހޯދި ދެ ޓީމަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ވިލިމާލެ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ޒޯން ހަތަރެއްގެ ފައިނަލުން އއ. މަތިވެރިން ޖާގަ ހޯދީ ވ. އަތޮޅު ޗެމްޕިއަން ކެޔޮދޫގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މެޗުގެ ހަތަރުވަނަ މިނެޓުގައި ކެޔޮދޫގެ ނާއިލް މުހައްމަދު ނަސީރު ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިނެވެ. އެކަމަކު މެޗުގެ 14 ވަނަ މިނެޓުގައި އަހުމަދު ފިރާސް ޖެހި ގޯލުން މަތިވެރިން ނަތީޖާ ހަމަހަމަ ކުރި އެވެ. މަތިވެރިން ލީޑު ނެގީ ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ހައިޝަމް އަލީ ޖެހި ގޯލުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަލީ އަލްސަން ގޯލު ޖަހާ މަތިވެރި އަށް ލީޑު ފުޅާކޮށްދިނެވެ. މަތިވެރީގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން ހައިޝަމް އަލީ އެވެ.

މަތިވެރި އާއި ކެޔޮދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
މަތިވެރި އާއި ކެޔޮދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

މަތިވެރި އާއި ކެޔޮދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

މި ޒޯނުގައި އދ. މަހިބަދޫ އާއި އދ. މާމިގިލި ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި ނަތީޖާތަކާއެކު ޒޯން ހަތަރެއްގެ ގްރޫޕްގެ އެއްވަނައިގެ ގޮތުގައި މަތިވެރިން ފައިނަލުން ޖާގަ ހޯދީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ޓީމުގެ ގޮތުގައި މާމިގިލި ފައިނަލަށް ދިޔައީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.

ޒޯން ފަހެއްގެ ފައިނަލުން ފ. ބިލެތްދޫ ޖާގަ ހޯދީ މ. އަތޮޅު ޗެމްޕިއަން މުލަކު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ގްރޫޕްގެ އެއްވަނަ ޓީމަކީ ދ. ކުޑަހުވަދޫ އެވެ. ކުޑަހުވަދޫ އިން ވަނީ މިރޭ ނާލާފުށީގެ މައްޗަށް 7-2 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ. ކުޑަހުވަދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަބްދުލް މުގްސިތު, މުހައްމަދު އަރީޝް, ކެޕްޓަން ޖުމައިލް ޖަމީލް, އަރީފް މަހްމޫދް, ހުސެއިން އިފްހާމް, އަބްދުالله ސަރުމާދް އަދި އަބްދުލް މާނިއު އެވެ. މި މެޗުގައި ނާލާފުށީގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަހުމަދު ސިނާން އަދި އަލީ އަޒުމީލް އެވެ.

ޒޯން ތިނެއްގައި ކ. އަތޮޅު ޗެމްޕިއަން ގާފަރުން ބ އަތޮޅު ޗެމްޕިއަން އޭދަފުށި ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި ޒޯނުގެ ފައިނަލުގެ ޖާގަ މި ދެ ޓީމުން ވަނީ މި މެޗަށް ނުކުތްއިރު ވެސް ކަށަވަރުކޮށްފަ އެވެ. މި މެޗުގައި ގާފަރުން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ ޝަނާން ރަޝާދު އެވެ.

މި ޒޯނުގައި ކާށިދޫ އިން ވަނީ 6-0 ގެ ނަތީޖާއަކުން ޅ. ކުރެންދޫ ބަލިކޮށްފަ އެވެ.

މި މުބާރާތުގެ ޒޯން ބުރުގެ ގްރޫޕް ސްޓެޖުގެ ފަހު މެޗުތައް މިރޭ ކުޅޭނެ އެވެ. މިރޭ ކުޅޭނީ, ޒޯން އެކެއް, ޒޯން ދޭއް, ޒޯން ހައެއް, ޒޯން ހަތެއް އަދި ޒޯން އަށެއްގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ދަޑިމަގު - ގއ. ގެމަނަފުށި : 20:00 (ގްރައުންޑް 1) ޒޯން 7
  2. ސ. ހިތަދޫ - ގދ. ވާދޫ 20:00 (ގްރައުންޑް 2) ޒޯން 7
  3. ހއ. އުތީމު - ހއ. ދިއްދޫ : 21:00 (ގްރައުންޑް 1) ޒޯން 1
  4. ހދ. ނައިވާދޫ - ހދ. ނޮޅިވަރަން : 21:00 (ގްރައުންޑް 2) ޒޯން 1
  5. ށ. ފޭދޫ - ނ. ކެނދިކުޅުދޫ : 22:00 (ގްރައުންޑް 1) ޒޯން 2
  6. ރ. ދުވާފަރު - ރ. އަލިފުށި : 22:00 (ގްރައުންޑް 2) ޒޯން 2
  7. ތ. އޮމަދޫ - ލ. އިސްދޫ : 23:00 (ގްރައުންޑް 1) ޒޯން6
  8. ތ. ތިމަރަފުށި - ލ. ގަން : 23:00 (ގްރައުންޑް 2) ޒޯން 6

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox