ރާއްޖޭގެ ކުޅިވަރުގެ ވެޓަރަންސުންގެ "އަގުވަޒަންކޮށް ބޮޑު ފުރުސަތުތަކެއް"

Feb 19, 2024, 12:51 PM
ހެންވޭރު ބޯޅަ ގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް.-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހެންވޭރު ބޯޅަ ގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް.-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގެ ކުޅިވަރުގެ ވެޓަރަންސުންގެ އަގުވަޒަންކޮށް ބޮޑު ފުރުސަތުތަކެއް ފަހިވާ ގޮތަށް، ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފި އެވެ.

މިއަދު އެކަމަށް ހާއްސަކޮށް ހެންވޭރު ބޯޅަގޭ ސެމިނާ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އެވެ.

ރާފިއު އާއި ތޮލާލް ވަނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަަމަ 100 ދުވަސް ތެރޭގައި މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން، ކުރީގެ ކުޅުންތެރިން/އެތުލީޓުން/ކުޅިވަރުގެ ހިދުމަތްތެރިންނަށް އެބަސަޑަރުންގެ ގޮތުގައި ކަންކަން ފަހިކޮށްދޭން ނިންމި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

Advertisement

"އަޅުގަނޑުމެންގެ ތެރެއިން ކުޅިވަރަށް އެތަން ގޮތަކުން، އަމިއްލަ ފައިސާ އިން ކުޅިވަަރަށް ހަރަދުކޮށް، އަމިއްލަ ހަޔާތް ކުޅިވަރު ތެރޭގައި، އެތުލީޓެއްގެ ގޮތުގައި އެ ނޫނަސް ކުޅިވަރުގެ ހިދުމަތެއްގެ ތެރޭގައި އުޅުނު އެތައް ފަރާތްތަކެއް އެބަތިބި، އެއް ބައި މީހުން ދުނިޔެ ދޫކޮށް ގޮސްފި، އަޅުގަނޑުމެން ބޭނުންވަނީ މި ފަދަ ހިދުމަތްތެރިންގެ މި ކަންކަން ރަނގަޅު ގޮތުގައި ކުރިއަރުވާ ކަންކަން ދިރުވަން،" ރާފިއު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ، ކުޅިވަރު މިނިސްޓްރީގެ ޕޯޓަލް އިން، ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

ކުޅިވަރު ލެޖެންޑުންގެ މި ދަފުތަރު އެކުލަވާލާނީ 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ކުޅިވަރާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާ އިން ބާރު ލިބިގެން ހަދާފައިވާ އުސޫލެއްގެ ތެރެއިންނެވެ.

މި އުސޫލުގެ މަގްސަދުތަކަށް ބަލާއިރު، މައިގަނޑު ތިން ކަމެއް ހިމެނެ އެވެ. އެއީ، ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ކުޅިވަރު ކުޅެ، ކުޅިވަރުގެ ރެކޯޑް ހަދައި، މެޑަލް ހޯދައި، ގިނަގުނަ ކާމިޔާބީ ކުޅިވަރުގެ ތެރެއިން ހޯދާފައިވާ ފަރާތްތަކާއި އަދި ކުޅިވަރާ ގުޅުންހުރި ދާއިރާގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދީ އަދި ކުޅިވަރުގެ މާހައުލުގައި ދެމިތިބުމުގެ ޝައުގުވެރިކަން އުދެއްދުމެެވެ. ދެން، ހިމެނެނީ، ޒުވާން ކުޅުންތެރިން ވަކި ސަބަބަކާ ހުރެ ކުޅިވަރުން ވަކިވެގެންދާއިރު ކުރިމަގުގައި އެ ކުޅުންތެރިންނަށް ކުޅިވަރުގެ ތެރެއިން ކުރެވޭނެ ކަންތައްތައް ފަހިކޮށްދިނުމާއި ކުޅިވަރު ދާއިރާ އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެ އެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުށަހަޅާއިރު، ނުވަ ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ.

titledesc

އެމްބަސަޑަރުންގެ ގޮތުގައި ނަން ހުށަހެޅުމުގެ ޝަރުތަކާ ބެހޭގޮތުން، ރާފިއު ވިދާޅުވީ، ކޮންމެ ފަރާތަކުން ވެސް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފޮނުވާއިރު، އެ ހިމަނާ ކަންކަން ސައްހަތޯ ކަނޑައެޅުމުގެ ކަންކަން ކުރާނީ ކޮމިޓީ އަކުންނާއި އެސޯސިއޭޝަންތަކުގެ އެހީގައި ކަމަށެވެ.

"މި ވެޓެރަންސް ނޫނީ ލެޖެންޑުންގެ މައުލޫމާތުތަކަކީ ކޮންމެ ގޮތެއް ވިޔަސް ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑުމެން ނޫން ބަޔަކު މި ތަނުގައި (މިނިސްޓްރީގައި) ތިއްބަސް، އެ ތަން ޒަމާންތަކެއް ވަންދެން މި މައުލޫމާުތުތައް ހުންނާނެ،" ރާފިއު ވިދާޅުވި އެވެ.

ގައުމީ ކުޅިވަރު އެމްބަސަޑަރުންގެ ދަފްތަރު އެކުލަވާލާ ކޮމިޓީގައި ހިމެނޭނީ ސްޕޯޓްސް މިނިސްޓަރު ރާފިއު އައްޔަނުކުރާ ފަސް މެމްބަރުންނެވެ. އެ ކޮމިޓީން ހުރިހާ ކަންކަމެއް ބަލައި ސާފުކޮށް، އެމްބަސަޑަރުންގެ ގޮތުގައި ހޮވާ ފަރާތްތަކާ އެކު، ހާއްސަ އިގުރާރެއްގައި ސޮއިކުރެވޭނެ އެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ވަކިވަކި އެތުލީޓުންނަށް އޮތްގޮތަށް، އެސޯސިއޭޝަނަކުން ބޭނުންވެއްޖެ ހިނދެއްގައި އެ އެސޯސިއޭޝަނަކަށް ވެސް އެތުލީޓުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ވަނީ ވިދާޅުވެފަ އެވެ.

މި ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ، ކުޅިވަރަށް އަގުނުކުރެވޭ އެތައް ހިދުމަތްތަކެއް ކޮށްދީފައިވާ ގިނަ ފަރާތްތަކެއް ތިބިއިރު، މިހެން އަގުވަޒަންކޮށް، ކުރިމަގަށް ކަމެއް ރަނގަޅުކުރަން ކުރެވޭ ކަމެއްގައި އެންމެންނަށް ފުރުސަތު އޮންނާނެ އިންތިޒާމްތަކެއް ހަަމަޖެއްސުމަށް ކަމަށް ތޮލާލް ވިދާޅުވެފައިވެ އެެވެ.

ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ އުސޫލު މާދަމާ ގެޒެޓްކުރާނެ އެވެ. އެހާ ހިސާބުން ރަސްމީކޮށް، އުސޫލުގެ ކަންކަން ހުރިހާ ފަރާތަކަށް ވެސް ފެންނާނެ އެވެ.

އެ ގޮތުން، އުސޫލުގައިވަނީ ވެޓެރަންސް އެމްބަސަޑަރުންގެ ޒިންމާތަކާއި ލިބޭ މަންފާތަކެއް ވެސް ހިމަނައިފަ އެވެ.

ޒިންމާތަކަށް ބަލާއިރު، މުޖުތަމައު ބަލައިގަންނަ ފައިދާހުރި ހިދުމަތްތަކެއް ކުރުމާއި ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމަށް މަސައްކަތްކުރުމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގައި އެކުލަވާލެވޭ ސިޔާސަތުތައް ކަނޑައެޅުމުގައި އެ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި އެ ފަރާތަކަށް ލިބިފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށްދޭން ވަގުތު ދިނުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ އެކު، އެއްވެސް ފަރާތެއް ބާކީނުކޮށް ހުރިހާ ފަރާތަކަށް ވެސް އިންސާފުވެރިކަމާއި ހަމަހަމަ އުސޫލުތަކުން މަސައްކަތްކުރުން ހިމެނެ އެވެ.

އަދި، ކުޅިވަރު ދާއިރާއާ ގުޅުންހުރި ފަރާތްތަކުގެ (ސްޓޭކްހޯލްޑަރުން)ގެ މަސްލަހަތާއި ބޭނުންތަކަށް ރިއާޔަތްކޮށް ހަމަހަމަ އިންސާފުވެރި އުސޫލުތަކުން، ހައްލުތައް ހޯދައިދިނުމާއި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިނގާ ރަނގަޅާއި ނުރަނގަޅު ކަންތައްތައް ފާހަަގަކޮށް ގައުމީ ކުޅިވަރު މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާ އާއި ގުޅުންހުރި ފަރާތްތައް ކަމަށްވާ ކުޅިވަރާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ކޮމިޝަނާ އޮފް ސްޕޯޓްސް، ގައުމީ ކުޅިވަރު ޖަމިއްޔާތައް، ކުޅިވަރު ކްލަބްތައް އަދި އެކެޑަމީއާ ގުޅިގެން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.

އެމްބަސަޑަރުންނަށް ލިބޭ މަންފާތަކަށް ބަލާއިރު، ގައުމީ/ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވޭ ކުޅިވަރުގެ ހަރަކާތްތަކުގައި ވެޓެރަންސް އެމްބެސަޑަރެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތުދިނުމާއި ހަރަދުތައް ހަމަޖައްސައިދިނުމުގެ އިތުރުން، އެބަސަޑަރެއްގެ ޝަރަފުގައި ދޭ މެޑަލް/ބެޖް އެރުވުން ހިމެެނެ އެވެ. އަދި އެ މެޑަލް/ބެޖް، ކުޅިވަރުުގެ އެކި ހަފްލާތަކުގައި ބޭނުންކުރުމުގެ އިހުތިޔާރުދޭން ނިންމާފައިވާއިރު، ސްޕޯޓްސް މެޑިކަލް އިންޝިއުރަންސް ހަމަޖައްސައިދީ މާލީ އިދާރާތަކުން ލިބެން ހުންނަ އެހީތެރިކަން ވެސް ހޯދައިދިނުން ހިމެނެ އެވެ.

އެމްބަސަޑަރެއްގެ ގޮތުގައި ހަމަޖެއްސުމަށް ފަހު، ނަން އުނިކުރެވޭ ތިން ހާލަތެއް ވެސް ވަނީ އުސޫލުގައި ހިމަނައިފަ އެވެ. އެއީ، ކޯޓަކުން ނޫނީ ޓްރައިބިއުނަލް އަކުން އެ މީހެއްގެ މައްޗަށް ޖިނާއީ ނުވަތަ މަދަނީ މައްސަލައެއް ސާބިތުވެ ހުކުމް އިއްވުމާއި ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް އަމަލެއް ކުރުމުގެ އިތުރުން، އަމިއްލަަ އަށް އެދިގެން ނަން އުނިކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox