ނުވަ ދުވަސް ތެރޭ ބަޔާންގެ ތިން ވަނަ ބަލި

Feb 19, 2024, 4:00 AM
ނުވަ ދުވަސް ތެރޭ ބަޔާންގެ ތިން ވަނަ ބަލި

މިއުނިކް (ފެބްރުއަރީ 19) - ޖަރުމަނު ލީގުގައި ރަށުންބޭރުގައި 3-2 އިން ބޯކަމް އަތްދަށުވެ، ނުވަ ދުވަސް ތެރޭ ބަޔާން މިއުނިކް ތިން ވަނަ މެޗުން ބަލިވެއްޖެ އެވެ.

ބަޔާން ވަނީ ރޭގެ މެޗުގެ ކުރިން ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އަތުންނާއި ޗެމްޕިއަންސް ލީގުގައި ލާޒިއޯ އަތުން ބަލިވެފަ އެވެ. އެ މާޔޫސްކަން އިތުރުވީ ރޭ ބޯކަމް އަތުން ބަލިވެ، ލީގުގެ ރޭހުގައި އިތުރަށް ފަހަތަށް ވެއްޓުމުންނެވެ.

ބޯކަމް ދަނޑުގައި ރޭ 14 ވަަނަ މިނިޓްގައި ޖަމާލް މުސިއާލާ ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯކަމް އިން ނަތީޖާ އަނބުރާލި އެވެ. ލަނޑުތައް ޖެހީ، ޖަޕާންގެ ޓަކޫމާ އަސާނޯގެ އިތުރުން ޖަރުމަނު، ކެވެން ޝްލޯޓަބެކް އެވެ.

ނަތީޖާ ހަމަހަމަކުރަން ބަޔާނުން މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ 76 ވަނަ މިނިޓްގައި އެ ޓީމުގެ ޑަޔޫޓް އުޕަމެކާނޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، އުޕަމެކާނޯ އަށް ޖެހިޖެހިގެން ދެ ވަނަ މެޗުގައި ދެއްކި ރަތް ކާޑެވެ. ޗެމްޕިއަންސް ލީގުގައި ލާޒިއޯއާ އެކު ބަޔާނުން ކުޅުނު މެޗުގައި ވެސް އުޕަމެކާނޯ އަށް ރަތް ކާޑެއް ދެއްކި އެވެ.

ލިބުނު ޕެނަލްޓީން، ބޯކަމްގެ ކެވިން ސްޓޯގާ ވަނީ އެ ޓީމަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް، ހެރީ ކޭން ބަޔާނަށް ލަނޑެއް ޖަހައި އުންމީދެއް ހޯދައިދިން ނަމަވެސް، އިތުރު ގޯލެއް ޖަހައި، ނަތީޖާ އެއްވަރުކޮށްވެސް ނުލެވުނެވެ. މި މެޗުން ބަލިވެ، ބަޔާން ވަނީ ލީގުގެ ރޭހުގައި އަށް ޕޮއިންޓް ފަހަތަށް ވެއްޓިފަ އެވެ.

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް މަގާމުން ވަކިކުރާނެ ކަމުގެ ވާހަކަތައް ޖަރުމަނު މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ބަޔާނުން ހޯސޭ މޮރީނިއޯއާ ޓީމު ހަވާލުކުރުމުގެ އަޑުތައް ވެސް އަންނަނީ ގަދަވަމުންނެވެ.

ލެވަކޫސަން އެއް ވަނައިގައި 22 މެޗުން 58 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ބަޔާނަށް ވަނީ 22 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox