ސިޓީން އެހެން ޓީމުތަަކަށް ބަލައިގެން ނުތިބޭނެ

Feb 19, 2024, 10:37 AM
ސިޓީން އެހެން ޓީމުތަަކަށް ބަލައިގެން ނުތިބޭނެ

މެންޗެސްޓާ ސިޓީ (ފެބްރުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި އެހެން ޓީމުތަކުން ހޯދާ ނަތީޖާތަކަށް މެންޗެސްޓާ ސިޓީން މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން، ސިޓީ, ޕްރިމިއާ ލީގުގެ ތިންވަނައިގައި މި ވަގުތު އޮތީ ކުޅުނު 24 މެޗުން ލިބުނު 53 ޕޮއިންޓާއެކުގަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލުން ވަނީ 25 މެޗު ކުޅެ 57 ޕޮއިންޓް ހޯދާފަ އެވެ. އަދި ދެ ވަނައިގައި އޮތް އާސެނަލަށް 25 މެޗުން 55 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ގާޑިއޯލާ ބުނީ ލީގު ތައްޓައް ވާދަކުރާ ޓީމުތަކަކީ ކޮބާކަން އަދި ބުނަން ނޭނގޭނެ ކަމަށެވެ. \

މީގެ އިތުރުން، ލީގު ރޭހުގެ ވާހަކަ ދައްކަން މިއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށާއި, ލީގު އަދި ދެބައިވެސް ނުވާ ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.

"ލީގު ރޭހުގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވާނީ ފަހު 10 ނުވަތަ އަށް މެޗަށްވީމަ އޭރަށް އަހަރެމެންނަށް ބުނަން އެނގޭނެ ލީގަށް ވާދަކުރާ ޓީމުތަކަކީ ކޮބާކަން" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ސިޓީން މި ވަގުތު އެހެން ޓީމުތަކުން ލީގުގައި ޕާފޯމް ކުރާ ގޮތާމެދު ފޯކަސް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި ސިޓީން ވިސްނަނީ ކުރިއަށް ކުޅެން ހުންނަ މެޗުތަކަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އަށް އަހަރު ކުރިން، ސިޓީއާ ހަވާލުވި ގާޑިއޯލާ ބުނީ އެހެން ޓީމުތަކެކޭ އެއްގޮތައް ސިޓީގައި ވެސް އަނިޔާގެ މައްސަލަ ކޮންމެސް ވަރަކަށް އެބަހުރި ކަމަށެވެ. އެކަމަކު އޭގެ އަސަރެއް ސިޓީން މާ މާބޮޑަށް ޓީމުން ނުފެންނާނެ ކަމަށެވެ.

މި ވަގުތު ޗެލްސީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، ކައިރި ކައިރީ މެޗު ހުރުމުން ހުރި ދަތިތަކެވެ. އެކަމަކު، އޭގެއިން ފަހިވާ ކަމަކީ ގިނަ ކުޅުންތެރިންނަށް ކުޅުމު ފުރުސަތު ދެވުން ކަމަށްވާތީ، އޭގެއިން ވެސް ޕޮޒިޓިވް ވިސްނުމެއް ނަގާ ކަމަށް ގާޑިއޯލާގެ ވާހަކައިގައި ފާހަަގަކުރި އެވެ.

ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 1-1 އިން ޗެލްސީއާ އެއްވަރުވެ، އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ އަށް 11 މެޗަށް ފަހު ނިމުން އައީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox